ޖަނަވަރީ މަގުގައި ހުންނަ ސޮނީ ސްޕޯޓްސްގައި މިހާރު ކުރިއަށްދާ ފައްކާ ހަފްތާ ސޭލްގައި 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ފިހާރައިން ބުނެފި އެވެ.
ސޮނީ ސްޕޯޓްސް އިން ބުނީ އެކި ދުވަސްވަރު "ފައްކާ ހަފްތާ"ގެ ނަމުގައި އެ ފިހާރައިން ބާއްވަމުން އަންނަ ސޭލް އަކީ ކަސްޓަމަރުންގެ މެދުގައި މަގޫބޫލް، ހޫނު ތަރުހީބެއް އަބަދުވެސް ލިބޭ ސޭލެއް ކަމަށެވެ.
އެ ސޭލް އަކީ ސޮނީ ސްޕޯޓްސް އިން ވިއްކާ މަގުބޫލު ކޮލިޓީ ރަނގަޅު، ޕްރިމިއަމް ބްރޭންޑުތަކުގެ އޮތެންޓިކް ޕްރޮޑަކްޓުތައް ހެޔޮ އަގުގައި ގަތުމަށް ކަސްޓަމަރުންނަށް ހޯދައިދޭ ފުރުސަތެއް ކަމަށް ބުންޏެވެ. އެގޮތުން މިފަހަރުގެ ސޭލްގައި ނައިކީ، އެޑިޑާސް އަދި މެންގޯ ފަދަ މަގުބޫލު ބްރޭންޑުތަކުގެ އެކި ޕްރޮޑަކްޓުތަކުން ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭނެ ކަމަށް ސޮނީ ސްޕޯޓްސް އިން ބުންޏެވެ.
ސޮނީގެ ސޭލްގައި އެ ބްރޭންޑުތަކުގެ ފުޓްވެއާ، އެޕަރަލް އަދި އެކި އެސަސަރީތަކުން ވެސް ޑިސްކައުންޓު ލިބޭނެ އެވެ. މި ސޭލްގައި ސްޕޯޓްވެއާއިން ފެށިގެން ފެޝަނަށް ލޯބިކުރާ ފަރާތްތަކަށް ކަމުދާނެ އެކި ޕްރޮޑަކްޓުތައް ހެޔޮ އަގުގައި ލިބޭނެ އެވެ.
ސޮނީ ސްޕޯޓްސްގެ ފިހާރަ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން މެންދުރު 12 އަށް، މެންދުރު 2 އިން ހަވީރު 6 އަށް އަދި ރޭގަނޑު 8އިން 10 އަށް ހުޅުވާފައި ހުންނާނެ އެވެ. ހުކުރު ދުވަހު އެ ފިހާރަ ހުޅުވާނީ ހަވީރު 4 އިން 6އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ.
މީގެ ކުރިން ވެސް ސޮނީ ސްޕޯޓްސް އިން "ފައްކާ ހަފްތާ" ގެ ނަމުގައި ވަނީ ގިނަ ޕްރޮޑަކްޓުތަކަކުން ޑިސްކައުންޓު ދީ، ސޭލްތައް ކުރިއަށް ގެންގޮސްފަ އެވެ. އެ ސޭލްތަކަށް ސޮނީ ސްޕޯޓްސްގެ ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.