މިއަހަރު އޭ ލެވެލް ނިންމާ ދަރިވަރުންނަށް ހާއްސަކޮށް ޒެޑެކްސްއިން އަންނަ މަހު ހާއްސަ ސްޓަޑީ ޓުއާއެއް އިއުލާނުކޮށްފި އެވެ. 

ޒެޑެކެސްއިން ބުނީ މި ޓުއާ އަކީ މެލޭޝިއާގެ އެކި ޔުނިވާސިޓީތަކަށް ޒިޔާރަތްކޮށް، ކެމްޕަސްތައް ބަލާލާއި، އެކި ޔުނިވާސިޓީތަކުގައި ހުރި ފުރުސަތުތައް ދަރިވަރުން އަމިއްލަ އަށް ތަޖުރިބާކުރުމުގެ ހޯދައިދިނުމުގެ ގޮތުން ރާވާފައިވާ ޓުއާއެއް ކަމަށެވެ. އެގޮތުން ޓުއާގައި 10އަށް ވުރެ ގިނަ ޔުނިވާސިޓީތަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ. 

ޒެޑެކްސްގެ ސްޓަޑީ ޓުއާގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު، މިއީ 30 ކުދިންގެ ޖާގައިގެ ޓުއާއެކެވެ. އެހެންވެ، ފުރުސަތު ލިބޭނީ ޓުއާގައި ބައިވެރިވާން ހުށައަޅާ ފުރަތަމަ 30 ދަރިވަރުންނަށް ކަމަށް ޒެޑެކްސްއިން ބުންޏެވެ. 

ޒެޑެކްސްއިން ދަނީ މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށް ހުރި އެކި ފުރުސަތުތައް ހޯދައިދިނުމަށް މިފަދަ އެކި ހަރަކާތްތައް ހިންގަމުންނެވެ. 

ޒެޑެކްސް ސްޓަޑީ އެބްރޯޑަކީ 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ރާއްޖޭގެ ޕްރިމިއާ އެޑިއުކޭޝަން ކޮންސަލްޓަންސީ ކުންފުންޏެކެވެ.

އެ ކުންފުންޏަކީ ރާއްޖޭގެ ދަރިވަރުން ދުނިޔޭގެ އެކި ގައުމުތަކުގެ އެންމެ ކުރިއަރާފައިވާ ޔުނިވާސިޓީތަކަށް ފޮނުވުމުގައި އެހީތެރިވެދޭ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުނިން ޔުނިވާސިޓީ ޕްލޭސްމަންޓް ހޯދުމަށް ބޭނުންވާ ސަޕޯޓާއި ކިޔަވަން ދިއުމަށް ވިސާ ނެގުމުގައި ބޭނުންވާ އެހީތެރިކަމާއި ސްޓޫޑެންޓް ލޯން ހޯދުމުގައި ބޭނުންވާ ގައިޑެންސް ފޯރުކޮށްދެ އެވެ.