މިއަހަރުގެ ފެބްރުއަރީ/މާޗުގައި އޮތް އޯލެވެލް އިމްތިހާނުގައި ލިމިޓްލެސް ލާނިންއިން ޓިއުޝަން ހޯދި ދަރިވަރުންގެ ތެރެއިން ޖުމްލަކޮށް ހުރިހާ މާއްދާތަކުން 85 ޕަސެންޓު ދަރިވަރުން ފާސްވެފައިވާ ކަމަށް އެ ސެންޓަރުން ބުނެފި އެވެ. 

އޮންލައިންކޮށް ޓިއުޝަން ހިދުމަތް ދޭ ލިމިޓްލެސް ލާނިން އިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގެ ދަރިވަރުން އެ ސެންޓަރުން ޓިއުޝަން ހޯދަމުން އަންނައިރު، އޭގެ ތެރެއިން ގިނަ މާއްދާތަކުން ގިނަ ދަރިވަރުން ރަނގަޅު ނަތީޖާ ހޯދާފައިވާ ކަމަށެވެ.

ސްޓްރީމް މާއްދާތަކަށް ބަލާއިރު ސައިންސް ސްޓްރީމްގެ ބަޔޮލޮޖީ ކިޔެވި ދަރިވަރުންގެ 85 ޕަސެންޓު ފާސްވި ކަމަށާއި ފިޒިކްސް އިން 78 ޕަސެންޓު އަދި ކެމިސްޓްރީން 70 ޕަސެންޓު ދަރިވަރުން ފާސްވި ކަމަށް އެ ސެންޓަރުން ބުންޏެވެ.

ބިޒްނަސް ސްޓްރީމްގެ ނަތީޖާއަށް ބަލާއިރު އިކޮނޮމިކްސް ކިޔެވި 96 ޕަސެންޓު ދަރިވަރުން ވަނީ ފާސްވެފަ އެވެ. އަދި ބިޒްނަސް އާއި އެކައުންޓިން އިން 77 ދަރިވަރުން ފާސްވި އެވެ. 

މަޖުބޫރު މާއްދާތަކުގެ ނަތީޖާއަށް ބަލާއިރު އެ ސެންޓަރުން ކިޔެވި ދަރިވަރުންގެ ތެރެއިން އިނގިރޭސިން 97 ޕަސެންޓު، އިސްލާމުން 94 ޕަސެންޓު، ހިސާބުން 70 ޕަސެންޓު އަދި ދިވެހިން 91 ޕަސެންޓު ދަރިވަރުން ވަނީ ފާސްވެފަ އެވެ. މި ނަތީޖާތަކާއި  މަޖުބޫރު މާއްދާތަކުގެ އެވަރެޖް ނަތީޖާއަށް ބަލާއިރު، ލިމިޓްލެސް ލާނިން އިން ޓިއުޝަން ހޯދި 70 ޕަސެންޓު ދަރިވަރުން ވަނީ މަޖުބޫރު މާއްދާތަކުން ފާސްވެފަ އެވެ. 

ލިމިޓްލެސް ލާނިން އިން ކިޔެވި ގިނަ ދަރިވަރުންނަށް ރަނގަޅު ނަތީޖާއެއް ލިބިފައި ވާއިރު، އެ ސެންޓަރުން ކިޔެވި 11 އަށް ވުރެ ގިނަ ދަރިވަރުން ޓޮޕް 10 ގައި ވެސް ވަނީ ހިމެނިފަ އެވެ. ޓޮޕް 10 ގައި ހިމެނުނު ދަރިވަރުން ވަނީ އެ ނަތީޖާ ހޯދުމުގައި ލިމިޓްލެސް ލާނިންގެ ކްލާސްތައް މުހިންމު ދައުރެއް އަދާކުރިކަން ފާހަގަކޮށްފަ އެވެ. އަދި އެ ސެންޓަރުން ކޮންމެ ސެޝަނެއްގެ ރެކޯޑިންތައް ފޯރުކޮށްދިނުމަކީ ޓެސްޓު ދުވަސްވަރު، އިތުރަށް ކިޔެވުމަށް އެހީވެދިން ކަމެއްގެ ގޮތުގައި ފާހަގަކުރި އެވެ. އަދި ޓޮޕް 10ގައި ހިމެނެނުނު ދަރިވަރުންގެ ތެރެއިން ހަތަރު ވަނަ އަށް ދިޔަ ދަރިވަރަކު ވަނީ ޓިއުޝަން ހޯދާފައި ވަނީ ހަމައެކަނި ލިމިޓްލެސް ލާނިން އިން ކަން ވެސް ފާހަގަކޮށްފަ އެވެ. 

ލިމިޓްލެސް ލާނިން އިން ބުނީ މި ނަތީޖާ އަކީ ދަރިވަރުން މުޅި އެކަޑަމިކް އަހަރުގައި ކުރި މަސައްކަތުން ހާސިލް ކުރި ކާމިޔާބީއެއް ކަމަށެވެ. އަދި އެ ސެންޓަރަށް ކުޑަ ދުވަސްކުޅެއްގެ ތެރޭގައި ލިބުނު މި ކާމިޔާބީން ދަރިވަރުންގެ ތައުލީމީ ފެންވަރު ރަނގަޅުކުރުމަށް އެ ސެންޓަރުން ކުރަމުން އަންނަ މަސައްކަތްތައް ހާމަވާ ކަމަށް ވެސް ބުންޏެވެ. 

ލިމިޓްލެސް ލާނިން އަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ހަމަހަމަކަމާ އެކު ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ޓިއުޝަން ދޭ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމު މެދުވެރިކޮށް ރާއްޖޭގެ އެކި ރަށް ރަށުގެ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.