ބަޖެޓު ފޮތް. ސަރުކާރު ހިއްސާވާ 12 ކުންފުންޏަށް 222 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު
14 ޑިސެމްބަރ 2025 - 15:09
ސަރުކާރު ހިއްސާވާ 12 ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި 222 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ޕީސީބީގެ ކުއާޓަލީ ރިވިއު ރިޕޯޓުން ދައްކައިފި އެވެ.
ޕީސީބީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން ފުރަތަމަ ކުއާޓާގައި އެންމެ ބޮޑު ގެއްލުމެއް ވީ، އާރްޑީސީއަށެވެ. އެ ކުންފުންޏަށް 113 މިލިއަން ރުފިޔާގެ ގެއްލުން ވެފައި ވާއިރު މިދިޔަ އަހަރު ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު މިއީ 189 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު ފުރަތަމަ ކުއާޓާގައި އެ ކުންފުނީގެ ގެއްލުމަކީ 39.35 މިލިއަނެވެ.
ދެވަނައަށް އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ، އައިލެންޑް އޭވިއޭޝަނަށެވެ. އެ ކުންފުނީގެ ގެއްލުން 46 މިލިއަން ރުފިޔާއަށް އަރަ އެވެ.
ތިން ވަނައަށް އެންމެ ބޮޑު ގެއްލުމެއްވީ ފެނަކައަށެވެ. އެ ކުންފުންޏަށް ވަނީ 33 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވެފަ އެވެ.
އާރްޑީސީއަށް އެހާ ބޮޑު ގެއްލުމެއް ވީ، އެ ކުންފުނީގެ އެ ކުއާޓާގެ އާމްދަނީ 62 ޕަސެންޓް ދަށްވުމުންނެވެ. މިދިޔަ އަހަރުގެ ހުރިހާ ކުއާޓާއެއްގައި ވެސް އެ ކުންފުނި ހިންގީ ގެއްލުމުގަ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް 228 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ.
އައިލެންޑް އޭވިއޭޝަނަށް ދެވަނަ ކުއާޓާގައި ގެއްލުންވެފައިވަނީ އެ ކުންފުނީގެ ހަރަދުތައް އިތުރުވުމުގެ ސަބަބުންނެވެ. އަދި ދަރަނި އަދާކުރުމަށް ކުރި ހޭދަ ވެސް އިތުރުވުމުގެ ސަބަބުންނެވެ. ދެވަނަ ކުއާޓާގައި އެ ކުންފުނީގެ ދަރަނި 903 މިލިއަން ރުފިޔާއަށް އަރަ އެވެ. ކުންފުންޏަށް ގެއްލުވި ނަމަވެސް ދެވަނަ ކުއާޓާގައި އެ ކުންފުނީގެ ފައިދާ ވަނީ ފަސް ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަން ހިންގީ 72 މިލިއަން ރުފިޔާގެ ގެއްލުމުގަ އެވެ.
ފުރަތަމަ ކުއާޓާގައި ފެނަކައަށް ގެއްލުވި އިރު މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއަށް ވުރެ 37 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރު ފެނަކައަށް ޖުމްލަ 120 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޖުމްލަ އަދަދު 22 އަށް އަރާ އިރު ގާތްގަނޑަކަށް 50 ޕަސެންޓް ކުންފުނި ހިންގަނީ ގެއްލުމުގަ އެވެ.
އެންމެ ބޮޑު ގެއްލުމެއް ލިބުނު ކުންފުނިތައް:
1. އާރްޑީސީ: 113 މިލިއަން ރުފިޔާ
2. އައިލެންޑް އޭވިއޭޝަން: 46 މިލިއަން ރުފިޔާ
3. ފެނަކަ: 33 މިލިއަން ރުފިޔާ
4. އެމްޓީސީސީ: 20 މިލިއަން ރުފޔާ
5. އައްޑޫ އެއާޕޯޓު: 18 މިލިއަން ރުފިޔާ
6. ފަހި ދިރިއުޅުން: 14 މިލިއަން ރުފިޔާ
އެ ކުންފުނިތަކުގެ އިތުރުން ޕޯސްޓާއި ޕީއެސްއެމް އާއި މޯލްޑިވްސް ފަންޑު މެނޭޖްމެންޓުގެ އިތުރުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި ބީސީސީ އާއި ޓްރޭޑްނެޓަށް ވެސް ގެއްލުންވެފައިވެ އެވެ.
ދައުލަތުން ކޮންމެ އަހަރަކު ވެސް ކުންފުނިތަކުގެ ހަރަދުތައް ހަމަޖެއްސުމަށް ބޮޑު ހޭދައެއް ކުރެ އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މިހާރު ވެސް ގާތްގަނޑަކަށް 35،000 މުވައްޒަފުން މަސައްކަތް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުކުޅަސް ނުހާ (ސޕރނގފލޑ)
15 December 2025
ސިޔާސީ މީހުން ތިބީ ތިތަންތާ ބޮޑު މުސާރަ ދީފަ.
ދިރިއުޅުމަކީމީބާ
15 December 2025
ގެއްލުމުގަ ހިންގޭނީ. އެއަރޕޯޓް އަޅާ ކުންފުނި ގޮސް ސީއެސްއާރް އޭ ކިޔާފަ އަޅަނީ އައުޓްޑޯ ޖިމް. އައިލެންޑް އޭވިއޭޝަނުން އެއަރލައިން ހިންގުމުގެ ބަދަލު އަޅާ ހުރިހާ އެއަރޕޯޓެއް ހިންގަންޖެހޭ. ނުވިތާކަށް މި ހުރިހާ ތަނެއްގައި ބޭކާރު މަގާމުތައް އުފައްދާ ހާހުން މީހުން ވައްދަންވީ. އެއް ސަރުކާރެއްވެސް އިހުލާސްތެރިއެއް ނޫން. ދެން ސަރުކާރުގެ ހަރަދުތައް ހަމަޖައްސަންނޭ ކިޔާފަ ޓެކްސް ބޮޑުކޮށްލާ. އަހަރަކު އެއްފަހަރު ކުރަންޖެހޭ ކަމެއް އެވެސް.
ބަޑިތަކުރު
15 December 2025
ފަހަކަށްއައިސް ވޭތުވީ ހުރިހާ އަހަރެއްގައި ރަނގަޅުފައިދާއެއް ހިއްސާދާރުންނަށް ބެހި ރައްޔިތުންގެ ކުންފުނިވެސް 3 އަހަރުން ނިމިގެންދިޔަ ވެރިކަމުގައި ކަންތައްކުރިގޮތަށް ހަމައެކަނި ވޯޓަށްޓަކައި ގުރުބާންކޮށްލީތާއެވެ. އިޤްތިޞާދު ހަމައަކަށް އަޅުވަމުންދާކަމަށްބުނާއިރު މިފެންނަނީ ކޮންކަހަލަ މަންޒަރެއްބާވައެވެ. އެތައްހާސް ރައްޔިތުންނެއް ހިއްސާވާ މިހާތަނަށް ފައިދާވި ކުންފުނިތަކުން ކުއްލިއަކަށް މިހާވަރުގެ ގެއްލުމެއް ވާންޖެހޭނީ ނުއަގުގައި ހަމައެކަނި ވޯޓަށް ޓަކަ
ހާއިބްރީ
15 December 2025
ސަރުކާރުން "އެސްޓީއޯ ރޭޓް" ގަ ހުރިހާ މުދަލާ ހިދުމަތެއް ފޯރުކޮށްދިނީމާވާނީ މިހެން. މިނވަން ވާދަވެރި ވިޔަފާރިއަކަށް ހުޅުވާލެވިގެން ނޫނީ ދެމެހެއްޓެނިވި ގޮތެއްގަ އެއްވެސް ކަމެއް ނުކުރެވޭނެ. މިހުރީ ހުސް އަސާސީ ހިދުމަތްތައް ދޭ ކުންފުނިތަކެއްވެސް ނޫން. މިސާލަކަށް މަންތާ އާ ޓީ.އެމް.އޭ ފައިދާވާ ގޮތަށް ހިންގޭއިރު ސަރުކާރަށް އައިލެންޑް އޭވިއޭޝަން ފައިދާވާ ގޮތަށް ހިންގެންވާނެ.
ފައްޔާޒުބެ
15 December 2025
ތީ އަންނި ފެށި ކުޅިއެއް ޕާޓީކުދިންނަށް ވަޒީފާދޭން. މިހާރު ތިކަންވެސް ތިއޮތީ ހައްދުން ނައްޓާފަ
ހޮނަރަބްލް އަފީފް ދީދީ
15 December 2025
މިހާރުން މިހާރަށް ރާއްޖޭ އަށް އެންމެ ބޮޑެތި ގެއްލުން ވާ 3 ކުންފުނި 1. އައްޑޫ އެއާޕޯޓު، ހުއްޓާލާ ނުވަތަ އެބިމުގާ އެނޫން ކޮންމެސް ފައިދާވާނެ ކަމެއް ކުރަން ފެނޭ. 3 މީހުން އުޅޭ ރަށް ރަށަށް ބޮޑެތި އިންވެސްޓް ކޮށްގެން އޭގެ ނަފާއެއް ނުލިބޭނެ 200 އަހަރު ވިޔަސް. ތި އެއާރޕޯޓު ހުރިބިމުގައި ކުކުޅު ކޮށްޓެއް ހިނގާ ކުކުޅު އާލާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދިވެހި ކުކުޅު ބިސް ލިބޭނެ ގޮތެއް ހަދައިދެއްވައިފީއްުޔާ ވަރަށް ރަންގަޅުވާނެ.
އެގްރޯ
15 December 2025
އެގްރޯ ނޭޝަނަލް ކޯޕްރޭޝަން ކޮބާ؟ އެއީ %100 ގެއްލުމުގައި ދާ ކުންފުންޏެއް. އަދިވެސް ސިޔާސީ ގޮތުން މުވައްޒަފުން ނަގަމުން ދާ އަދި މުސާރަ -/15000ރ ނުލިބޭ އެކަކު ވެސް ނެތް. މެނޭޖަރުންނާއި، ކޯޑިނޭޓާ އިން މުޅިންވެސް ދެން ގެއްލުމުގައެއް ނޫންތަ ދާނީ.
ބުނެލީ އޭ
15 December 2025
މަބުނީ މަތިންދާ ބޯޓައް އަޅާ ތެލައް އެމްއޭސީ އެލް އަށް ކިތައް މިލިއަން ދޭން އެބަހުރިތޯ؟
ގޮތްނޭނގޭދިވެހިމީހާ
15 December 2025
އާރްޑީސީއަށް އިނާމެއްދޭ ވަރުވޭ. އެތަނަށް ކޮންމެ އިންތިހާބެއް ނިންމާފަ ވައްދާމީހުނާއި ވެރިންގެ ގާބިލްކަން 80 މިލިއަން ނަގައިގެން ހަދާފައޮތް އަމީނީމަގުންވެސް ތަސައްވަތުކޮށްލެވޭ!!
ޢެޑްމުންޑޯ
15 December 2025
މި ލޯކަލް ކެމްޕެއިން ނިމި އިންތިޚާބް ނިމޭއިރު ތީގެ ދެގުނަ ގެއްލުންވާނެ ، މުސްކުޅި 70 އަހަރުވެފައިވާ އަންހެނުންނާއި ފިރިހެނުންނަށްވެސް އެދަނީ އެއްވެސް ބެލުމެއްނެތި ވަޒީފާދެމުން ، ގެއްލުން ނުވިއްޔާ ދެރައެއްނު
އަފްރާސިޔާބު
15 December 2025
ވަޒީފާ އިތުރުކުރަނީ ކުރަންޖެހޭ މަސައްކަތް ގިނަވީމާ. ފައިދާ ވާނީ. ގެއްލުންކުރާކަށެއް މުވައްޒަފުންނެއް ނުނަގާނެ ފިނޭންސުން ހުއްދަ ހޯދައިގެން ވަޒީފާއަށް މީހުންނަގަނީ. ކުންފުނިތަކުގެ ޕޭރޯލަކީ ސަރުކާރުން ޚަރަދު ބަލަހައްޓާ ތަންތަން. އެހެންވީމާ މުވައްޒަފުންނަގައިގެން ގެއްލުމެއްނުވާނެ. ތީ އެހެން ކޮންމެވެސް ދިމާއަކުން ވާގެއްލުމެއް.