ވިޔަފާރި / އެޑްވަޓޯރިއަލް

ރައްކާތެރި ގޮތުގައި ފަހަށް ރައްކާކުރުން: އިންވެސްޓްމަންޓް ފަންޑް

27 އޯގަސްޓް 2025 - 11:33

1 comments

އެކި އުމުރު ފުރައިގެ މީހުންނަށް ލިބޭ އާމްދަނީން ހަރަދުކުރާ މިންވަރުގެ ފަރަގުތަކެއް ހުރެއެވެ. ޒުވާނުންނާއި، މެދު އުމުރާއި ދޮށީ އުމުރުގެ މީހުން ހަރަދުކުރާގޮތް ވެސް ތަފާތެވެ. މާލީ ދުޅަހެޔޮކަން އިތުރުކުރަން ބޭނުންނަމަ، ކޮންމެ މީހެއްގެވެސް ހަރަދުބަރަދު ވަކި މިންވަރެއްގައި ބަހައްޓަންޖެހެއެވެ. މާލީ ފުދުންތެރިކަން ހޯދޭނީ، އެކަމަށް ބޭނުންވާ އަހްލާގީ މިންގަނޑު ހިފަހައްޓައިގެންނެވެ.

މިގޮތުން، އެންމެ ފުރަތަމަ ފިޔަވަޅަކީ، ފުދުންތެރިކަން އިތުރުކުރުމަށް ކުރު ރާސްތާ، މެދު ރާސްތާ އަދި ދިގު ރާސްތާގެ ލަނޑުދަނޑިތައް ކަނޑައަޅައި، އެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ރައްކާކުރާ ފައިސާ އިންވެސްޓްކުރުމެވެ. މައިގަނޑު ދެ ސަބަބަށްޓަކައެވެ. ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ފައިސާގެ އަގު ދަށަށް ދިޔުމުން ލިބޭ ގެއްލުމުން އަރައިގަތުމަށްޓަކައެވެ. އަދި ރައްކާކުރާ ފައިސާއިން ކޮންމެވެސް ފައިދާއެއް ހޯދުމަށެވެ.

މިއާޓިކަލްގައި ބަލައިލާނީ މާލީ ބާޒާރުގައި ފަހަށް ރައްކާކުރަން ހުރި ފުރުސަތުތަކުގެ ތެރެއިން، އިންވެސްޓްމަންޓް ފަންޑަށެވެ. ހާއްސަކޮށް ފަސްޓް ނޭޝަނަލްއިން ތައާރަފް ކޮށްފައިވާ ފަސްޓް ނޭޝަނަލް މަނީ މާކެޓް އެންޑް ސޭވިންގްސް ފަންޑްއަށެވެ.

އިންވެސްޓްމަންޓް ފަންޑު ހިޔާރުކުރަންވީ ކީއްވެ؟

އިންވެސްޓްމަންޓް ފަންޑަކީ، ތަފާތު ސިނާއަތްތަކުގައި ވިޔަފާރިކުރާ ކުންފުނިތަކުގައި އިންވެސްޓްކުރުމުގެ ފުރުސަތު ހޯދައިދިނުމަށް އާއްމުކޮށް ބޭނުންކުރާ މާލީ އިންތިޒާމެކެވެ. މި އިންތިޒާމު ހިނގަމުންދާނެގޮތް ބަޔާން ކުރެވިފައިވާނީފަންޑުގެ ޗާޓަރުގައެވެ. އިންވެސްޓްމަންޓް ފަންޑުތަކަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގައި (ސީއެމްޑީއޭ) ރަޖިސްޓްރީކޮށް އެފަރާތުގެ ސުޕާވިޝަން ފަންޑުތަކަށް އޮންނަ އިންތިޒާމެކެވެ. އިންވެސްޓްމަންޓް ފަންޑު އެކުލަވާލައި މެނޭޖްކުރެވޭނީ ސީއެމްޑީއޭ ފަންޑް މެނޭޖްމަންޓް ލައިސަންސް ލިބިފައިވާ ފަރާތްތަކަށެވެ.

އިންވެސްޓްމަންޓް ފަންޑުގެ މައިގަނޑު ސިފަތައް

އިންވެސްޓްމަންޓް ފަންޑުގެ މައިގަނޑު ސިފަތަކުގެ ތެރޭގައި ހިމެނެނީ:

• އިންވެސްޓްމަންޓް ފަންޑުން އިންވެސްޓްކުރާނެ ދާއިރާތަކާއި މިންވަރު ހާމަކޮށް، މި މަޢުލޫމާތު ފަންޑުގެ ޗާޓަރ ގައި ބަޔާންކުރުން.

