ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވާ، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އާ ހަތަރު މެމްބަރަކު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ)އިން މިއަދު ވަނީ ވިޒިޓް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އަލަށް އައްޔަންކުރި ހަތަރު މެންބަރުން އެ މަގާމަށް އައްޔަންކޮށްފައިވާކަން އިއުލާންކޮށްފަ އެވެ.

އެ މެމްބަރުން އައްޔަންކުރީ ކުރިން ތިއްބެވި ހަތަރު މެމްބަރެއްގެ ބަދަލުގަ އެވެ.

ޑިރެކްޓަރުންގެ ބޯޑަށް އަލަށް އައްޔަންކުރި ހަތަރު މެމްބަރުން

  • ހުދާ ފަހުމީ، ވިލަރެސް، ކ. ތުލުސްދޫ 
  • އާއިޝަތު މަލްހާ، ރަސްވެލި، ރ. ރަސްގަތީމު
  • އަލީ ސިނާން، މއ. ރިހިރާޅު
  • އާއިޝަތު އަލީ، މ. ވާރޭވިލާ 

ވިޒިޓް މޯލްޑިވްސްގެ ބޯޑުގައި މިހާރު ތިއްބަވަނީ ކުންފުނީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ އާއި ނަން-އެގްޒެކެޓިވް މެންބަރުންގެ ގޮތުގައި މާހާ ނަސީރާއި އާމިނަތު ވުލާއު މުހައްމަދު ނާޒިމާއި އަބްދުލްސަމީއު އިމާދާއި އާއިޝަތު ހަމީދާއި ސަބީހާ އަހުމަދެވެ.