ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް، ފުރުސަތުތައް ހޯދައިދީ، މަތީ ތައުލީމަށް ދިއުމަށް ބޭނުންވާ އެކި އެހީތެރިކަން ފޯރުކޮށްދޭ ކޮންސަލްޓަންސީ ކުންފުނި 'ޒެޑެކްސް ސްޓަޑީ އަބްރޯޑް'އަށް އެއް އަހަރު ފުރިއްޖެ އެވެ.
'ކިއު ސްޓަޑީ މޯލްޑިވްސް'ގެ ނަމުގައި މީގެ ކުރިން ހިންގި ކުންފުނިން ބުނީ ރީބްރޭންޑު ކުރިފަހުން، މިއަދަށް އެއް އަހަރު ފުރޭ އިރު، ފާއިތުވި އަހަރު އެ ކުންފުންޏަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށް، ކާމިޔާބީ ލިބިފައިވާ ކަމަށެވެ. އެގޮތުން، އެ ކުންފުނީގެ މަސައްކަތްތަކުން 200 ދަރިވަރަކަށް، ޕާޓްނާ 16 ޔުނިވާސިޓީއަކުން ފުރުސަތު ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރި އެވެ.
ޒެޑެކްސްއަކީ ރާއްޖެއިން ބޭރަށް ކިޔަވަން ދާން ބޭނުންވާ ދަރިވަރުންނަށް ކޮންސަލްޓަންސީ ފޯރުކޮށްދޭ ކުންފުންޏެކެވެ. އެ ކުންފުނިން ދަރިވަރުންނަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެ އެވެ. އޭގެ ތެރޭގައި ދަރިވަރުންނަށް ކައުންސެލިން އާއި ކެރިއާ ގައިޑެންސްގެ ހިދުމަތާއި ޔުނިވާސިޓީތަކުން ޖާގަ ހޯދައިދިނުމާއި އެކްރެޑިޓޭޝަން ވެރިފިކޭޝަންގެ ކަންކަން ބެލެހެއްޓުމުގެ ހިދުމަތް ހިމެނެ އެވެ. އަދި ޕާސްޕޯޓާއި ވިސާ އަދި އައިއީއެލްޓީއެސް އެޕްލިކޭޝަންތަކުގައި އެހީތެރިވެދީ، މެޑިކަލް ޗެކަޕާ ގުޅޭ ކަންކަން ހަމަޖެއްސުމާއި ލޯނަށް ކުރިމަތިލުމުގައި ވެސް އެ ކުންފުނިން އެހީތެރިވެދެ އެވެ.
އޭގެ އިތުރުން ދަރިވަރުންގެ އެކޮމަޑޭޝަން ހަމަޖެއްސުމާއި އެއާޕޯޓަށް ބަލައިދިއުމާއި ފައިސާގެ މުއާމަލާތްތައް ފަސޭހަކޮށްދިނުމަށްޓަކައި 15.42ރ. ގެ ރޭޓުން ބޭރު ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ހިމެނެ އެވެ. އަދި ބެލެނިވެރިންނަށް ވެސް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެ އެވެ.
ޒެޑެކްސްގެ ވެބްސައިޓު މެދުވެރިކޮށް ދަރިވަރުންނަށް ފަސޭހައިން ޔުނިވާސިޓީތަކަށް އެންރޯލް ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.
ދަރިވަރުން މަތީ ތައުލީމަށް ދާއިރު ބޭނުންވާނެ ތަފާތު އެކި މައުލޫމާތު ޒެޑެކްސް އިން ފޯރުކޮށްދިނުމުގެ ސެޝަންތައް ހިންގަ އެވެ. އަދި ކިޔަވަން ދާ ދަރިވަރުންނަށް، މަޖާ ތަފާތު ތަޖުރިބާތަކެއް ހޯދައިދިނުމުގެ ގޮތުން ގިވްއަވޭތައް ވެސް ކުރިއަށް ގެންދެ އެވެ.
އެގޮތުން މިހާރު ކުރިއަށްދާ ގިވްއަވޭގެ ނަސީބުވެރިން ޑިސެމްބަރު މަހު އިއުލާނު ކުރާނެ އެވެ. އެ ގިވްއަވޭގައި އުމްރާ ދަތުރަކާއި ޖެންޓިން ކްރޫޒްގެ ހުރުމާއި މަޝްހޫރު އާޓީސްޓެއްގެ ކޮންސެޓް ޓިކެޓާއި ސަންވޭ ލެގޫންގެ ޓިކެޓުގެ ހިމެނެ އެވެ. މިއީ ނޮވެމްބަރު މަހުގެ ނިޔަލަށް އެންރޯލް ކުރާ ދަރިވަރުންނަށް ބައިވެރިވެވޭ ގިވްއަވޭއެކެވެ.
މި ގިވްއަވޭގެ އިތުރުން އަންނަ އަހަރުގެ ގިވްއަވޭގެ ފުރަތަމަ ފޭސް ވެސް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް އެކުންފުނިން ބުންޏެވެ. އެ ގިވްއަވޭ އާއި ޒެޑެކްސްގެ އެކި ހަރަކާތްތަކާއި ގުޅޭ މައުލޫމާތުަތއް އެކުންފުނީގެ ސޯޝަލް މީޑިއާ ޕޭޖުތަކުން ލިބޭނެ އެވެ.