އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ބޭނުންކުރަން އެވެ. 

އިއްޔެ ރޭ އެ ފިހާރައިގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ފްލޯ ހުޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. އެ ރަސްމިއްޔާތުގައި ޗައިނާގެ މަޝްހޫރު ބްރޭންޑު ސުންމީގެ ޕްރޮޑަކްޓުތައް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.

މިނިސްޓަރު ސައީދު އެސްޓީއޯގެ އިސްވެރިންނާއި އެކު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ބައްލަވާ ލައްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
މިނިސްޓަރު ސައީދު އެސްޓީއޯގެ އިސްވެރިންނާއި އެކު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ބައްލަވާ ލައްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހާއްސަ ކޮށްފައި ވަނީ ހޯމް އިމްޕްރޫވްމަންޓް ސާމާނުގެ އިތުރުން ގޭތެރެ ރީތިކުރުމަށް ބޭނުންވާ ހޯމް ޑެކޯ އައިޓަމް ތަކަށެވެ. އެ ތަނުގައި ޕްރޮކިޔޯ ޕްލަސް އަދި ޕީކަބޫގެ އައުޓްލެޓަކާއި ރެއިމްބޯ ހޯމް އިމްޕްރޫވްމަންޓްގެ ޑިސްޕްލޭ ޒޯނެއްވެސް ހުރެ އެވެ.

މިނިސްޓަރު ސައީދު އެސްޓީއޯގެ އިސްވެރިންނާއި އެކު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ބައްލަވާ ލައްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
މިނިސްޓަރު ސައީދު އެސްޓީއޯގެ އިސްވެރިންނާއި އެކު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ބައްލަވާ ލައްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެސްޓީއޯއިން ބުނީ، ދިވެހިންގެ މެދުގައި މަޝްހޫރު ކޮފީ ބީންސް އެންޑް ޓީ ލީވްސްގެ އައުޓްލެޓެއް ވެސް ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފްލޯގައި ވަރަށް އަވަހަށް ހުޅުވަން ހަމަޖެހިފައިވާ ކަމަށެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ހުޅުވި އެ ފްލޯގައި އެ ތަނުގައި ވިއްކަމުންދާ މަގުބޫލު ބްރޭންޑްތައް ކަމުގައިވާ ފިލިޕްސް، ރަސެލްހޮބްސް، އެލްޖީޓިވީ އަދި ޑައިސަންގެ ތަފާތު އެކި ޕްރޮޑަކްޓުތައް ހުރެ އެވެ. 

މި ފްލޯގައި ކުޑަކުދިން ގޮވައިގެން ވިޔަފާރިކުރަން ދާ މީހުންނަށް ހާއްސަކޮށް، އެ ކުދިން ބައިތިއްބާނެ ކިޑްސް ކޯނާއެއް ވެސް ވަނީ ހަދައިފަ އެވެ. މި ފްލޯއިން އާއްމުންނަށް ވިޔަފާރިކުރުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. 

އެސްޓީއޯ ޕީޕަލްސް ޗޮއިސް އަކީ ރާއްޖެ އަށް ސުމާކެޓް ކޮންސްޕްޓް ތައާރަފް ކުރި ފުރަތަމަ ފިހާރަ އެވެ. ނަވާރަސަތޭކަ ނުވަދިހަ އެއްވަނަ އަހަރު ހުޅުވި މި ފިހާރަ 2022 ވަނަ އަހަރު ވަނީ ހައިޕާމާކެޓް ކޮންސެޕްޓަކަށް ބަދަލުކޮށްފަ އެވެ. އެ ތަނުގައި ކާބޯތަކެތިން ފެށިގެން ހޯމްއިމްޕްރޫވްމަންޓު ސާމާނާއި ކޮސްމެޓިކްސް ވެސް ލިބެން ހުރެ އެވެ.