މިހާރު ކުރިއަށް ދާ ފައިނޭންޝަލް އެކްސްޕޯގައި ދިވެހި އިންޝުއަރެންސުން ހުށަހަޅާފައިވާ ބޮޑު އިނާމުގެ ގުރުއަތު ނެގުން މިރޭ އޮންނާނެ އެވެ.

މިއީ އެ ކުންފުނީގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށް ކުރިއަށް ގެންދާ ލަކީޑްރޯއެކެވެ. މި ލަކީޑްރޯއިން ހޮވޭ  ފަރާތަކަށް ހުށަހަޅާފައި ވަނީ އެ ކުންފުނިން އެ އެކްސްޕޯގައި ތައާރަފްކުރި "ގްލޯބަލް ހެލްތު އިންޝުއަރެންސް" ގެ ކޯ ޕެކޭޖެކެވެ.

ދިވެހި އިންޝުއަރެންސްގެ ގްލޯބަލް ހެލްތު ޕެކޭޖަކީ ރާއްޖެއިން ބޭރުން ސިއްހީ ފަރުވާ ހޯދަން ބޭނުންވާ މީހުންނާއި އާއިލާތަކަށް ހާއްސަކޮށް ތައާރަފްކޮށްފައިވާ ޕެކޭޖެކެވެ. މިއީ ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ބަލައި، އެ ބޭނުންތަކަށް އެކަށީގެންވާ ތަފާތު އެކި ޕްލޭންތައް ހިމަނައި ތައާރަފް ކުރި ހިދުމަތެއް ކަމަށް ދިވެހި އިންޝުއަރެންސުން ބުންޏެވެ.

ފުޅާ ދާއިރާއެއްގައި ސިއްހީ ހިދުމަތްތަކުގެ ރައްކާތެރިކަން ފޯރުކޮށްދޭ މި ޕްލޭނަކީ މިހާތަނަށް ރާއްޖޭގައި ތައާރަފްކުރި އެންމެ ކޮމްޕްރިހެންސިވް ހެލްތު އިންޝުއަރެންސް ކަމަށް އެ ކުންފުނިން ބުންޏެވެ. 

ފައިނޭންޝަލް އެކްސްޕޯގައި ހުރި ދިވެހި އިންޝުއަރެންސްގެ ސްޓޯލްގެ އިންޓަރެކްޓިވް ހަރަކާތެއްގައި މީހަކު ބައިވެރިވަނީ. - ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ފައިނޭންޝަލް އެކްސްޕޯގައި ހުރި ދިވެހި އިންޝުއަރެންސްގެ ސްޓޯލްގެ އިންޓަރެކްޓިވް ހަރަކާތެއްގައި މީހަކު ބައިވެރިވަނީ. - ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިހާރު ކުރިއަށް ދާ އެކްސްޕޯގައި މި އިންޝުއަރެންސާ ގުޅޭ އިތުރު މައުލޫމާތާއި ދިވެހި އިންޝުއަރެންސުން ދޭ އިތުރު އެކި އިންޝުއަރެންސްތަކާ ގުޅޭ މައުލޫމާތު ލިބެން ހުންނާނެ އެވެ. އަދި އެ ސްޓޯލްގެ އެކި އެކްޓިވިޓީތަކުގައި ބައިވެރިވުމުގެ ފުރުސަތާއި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ފައިނޭންޝަލް އެކްސްޕޯގައި ހުރި ދިވެހި އިންޝުއަރެންސްގެ ސްޓޯލްގައި އިންޓަރެކްޓިވް ހަރަކާތެއްގައި ބައިވެރިވަނީ. - ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ފައިނޭންޝަލް އެކްސްޕޯގައި ހުރި ދިވެހި އިންޝުއަރެންސްގެ ސްޓޯލްގައި އިންޓަރެކްޓިވް ހަރަކާތެއްގައި ބައިވެރިވަނީ. - ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ލަކީޑްރޯއިން ދޭ ބޮޑު އިނާމުގެ އިތުރުން ކޮންމެ ދުވަހަކު ހޮވޭ ނަސީބުވެެރި ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ކޮންމެ ދުވަހަކު ދެ ނަސީބުވެރިއަކަށް ލިބޭ އިންސްޓެކްސް ކެމެރާ ގިފްޓް ޕެކާއި ކޮންމެ ދުވަހަކު ތިން މީހަކަށް ހުށަހަޅާފައިވާ 1،000ރ. ގެ ފައިސާގެ އިނާމާއި ކޮންމެ ދުވަހަކު ދެ ނަސީބުވެރިއަކަށް ހުށަހަޅާފައިވާ ކޮމްޕްރިހެންސިވް މޮޓޯސައިކަލް އިންޝުއަރެންސް ހިމެނެ އެވެ.

މި އިނާމުތައް ހޯދުމުގެ ފުރުސަތު މިއަދު ވެސް އޮންނާނެ އެވެ. 

މިއަދަކީ ފައިނޭންޝަލް އެކްސްޕޯގެ ފަހު ދުވަހެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ދާ މި އެކްސްޕޯ މިރޭ 10 ޖަހަންދެން އޮންނާނެ އެވެ.