ޖަނަވަރީ މަގުގައި ހުންނަ ސޮނީ ސްޕޯޓްސް ފިހާރައިގައި 'ފައްކާ ހަފްތާ' ސޭލް ފަށައިގެން ކުރިއަށް ދާ ކަމަށް އެ ފިހާރައިން ބުނެފި އެވެ.

ސޮނީ ސްޕޯޓްސްގައި އިއްޔެ ފެށި މި ސޭލް ކުރިއަށް ދާނީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ސޭލްގައި މަގުބޫލު ބްރޭންޑުތައް ކަމަށްވާ ނައިކީ އަދި އެޑިޑާސްގެ އިތުރުން ކަސްޓަމަރުންގެ މެދުގައި މަގުބޫލު އެކި ބްރޭންޑުތަކުގެ ގިނަ ޕްރޮޑަކްޓުތަކަކުން 80 ޕަސެންޓާ ހަމައަށް ޑިސްކަުއންޓް ލިބޭނެ އެވެ. އޭގެ ތެރޭގައި ޓްރެއިނިން ޝޫޒް، ސްނީކާސް ނުވަތަ އެކި އެސަސަރީރަކާއި އެޕަރެލްތަކުން ޑިސްކައުންޓު ލިބޭނެ އެވެ. 

ސޮނީ ސްޕޯޓްސްއިން ބުނީ މި ޕްރޮމޯޝަނަކީ ހެޔޮ އަގުގައި އެސަސަރީ އަޕްގްރޭޑުކުރަން ބޭނުންވާ އެތުލީޓުންނާއި ފިޓްނަސް އަށް ލޯބިކުރާ ފަރާތްތަކުން، ސްޕޯޓްސް އައުޓްފިޓުތައް އާ ކޮށްލުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ. އަދި މިއީ ކޮލިޓީ، ޖެނުއިން ބްރޭންޑުތަކުގެ ޕްރޮޑަކްޓުތައް ގަންނަން ބޭނުންވާ ހުރިހާ އެންމެންނަށް، ހެޔޮ އަގުގައި އެ ތަކެތި ގަންނަން ލިބޭނެ ފުރުސަތެއްގެ ގޮތުގައި ވެސް ސޮނީ ސްޕޯޓްސްއިން ފާހަގަކުރެ އެވެ. އަދި ސޮނީ ސްޕޯޓްސް އަކީ ގިނަ ބްރޭންޑުތަކެއްގެ ގިނަ ޕްރޮޑަކްޓުތަކެއް އެއް ތަނަކުން ލިބެން ހުންނަ ތަނަކަށްވުމުން، ކޮންމެ ކަސްޓަމަރަކަށް ވެސް ކަމުދާނެ ޕްރޮޑަކްޓުތަކެއް އެތަނުގައި ހުންނާނެ ކަމަށް ބުންޏެވެ. 

ސޮނީ ސްޕޯޓްސް އަކީ ސްޕޯޓްސް އަދި ފިޓްނަސް ދާއިރާގެ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ތަނެކެވެ. މި ތަނުގައި ކުޅިވަރުގެ ދާއިރާގައި ނަން މަޝްހޫރު ބޮޑެތި ބްރޭންޑުތަކުގެ ގިނަ ޕްރޮޑަކްޓުތަކެއް ވިއްކަން ހުރެ އެވެ.