ފަސްޓް ނެޝަނަލްގެ ތިން ވަނަ އަހަރީ އާންމު ޖަލްސާ -- ފޮޓޯ: ފަސްޓް ނެޝަނަލް
12 ޖުލައި 2025 - 13:07
ފަސްޓް ނެޝަނަލްގެ "މަނީ މާކެޓް އެންޑް ސޭވިން ފަންޑް" އަށް އިންވެސްޓް ކުރުމަށްޓަކައި ބޮޑެތި ލުއިތަކެއް ދީފި އެވެ.
މިދިޔަ ހަފްތާގައި ބޭއްވި އެ ކުންފުނީގެ ތިން ވަނަ އަހަރީ އާންމު ޖަލްސާގައި ގެނައި އެ ބަދަލުތަކުގެ ތެރޭގައި ފަންޑުގެ މިނިމަމް އިނީޝަލް އިންވެސްޓްމެންޓާއި އިންޓްރެސްޓް ރޭޓަށް ވެސް ބަދަލުތަކެއް ގެނެސްފައިވެ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސްޓޮކް، ބޮންޑް އަދި ސުކޫކް އިޝޫ ކުރުމުގައި ކުންފުނިތަކަށް އެހީވުމާއި ފަންޑް މެނޭޖްކޮށްދިނުމާއި ވެލްތު މެނޭޖް ކުރުމުގެ ހިދުމަތް ފޯރުކޮށްދޭ، ފަސްޓް ނެޝަނަލްގެ ސޭވިން ފަންޑަކީ ސީއެމްޑީއޭގައި ރަޖިސްޓްރީކޮށްގެން، ލައިސެންސް ހޯދާފައިވާ މަނީ މާކެޓް ފަންޑެކެވެ.
ފަސްޓް ނެޝަނަލްގެ ތިން ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ފޮޓޯ: ފަސްޓް ނެޝަނަލް
އެ ފަންޑު 2022 ގައި އެންމެ ފުރަތަމަ ހުޅުވާލީ 5.5 ޕަސެންޓުގެ ފައިދާއެއް ލިބޭ ގޮތަށެވެ. އެކަމަކު މިހާރު ވަނީ އެ ފަންޑަށް އިންވެސްޓުކޮށްގެން ލިބޭ ފައިދާ 8.25 ޕަސެންޓަށް އިތުރުކޮށްފަ އެވެ. ފަންޑު އެންމެ ފުރަތަމަ ހުޅުވާލީ މިނިމަމް އިނީޝަލް އިންވެސްޓްމެންޓްގެ ގޮތުގައި 100،000ރ. އިންވެސްޓް ކުރެވޭ ގޮތަށެވެ. އެކަމަކު މިހާރު އެ އަދަދު ވަނީ 25،000ރ. އަށް ކުޑަ ކޮށްފަ އެވެ. އާ ބަދަލުތަކާ އެކު ފަންޑުގައި އިންވެސްޓް ކުރާ ފަރާތްތަކަށް ކުރިއަށް ވުރެ ބޮޑު ފައިދާއެއް ލިބޭނެ އެވެ.
ފަސްޓް ނެޝަނަލްގެ އަހަރީ އާންމު ޖައްސާގައި އެގޮތަށް ނިންމީ، މިހާރަށް ވުރެ ބޮޑަށް އާންމުންނަށް އެ ފަންޑުގައި އިންވެސްޓް ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.
އިނީޝަލް އިންވެސްޓްމެންޓުގެ އިތުރަށް ކޮންމެ މަހަކު އިތުރު 5،000ރ. އިންވެސްޓަރުންނަށް އިތުރުކޮށް ފަންޑުގެ ސައިޒު ބޮޑު ކުރެވޭނެ އެވެ.
ފަސްޓް ނެޝަނަލްގެ "މަނީ މާކެޓް އެންޑް ސޭވިން ފަންޑް" އާ ގުޅޭ ގޮތުން މައުލޫމާތު ދެނީ. -- ފޮޓޯ: ފަސްޓް ނެޝަނަލް
އެފަންޑުގެ މެނޭޖިން ޑިރެކްޓަރު، ފާތިމަތު ޝަހީރާ ވިދާޅުވީ، އާ ބަދަލާ އެކު ފަންޑު ފުޅާ ކުރުމުގެ ފުރުސަތު ވެސް އިންވެސްޓަރުންނަށް ލިބި، ފައިދާ އިތުރު ކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ.
ފަސްޓް ނެޝަނަލް އިން އަންނަނީ ރާއްޖޭގެ ފައިނޭންޝަލް މާކެޓުން މާލީ ފައިދާ ހޯދޭނެ އާ އިންސްޓްރޫމަންޓްތައް ވެސް ތައާރަފް ކުރަމުންނެވެ. އެކުންފުނިން ވަނީ މިދިޔަ އަހަރުގެ ފަހު ކޮޅު ރިއަލް އެސްޓޭޓް ފަންޑެއް ވެސް ހުޅުވާލައިފަ އެވެ.
