30 ނޮވެމްބަރ 2025 - 22:35
ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް ބޭންކިން އާއި އިންޓަނެޓް ބޭންކިންގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
މީގެ ގަޑިއެއްހާއިރު ކުރިން ފެށިގެން ހިދުމަތް ހުއްޓުމަކަށް އައިސްފައި ވަނިކޮށް އެ ބޭންކުން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ހިދުމަތް ހުއްޓުމަކަށް އައީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ.
އެ ބޭންކުން ބުނީ ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
Due to a technical issue, customers are facing interruptions to our Mobile and Internet Banking services. We are working to resolve this as soon as possible and our apologies for the inconvenience caused.
— Bank of Maldives (@bankofmaldives) November 30, 2025
މި މައްސަލަ ދިމާވެފައި ވިޔަސް ޕީއޯއެސް މެޝިނުން ކާޑުން ފައިސާ ދެއްކުމުގައި މައްސަލައެއް ދިމައެއް ނުވެ އެވެ.
ރާއްޖޭގައި އެންމެ ކަސްޓަމަރުން ގިނަ ބޭންކުގެ އިންޓަނެޓް ބޭންކިން އާއި މޯބައިލް ބޭންކިން އަށް ކުރިން ވެސް މައްސަލަ ދިމާވެ އެވެ. އާންމު ގޮތެއްގައި މި މައްސަލަތައް ކުޑަ އިރުކޮޅެއްގެ ތެރޭގައި ހައްލުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
01 December 2025
ބޭންކް ގެ ކަސްޓަމަރުންގެ އަދަދަށް ބަލާއިރު ދޭ ހިދުމަތް ތައް ރަނގަޅެވެ.