ވިޔަފާރި / ލިވްއެބޯޑް އެސޯސިއޭޝަން

ބޯޓިން އެވޯޑްސްގެ ލައިފްޓައިމް އެޗީވްމަންޓް ޒުބައިރު އަށް

ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑަށް ހޮވުނު އަހުމަދު ޒުބައިރު ރޭ އެވޯޑާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން. ފޮޓޯ: ލޭމް

05 ޑިސެމްބަރ 2017 - 10:40

2 comments

ރާއްޖޭގެ އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާގެ ކުންފުނިތަކާއި ޖަމިއްޔާތައް ވަރުގަދަކޮށް، ފުޅާކުރުމުގެ ހިތްވަރެއްގެ ގޮތުން ދޭ މޯލްޑިވްސް ބޯޓިން އެވޯޑްސްގެ އެންމެ ޝަރަފުވެރި އެވޯޑު، ލައިފްޓައިމް އެޗީވްމަންޓް އެވޯޑަށް ބުލޫ ހޮރައިޒަން އަދި ވީއޭއެމްކޯގެ ވެރިޔާ އަހުމަދު ޒުބައިރު އާދަމް ހޮވިއްޖެ އެވެ.

ރޭ އާޓް ގެލަރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޒުބައިރަށް އެވޯޑް ހަވާލުކޮށްދެއްވީ، ޝަރަފްވެރި މެހުމާން އަދި ވިޔަފާރިވެރިޔާ ސަލާހް ޝިހާބު އެވެ.

ސަފާރީ ހިންގުމުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބްލޫ ހޮރައިޒަން އަކީ ޒުބައިރުގެ ބައްޕަ އަހުމަދު މޫސާ އުފެއްދެވި ކުންފުންޏެކެވެ. ނަމަވެސް މިހާރު އެ ކުންފުނި ހިންގަވަނީ ޒުބައިރު އެވެ. އޭނާއަށް މި އެވޯޑް ދިނީ، މި އިންޑަސްޓްރީގައި ކުރައްވާފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަލާހު ޝިހާބް ވިދާޅުވީ މިއީ ވަރަށް ގިނަ ގޮތްތަކަށް ބެލުމަށް ފަހު ދޭ ވަރަށް މުހިއްމު އެވޯޑެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ދާއިރާ އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ ވަރަށް މުހިންމު އަދި ފުރިހަމަ އެވޯޑެއް،" ޝިހާބް ވިދާޅުވި އެވެ.

އެވޯޑް ލިބުނު ކުންފުނިތައް

- މޯސްޓް ޕްރިފާޑް އިންބޯޑް އިންޖީން: ވީއޭއެމްކޯގެ ދޫސާން ޑައިވޫ

- މޯސްޓް ޕްރިފާޑް އައުޓްބޯޑް އިންޖީން: އެލިޔާ އިންވެސްޓްމަންޓްގެ ޔަމަހާ

- ބެސްޓް ފިޝިން ސަފާރީ: ކެނޮޕަސް މޯލްޑިވްސްގެ ދިނާޝާ

- ބެސްޓް ޑައިވް ސަފާރީ: ބުލޫ ހޮރައިޒަންގެ ހޮރައިޒަން 3

- ބެސްޓް ކުރޫ ޓީމް: މާސެލިއާ މޯލްޑިވްސްގެ މާސެލިއާ ސްޓާ

- ބެސްޓް ސާފް ސަފާރީ: ޓްރިޕް ކޮންސެޕްޓްގެ މަންޓާ ކްރޫޒް

- ޑޮކްޔާޑް/ސްލިޕްވޭ އޮފް ދަ އިޔާ: އަލް ޝާލީ މެރިން މޯލްޑިވްސް

- ސާފް ގައިޑް އޮފް ދަ އިޔާ: މަންޓާ ކުރޫޒްގެ އަލީ ހުޝްރުއާން އަހުމަދު (ކުޑަ އައްޔަ)