އެކުންފުނި 2021 ވަނަ އަހަރު އުފެއްދި ފަހުން އަންނަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ވެސް ފަންޑު ރެއިޒް ކޮށްދެމުންނެވެ. ސުކޫކާއި ބޮންޑު އިޝޫކޮށްދިނުމުގައި ގިނަ ކުންފުނިތަކަށް ވެސް ފަސްޓް ނެޝަނަލް އިން އެހީތެރިކަން ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިޔާސދު އާސިމް
13 July 2025
ވަރަށް ރަނގަޅު ކަމެއް. މިކަން ކޮށްގެން އެތައް ބަޔެއް ބާރުވެރި ކުރުވޭނެ.
އިންޓެރެސްޓެޑް
12 July 2025
ކިހިނެއް މިޔަށް ލާރި އަޅަނީި. އަދި އަޅާ ލާރި ގިނަ ވޭތަ؟؟، ގިނަ ވެއްޖެޔާމުން ނަގަނީ ކިހިނެއް؟؟. އަނބުރާ ލިބެނީ ޔސޑޓ އިންތަ ނުވަތަ ދިވެހި ފައިސާއިންތަ؟؟. މީގަ ޓުރޭޑްކުރަން ވަންނަން ފޯނު އެޕެއް އިނދޭތަ؟؟... ޖެމް ކިޔު އާއި އަލާންގެ ސްކީމްތަކާ މިޔާ ހުރި ތަފާތަކީ ކޮބާ؟؟ އަސްލު އިނގެން ބޭނުން.
ޑރ ވާންޗޯ
12 July 2025
ތީގެން 8.5 ޕަސެންޓްގެ ފައިދާއެއްދެނީ ކޮންވިޔަފާރިތަކަކަށް އިންވެސްޓްކޮށްގެން. އެވަރަށް ފައިދާނުލިބި ކުންފުނީގެ ބޮޑުން ރާއްޖޭން ފިލާފަހުން އިންވެސްޓަރުންނަށް އެގުނީމަ ސީއެމްޑީއޭ ޒިންމާވާނެތަ؟. އިންވެސްޓަރުންގެ ފައިސާދެނީ ކޮންފަރާތަކުން. މީ ދިވެހިރާއްޖެ ވީމަ މިމައުލޫމާތު ކޮންމެހެން ބޭނުންވޭ. މިތަނުގަ މިލިއަންރުފިޔާގެ ކޮރަޕްސަން ހިންގާމީހާ ދުވަހަކު ނުނިމޭ ސަރީއަތްނިމެންދެން ހުންނާނީ ދޫކޮށްލާފަ.
ބަރަބޯލާއޭ
12 July 2025
8.5% ހޯދުމަކީ އުނަދަގޫ ކަމެއް. ރާއްޖޭގަ އިންވެސްޓްކުރުމުގެ ހުއްދައޮންނަ މާގިނަ ކަންކަމެއް ނުހުރޭ. މި ވެރިން މިކުރާ ކަމަކީ އިންވެސްޓް ކުރާމިޙުން ދޭލާރިން ސުކޫކް، ބޮންޑު ފަދަ ތަކެތީގަ އިންވެސްޓްކުރަނީ. އޭގެ މާނައަކީ އިންވެސްޓްކުރި ފަރާތުގެ ފައިސާގެ މުއާމަލާތް ބަލަހައްޓާ ސިސްޓަމެއް ގެންގުޅޭނެ އޭ. އޭ ސިސްޓަމުން ހަސަނު (މިސާލަކަށް) ފުރަތަމަ ދުވަހުން ފެށިގެން އިންވެސްޓްމަންޓް އެކައުންޓަށް ލާރި ލަމުން ދިޔަވަރު އެވެރިން ބަލާނެ އޭ.......
ބަރަބޮލާއޭ
12 July 2025
އަދި އެލާރި އިންވްސްޓް ކުރިތަންތަނާ ލިބުނު ފައިދާ ވެސް އެ ސިސްޓަމުން ބަލާނެ އޭ. އަދި ހަސަނު އިންވެސްޓްކުރި ފައިސާ އަށް ލިބޭ ފައިދާ ހަސަނަށް އެ ސިސްޓަމް މެދުވެރިކޮށް ބެލޭނެ އޭ. މިކަން ކުރަނީ (މީހުން އަތުން ފައިސާ ނަގައިގެން އެފައިސާ އިންވެސްޓްކުރުމުގެ ކަންކަން) އެމްއެމްއޭ އަދި ސީއެމްޑީއޭން ދޭ ހުއްދައެއްގެ ދަށުން. އެހެން ވީމަ މި ވިޔަފާރިއަށް ފާރަވެރިވާ ދެ ފަރާތަކީ އެމްއެމްއޭ އަދި ސީއެމްޑީއޭ.
ބަރަބޮލާއޭ
12 July 2025
.... މި ކަމުގައި އިހުމާލު ވެއްޖެ ނަމަ ބޮޑެތި އަދަބު ލިބޭނެ. ޖޯކަކީ ހުއްދަނެތި ކުރާ މީހުންނަށް އަދަބު ނުލިބޭކަން.