30 ސެޕްޓެމްބަރ 2025 - 12:20
ޗައިނީޒް ޔުއާން އާއި ޔޫރޯއިން ހަދާ ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ތަކަށް 50 ޕަސެންޓާ ހަަމައަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފި އެވެ.
ބީއެމްއެލް އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ޔުއާންއިން ހަދާ ޓީޓީތަކަށް 50 ޕަސެންޓާ ހަމައަށް ދިވެހި ރުފިޔާއިން ދެއްކުމަށް ފަހު، ބާކީ ބައި ޔުއާންއަށް ބަދަލުކޮށްގެން ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ޔޫރޯއިން ހަދާ ޓީޓީތަކުގެ 50 ޕަސެންޓާ ހަމައަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކުމަށްފަހު އަނެއް ބައި ދައްކަން ޖެހޭނީ ޔޫރޯއިންނެވެ.
ބީއެމްއެލްގައި ޔުއާން އެކައުންޓްތައް ހުޅުވޭނެ ގޮތް ހެދީ މިދިޔަ ހަފުތާގަ އެވެ. އެ ހިދުމަތް ތައާރަފްކުރީ ބީއެމްއެލް ކަސްޓަމަރުންނަށް އެމީހުންގެ ވިސާ ނުވަތަ މާސްޓާ ކާޑާއި ޗައިނާގެ ވީޗެޓްޕޭއާ ވެސް ލިންކް ވެސް ކުރެވޭ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy