މޯލްޑިވްސް ޕޯސްޓް ބިލްޑިންގައި ދެމުން އައި ޕޯސްޓުގެ ހިދުމަތްތައް "މޯލްޑިވްސް ޕޯސްޓް ސާވިސް ސެންޓަރަށް" ބަދަލުކޮށްފި އެވެ.
މޯލްޑިވްސް ޕޯސްޓްގެ ހިދުމަތްތައް ބަދަލުކުރީ އޯކިޑްމަގުގައި ޖަސްޓިސް ބިލްޑިންގެ ކުރިމަތީގައި ހުންނަ މ. އައިރިސްގެ ގްރައުންޑް ފްލޯ އަށެވެ.
ޕޯސްޓް އޮފީހުން ބުނީ މޯލްޑިވްސް ޕޯސްޓްގެ ހެޑް އޮފީސްކުރިމަތިން މަގު ހެދުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، މި ބަދަލަކީ ޕޯސްޓްގެ ހިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށާއި ޕާރުސަލް ނެގުމަށް އަންނަ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމަށެވެ.
މޯލްޑިވްސް ޕޯސްޓް ސާވިސް ސެންޓަރުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9 އިން ހަވީރު 5އަށް ހިދުމަތް ލިބޭނެ އެވެ.
އެ ތަނުން ޕޯސްޓު ކުރުމުގެ ހިދުމަތާއި ޕާރުސަލް ދޫކުރުމާއި ޕޯސްޓުން ދޭ އިތުރު އެކި ހިދުމަތްތައް ލިބޭނެ އެވެ.