- ބެސްޓް ލިވަބޯޑް/ޔޮޓް ބިލްޑާ އޮފް ދަ އިޔާ: ގަލްފްކްރާފްޓް މޯލްޑިވްސް

- ބެސްޓް ބިލްޑް ލިވަބޯޑް/ޔޮޓް އޮފް ދަ އިޔާ: ވޮޔޭޖަސް މޯލްޑިވްސްގެ ގުރަހަލި

- ބޯޓް އިކުއިޕްމަންޓް ސަޕްލަޔާ އޮފް ދަ އިޔާ: ވީއޭއެމްކޯ

- މެރިން އިންޖީން ސާވިސް ޕްރޮވައިޑާ އޮފް ދަ އިޔާ: އެލިޔާ އިންވެސްޓްމަންޓް

- ބެސްޓް ބޯޓް ޑިޒައިން އޮފް ދަ އިޔާ: އަލް ޝާލީ މެރިން މޯލްޑިވްސް

- ބެސްޓް ޕްރޮޑަކްޝަން ފައިބާ ވެސަލް އޮފް ދަ އިޔާ (5-24 މީޓާ): އަލް ޝާލީ މެރިން މޯލްޑިވްސްގެ ކޯސްޓް ކްރާފްޓް 37

- ބެސްޓް ޕްރޮޑަކްޝަން ފައިބާ ވެސަލް އޮފް ދަ އިޔާ (15-40 މީޓާ): އަލް ޝާލީ މެރިން މޯލްޑިވްސްގެ އައިލެންޑް ހޮޕާ 50

- ބެސްޓް ލިވަބޯޑް/ޔޮޓް އޮޕަރޭޓާ އޮފް ދަ އިޔާ: ބްލޫ ހޮރައިޒަން

- ލިވަބޯޑް ކެޕްޓަން އޮފް ދަ އިޔާ: ކެނޮޕަސް މޯލްޑިވްސްގެ ދިނާޝާގެ ކެޕްޓަން މުހައްމަދު އަލީ

- ބެސްޓް ލިވަބޯޑް/ޔޮޓް ބްރޭންޑް އޮފް ދަ އިޔާ: ވޮޔޭޖަސް މޯލްޑިވްސް

- ބަންކަރިން އެންޑް ފިއުލް ސަޕްލަޔާ އޮފް ދަ އިޔާ: ދަ ހޯކްސް

- މޯސްޓް ޕްރިފާޑް މެރިން ޕެއިންޓް އޮފް ދަ އިޔާ: ކަލާ ބެންކްގެ ޖީޓުން

ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް)ގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު އިގްނާޒް ވިދާޅުވީ އަންނަ އަހަރު އެވޯޑު އަމިއްލަ މެރީނާއެއްގައި ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަމިއްލަ މެރީނާއެއް އޮތުމަކީ، އެ އެސޯސިއޭޝަން މީގެ 10 އަހަރު ކުރިން އުފެދި އިރު ވެސް، އެންމެ ބޮޑު ހުވަފެން ކަމަށް އޭނާ ވިދާޅުވި އެވެ.

އިގްނާޒު ވިދާޅުވީ ސަފާރީތަކަކީ ކުޑަ އިންޑަސްޓްރީއެއްގެ ގޮތުގައި ފެށިގެން ދިޔަ ކަމެއް ނަމަވެސް، މިހާރު މި އިންޑަސްޓްރީ ވަރަށް ފުޅާވެފައިވާ ކަމަށެވެ. އެގޮތުން މި އަހަރު ވެސް މިހާތަނަށް ސަފާރީތަކުން ޓެކްސް އާއި އެހެނިހެން ފީތަކުގެ ގޮތުގައި 145 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރަށް ދައްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު އެބަ އޮތް 144 ވެސަލް ރާއްޖޭގައި. މި އިންޑަސްޓްރީ ފުޅާވެ އިތުރު ވިޔަފާރިތައް އައިސް އަދި މިހާރު ހުރި ވިޔަފާރިތައް އެކްސްޕޭންޑްވާން އެބަ ޖެހޭ [ފައިނޭންސިން އޮގަނައިޒޭޝަންތަކުން] މަސައްކަތް ކުރަން. އެމްއެމްއޭގެ އިތުރުން ބޭންކްތަކުން ވެސް އެބަ ޖެހޭ އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރަން،" އިގްނާޒް ވިދާޅުވި އެވެ.

ބޯޓިން އެވޯޑަކީ ލޭމް އާއި ޔުނިކާ ކުންފުނިން އިންތިޒާމް ކުރާ ރަސްމިއްޔާތެކެވެ. މިއީ ބޯޓިން އެވޯޑް ދިން ތިން ވަނަ އަހަރު އެވެ.

2 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 9%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޭކުބެ

05 December 2017

މަރުޙަބާ އެޑަމް....

The name is already taken The name is available. Register?

ހަސަން

05 December 2017

ޒުބައިރު އަދި ދެންވެސް ވަނަތަކަށް ހޮވުނު ބޭފުޅުންނަށް މަރުހަބާ ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454