• އެއް ސިނާއަތައްވުރެ ގިނަ ސިނާއަތުގައި އިންވެސްޓުކުރުމުގެ ފުރުސަތު ލިބުން.

• ގިނަ ބަޔަކަށް ބައިވެރިވެވޭނެ ގޮތަކަށް ފަރުމާކުރެވިފައިވާ އޮނިގަނޑެއް.

• މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެދަށުން ރެގިއުލޭޓްކުރެވުން.

• ލައިސަންސް ލިބިފައިވާ ފަރާތްތަކުން ފަންޑު މެނޭޖުކުރުން.

• ކޮންމެ އަހަރަކު އެކްސްޓާނަލް އޮޑިޓާސް ފަންޑު އޮޑިޓްކޮށް ފަންޑުގެ ބައިވެރިންނަށް ފަންޑުގެ މާލީ ހިސާބުތަކާއި، އޮޑިޓްތަކާއި އެހެނިހެން މައުލޫމާތު ހާމަކުރުން.

ފަސްޓް ނޭޝަނަލް މަނީ މާކެޓް އެންޑް ސޭވިންގްސް ފަންޑް

ފަސްޓް ނޭޝަނަލް މަނީ މާކެޓް އެންޑް ސޭވިންގްސް ފަންޑަކީ ރާއްޖޭގެ މަނީ މާކެޓާއި އެހެނިހެން ވިޔަފާރިތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު އާންމުންނަށް މަގުފަހިކޮށްދިން ފުރަތަމަ ފަންޑެވެ. މި ފަންޑު ގާއިމްކުރީ 2022 ވަނަ އަހަރުގެ ޖުލައި މަހު އެވެ.

• މިފަންޑުގައި މިހާތަނަށް އިންވެސްޓަރުންގެ ފަރާތުން 10 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވެއެވެ.

• މި ފަންޑްގެ އިންވެސްޓްމަންޓް ބެހިފައިވަނީ ސަރުކާރުގެ ސެކިއުރިޓީޒްތަކާއި ގާނޫނީ އަދި މާލީ ޑިއު ޑިލިޖެންސް ހަދާފައިވާ ރަނގަޅަށް ހިންގަމުންދާ ކުންފުނިތަކަށެވެ.

• ފަންޑު ގާއިމްކުރިއިރު ޓާގެޓް ރިޓާނަކީ %5.5 އެވެ. އެހެންނަމަވެސް 2024 ގައި ފަންޑުގެ ރިޓާން %8.25 އަށް އަރާފައިވެއެވެ.

• ފަންޑުގައި ފުރަތަމަ އިންވެސްޓުކުރެވޭނީ 25،000ރ. އިންނެވެ. އަދި އެއަށްފަހު އިންވެސްޓަރު އިހްތިޔާރުކުރާ ގޮތަކަށް މަހުން މަހަށް 5،000ރ. އިންވެސްޓުކުރެވޭނެއެވެ.

• އިންވެސްޓްމަންޓުގެ އެންމެ ކުރު މުއްދަތަކީ އެއް އަހަރެވެ.

ރައްކާތެރި ކަމާއެކު ފަހަށް ރައްކާކުރަން އިންވެސްޓްމަންޓު ފަންޑަށް އިންވެސްޓުކުރުމުން، ފައިސާގެ އަގު ވެއްޓެމުންދާ މިންވަރު ކުޑަކުރެވި އިތުރު މަންފާ ހޯދުމަށް މަގުފަހިވެއެވެ. މިގޮތުން ފަސްޓް ނޭޝަނަލް މަނީ މާކެޓް އެންޑް ސޭވިންގްސް ފަންޑަށް އިންވެސްޓުކުރުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮވެ އެވެ.

ފަސްޓް ނޭޝަނަލް މަނީ މާކެޓް އެންޑް ސޭވިންގްސް ފަންޑާ ބެހޭ ގޮތުން އިތުރު މައުލޫމާތު ފަސްޓް ނޭޝަނަލްގެ ނަންބަރު 9604009855+ އާއި firstnational.mv އިން ލިބޭނެއެވެ.

ނޯޓު: މިއީ ފަސްޓް ނެޝަނަލްގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 25%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނެތީ ނެތީ

27 August 2025

އިންވެސްޓްމަނީ ނެތީ ކޮފީއައް މަނީ ހުސްވަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454