ހޯކްސް އިން މަސްދޯނިތަކަށް 17ރ. އަށް ޑީސަލް ލިޓަރެއް ވިއްކަން ނިންމައިފި އެވެ.

އެ ކުންފުނިން މިއަދު ބުނީ، އެ އަގުގައި ޑީސަލް ވިއްކާނީ ރަޖިސްޓަރީ ކޮށްފައިވާ މަސްދޯނި ފަހަރަށް އެކަނި ކަމަށެވެ. ސަތާރަ ރުފިޔާގެ ރޭޓުގައި ހޯކްސްގެ 21 ފިއުލް ސްޓޭޝަނުން ވެސް މަސްވެރިންނަށް ޑީސަލް ލިބޭނެ އެވެ.

ހޯކްސް އިން ޑީސަލް ވިއްކާ ރަށްތައް

  • ހއ. ހޯރަފުށި
  • ހއ. ދިއްދޫ
  • ހއ. އިހަވަންދޫ
  • ށ. ފޭދޫ
  • ނ. ވެލިދޫ
  • ނ. ކެނދިކުޅުދޫ
  • ރ. ހުޅުދުއްފާރު
  • ބ. ކަމަދޫ
  • ބ. ދަރަވަންދޫ
  • ބ. ތުޅާދޫ
  • އއ. ތޮއްޑޫ
  • މ. މުލި
  • ތ. ވިލުފުށި
  • ލ. އިސްދޫ
  • ލ. ފޮނަދޫ
  • ލ. ހިތަދޫ
  • ގދ. މަޑަވެލި
  • ފުވައްމުލައް (ދޫނޑިގަން އަދި ފުނާޑު އަވަށް)
  • ހުޅުމާލެ
  • ތިލަފުށި

ހޯކްސް އިން ބުނީ، 17ރ. ގެ ރޭޓުގައި ތެޔޮ ގަންނަން މަސްވެރިން ސައްހަ ރަޖިސްޓްރޭޝަން ޑޮކިއުމެންޓްތަައް ތެޔޮ ޝެޑްތަކާ ހިއްސާކުރަން ޖެހޭނެ ކަމަށެވެ.