ހޯލްސްގެ ތެޔޮ ބޯޓެއް. ފޮޓޯ: ހޯކްސް ޕްރައިވެޓް ލިމިޓެޑް
07 ޑިސެމްބަރ 2025 - 09:25
ސިންގަޕޫރުން ދޭ އިންޓަނޭޝަނަލް ސަސްޓެއިނަބިލިޓީ އެންޑް ކާބަން ސެޓިފިކޭޝަން (އައިއެސްސީސީ) ދަ ހޯކްސް ގްރޫޕްގެ ސިންގަޕޫރު އޮފީހަށް ދީފި އެވެ.
މެރިން ފިއުލް އާއި ކާގޯގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ހޯކްސް ގުރޫޕުން ބުނީ، އެ ސެޓްފިކެޓް ލިބުމަކީ ބޮޑު ކާމިޔާބީއެެއް ކަމަށާއި ތިމާވެށީގެ ގޮތުން އެއީ ޒިންމާދާރު ކުންފުންޏެއްކަން ފާހަގަކުރާ ކަމަށެވެ.
ދެމެހެއްޓެނިވި ބާވަތެއް ކަމަށްވާ ބަޔޯފިއުލް ދުނިޔޭގެ އެކި ގައުމުތަކަށް ސަޕްލައި ކުރުމުގެ ފުރުސަތު އެ ސެޓްވިކެޓާ އެކު ލިބިފައިވާ ކަމަށް ވެސް ހޯކްސް އިން ބުންޏެވެ.
"ތިމާވެށްޓަށް ކުރާ އަސަރު ކުޑަކުރުމަށާއި ދެމެހެއްޓެނިވި އޯލްޓަނޭޓިވްތައް ހޯދަން އިންވެސްޓް ކުރުމަކީ ހޯކްސްއިން ވަރުގަދަ އަށް ފޯކަސް ކުރާ ކަމެއް،" އެ ކުންފުނިން ބުންޏެވެ.
އައިއެސްސީސީ ލިބުމަކީ އެކަމުގައި އެހެން ހަރުފަތަކަށް ދިއުމުގެ ފުރުސަތެއް ކަމަށް ވެސް ހޯކްސް އިން ބުންޏެވެ.
ހޯކްސް ގްރޫޕަކީ އިންޓަނޭޝަނަލް އޮފީސްތަކެއްގެ ނެޓްވޯކެއް ހިންގާ ކުންފުންޏެކެވެ. އަދި އެއީ ރާއްޖެ އާއި ސްރީލަންކާ އަށް ފިއުލް ސަޕްލައިކުރާ ކުންފުނި ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy