އެލައިޑް އިންޝުއަރެންސުން "ޝެއާ ދަ ރަން" ނަމުގައި ހާއްސަ ގިވްއަވޭއެއް ފަށައިފި އެވެ.

އެލައިންޑުން މިއަދު ބުނީ އެއީ މި އަހަރު ބާއްވަން ހަމަޖެހިފައިވާ "އެލައިޑް ހުޅުމާލެ ރަން" އަށް ތައްޔާރުވުމުގެ ގޮތުންނާއި ސޯޝަލް މީޑިއާގައި އެ ކުންފުންޏަށް ތަރުހީބުދޭ މީހުންނަށް ޝުކުރު އަދާކުރުމަސް ފެށި ގިވްއަވޭއެއް ކަމަށެވެ.

ދުވުމުގެ ފޯރި އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް ފަތުރައިދޭ މީހުންގެ ތެރެއިން ނަސީބުވެރި އެކަކަށް ބާޒާރަށް އެންމެ ފަހުން ނެރުނު "އެޕަލް އެއާޕޮޑްސް ޕްރޯ 3"އެއް ލިބުމުގެ ފުރުސަތު ލިބޭނެ އެވެ.

މިދިޔަ ހޯމަ ދުވަހު ފެށި ގިވްއަވޭ ކުރިއަށް ގެންދާނީ އަންނަ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް އެލައިޑުން ބުންޏެވެ.

ގިވްއަވޭގައި ބައިވެރިވާނެ ގޮތް:

  1. އިންސްޓަގްރާމުން އެލައިޑް އިންޝުއަރެންސްގެ ރަސްމީ ޕޭޖް (@allied.mv) ފޮލޯކުރުން.
  2. އެލައިޑުން ދުވުމާ ގުޅޭގޮތުން ކުރާ ޕޯސްޓްތައް އަމިއްލަ އިންސްޓަގްރާމް ސްޓޯރީއަށް ލުން.
  3. ސްޓޯރީއަށް ލާއިރު @allied.mv ޓެގްކުރުމާއެކު #AlliedHulhumaléRun2026 ހޭޝްޓެގް ބޭނުންކުރުން.

އެލައިޑުން ބުނި ގޮތުގައި، މުބާރާތުން މޮޅުވާނީ އެންމެ ގިނަ ސްޓޯރީ ޝެއާ ކުރާ މީހެކެވެ.

ޕްރައިވެޓް އެކައުންޓް ގެންގުޅޭ މީހުން ސްޓޯރީއަށް ފޮޓޯ ލުމަށް ފަހު، އެ ސްޓޯރީގެ ސްކްރީންޝޮޓެއް @allied.mv އަށް ޑައިރެކްޓް މެސެޖް (DM) ކުރުމުން ބައިވެރިވެވޭނެ ކަމަށް ވެސް އެލައިޑުން ބުންޏެވެ.

އެލައިޑް އިންޝުއަރެންސުން އެދެނީ އެ ފޯރިގަދަ އިޖުތިމާއީ ހަރަކާތުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވެ، ދުވުމުގެ ރޫހު އާލާކުރުމަށެވެ.

އިތުރު މައުލޫމާތު ހޯދުމަށް އެލައިޑްގެ އިންސްޓަގްރާމް ޕޭޖް @allied.mv ފޮލޯކުރުމަށް ވެސް ވަނީ އެދިފަ އެވެ.