ފްލައިދުބާއީ އަށް އާ ޓާމިނަލުން ހިދުމަތް ދޭން ފެށުން. --ފޮޓޯ: އެމްއޭސީއެލް
28 އޮކްޓޯބަރ 2025 - 18:02
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލުން ޔޫއޭއީގެ ބަޖެޓު އެއާލައިން، ފްލައިދުބާއީ އަށް ހިދުމަތް ދޭން ފަށައިފި އެވެ.
ވީއައިއޭގެ ޓާމިނަލް 1 ނުވަތަ އާ ޓާމިނަލުން ފްލައިދުބާއީ އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް، އެ އެއާލައިނުގެ ފުރަތަމަ ބޯޓަށް ވަނީ ވޯޓާ ސެލިއުޓެއް ދީފަ އެވެ.
އާ ޓާމިނަލްގައި އެ އެއާލައިނުގެ ޗެކިން ކައުންޓަރު ރަސްމީކޮށް ހުޅުވައި، މިއަދު އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ވަނީ ހިދުމަތް ދޭން ފަށައިފަ އެވެ.
ފްލައިދުބާއީ އަށް އާ ޓާމިނަލުން ހިދުމަތް ދޭން ފެށުން. --ފޮޓޯ: އެމްއޭސީއެލް
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ހުޅަނގުގެ ފިނި މޫސުމަށް ތައްޔާރުވުމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އަންނަނީ ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކަށް ހިދުމަތް ދިނުން، އާ ޓާމިނަލަށް ބަދަލުކުރުމުގެ މަސައްކަތް ހަލުއިކޮށްފަ އެވެ.
ފްލައިދުބާއީ އާއެކު ޓާމިނަލް 1 އިން މިހާރު އަންނަނީ 17 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަލީ 2778
28 October 2025
އަދިވެސް ކެއުންބުއިމުގެ ހިދުމަތް ނުލިބޭ. ސިމް ގަަންނާކައް ނުލިބޭ. އެއާލައިން އިތުރުކުރެވޭތޯބަލާ