30 ޑިސެމްބަރ 2017 - 11:51
ކުރިޔަށް އޮތް ދެ އަހަރު ތެރޭގައި އިތުރު 23 ރިސޯޓު ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުގެ އަމާޒަކީ 2013 އިން ފެށިގެން ފަސް އަހަރުގެ ތެރޭގައި އާ 50 ރިސޯޓު ހުޅުވުން ކަމަށެވެ. އެގޮތުން މިހާތަނަށް 27 އާ ރިސޯޓު ހުޅުވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. އަދި ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި އިތުރު 23 ރިސޯޓު ހުޅުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އަލަށް ހުޅުވާ ރިސޯޓުތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑްތަކުގެ ރިސޯޓުތައް ހިމެނެ އެވެ. އޭގެ ތެރޭގައި މާލެ އަތޮޅުގައި ތިން ރަށް ހިއްކައިގެން އަލަށް ހަދާ ހިލްޓަންގެ ވާލްޑޮފް އެސްޓޯރިއާ، ކ. އެނބޫދޫފަޅުގައި ހަދާ ހާޑް ރޮކް ހޮޓެލްސް، 96 ވިލާއާ އެކު އިޓަލީގެ ޑިޒައިން ރިސޯޓެއް ކަމަށްވާ ބެގްލިއޯނި މޯލްޑިވްސް، ކ. އޮޅަހަލީގައި ހަދާ ލަކްސް ނޯތު މާލެ، ރިއު ހޮޓެލްސް، މާމުޓާގައި ހަދާ ޕުލްމަން މޯލްޑިވްސް، ނ. ކުރެދިވަރުގައި ހަދާ މޫވެން ޕިކް ރިސޯޓްސް، ކ. އަކިރިފުށީގައި ހަދާ އެޓްމޮސްފިއާ އެޓް ސަންގެލި ރިސޯޓާއި ށ. ވަގަރުގައި ހަދާ ޖޭ ޑަބްލިއު މެރިއޮޓް، ރ. މާމުނަގައުގައި ހަދާ އިންޓަކޮންޓިނެންޓަލް ރިސޯޓު ފަދަ ތަންތަން ހިމެނެ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު ކާމިޔާބީތަކެއް ލިބިފައިވާ ކަމަށެވެ. އަދި ފާއިތުވި ފަސް އަހަރު ޓޫރިޒަމް އިންޑަސްޓްރީ އައީ ކުރިއަރަމުން ކަމަށާއި އެގޮތުން އަހަރަކު އެވްރެޖްކޮށް 7.7 ޕަސެންޓް ކުރިއެރުމެއް ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ފަސް އަހަރުގެ ތެރޭގައި ހުޅުވާ އާ ރިސޯޓުތަކާ އެކު އަލަށް 18،000 ވަޒީފާ އުފެދޭނެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ދާދި ފަހުން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ވަނީ އާ 13 ރިސޯޓު ހުޅުވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާދަންބެ
31 December 2017
ޜިސޯޓް ނެތް ހދ ގަ ކިތައްރިސޯޓްބާ
ޢަބްދުﷲނާފިޒު
31 December 2017
23 ރިސޯޓު، 27 ރިސޯޓު، 50 ރިސޯޓު ހުޅުވުމެއް ނޫން މުހިއްމުވެގެން މިއުޅެނީ، ފާއިތުވި ހަތަރު އަހަރު ތެރޭ 27 ރިސޯޓު ހުޅުވީމަ ރައްޔިތުމީހާއަށް ރިސޯޓު ހިއްސާ ކިތައް ޕަސެންޓު ލިބުނުބާ! ކިތައްމެ ބައިވަރު ރިސޯޓެއް ހުޅުވިއަސް ދެރަ ނިކަމެތި ރައްޔިތުމީހާއާ އާއިލާ ފަސްގަނޑު ދަށުލަންދެން ގަނަ ތެޅެން ޖެހުނީމަ ކޮބާ ގިނަ ރިސޯޓު ހުޅުވުމުގެ ފައިދާއެއް، ވަރަށް ސަލާމް، 2018ގަ ވޯލްޑްކަޕް އޮންނާނެ، ވަރަށް ފޯރި ގަދަވާނެ.
އަލީ.
30 December 2017
ސެކިޔުރިޓީންގެ ގޮތުގަ ނޭޕާލު މީހުން ތިބުންމަނާކޮއް އެއީ ދިވެހި ފުލުހުންގެ ފަރާތުން ތަމްރީނު ލިބިފަތިބި މަދަރުސާ ނިންމާ ދިވެހިންނައް ހަދާ ކުދިފިހާރަތަކުގަ ބިދޭސީން ތިބުމައްވުރެ މާނުރައްކާ ރާއްޖޭގެ މުދާތައް ބޭރުބަޔަކައް ދޫކޮއްލާފައޮތުން
ދޮގުހެދުމީ ވައްކަމުގެ ތަޅުދަނޑ
30 December 2017
އޭރުން ރިސޯޓުހިއްސާ ލިބޭނެތަ؟
ދެޓްޑޭ
30 December 2017
ކުރިޔަށް އޮތް ދެ އަހަރު އިތުރު 23 ރިސޯޓު ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބަޔާން ކުރުން އެއީ މަމެން ޕިންކީންގެ މެނިފެސްޓޯ ގައިވާ ގޮތަށް 5 އަހަރު ތެރޭ 50 ރިސޯރޓް ހުޅުވިގެން ދާ ކަމުގެ އަލި ގަދަ ދަލީލު ތަކޭ މީ ހެޔޮ ފާލެކޭ ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ހެދުމަށް ޓަކައި. މަމެން ޕިންކީން މިރާއްޖޭގެ ވެރިކަމާއި ހަވާލުވި ދުވަސް އެއީ ރީތި އަބަދުވެސް ރީތި ދުވަހެކޭ. އެ ދުވަސް އެދުވަސް އެދުވަސް އެއީ ރީތި އުފާވެރި ހަނދާނުން ފުހެލަން އުނދަގޫ ދުވަހެކޭ ދެޓް ޑޭ ދެޓް ޑޭ ދެޓް ޑޭ ސޯ ސްވީޓް. ކޭން ޔޫ ފީލް އިޓް. ފީލް ވޭ ދޯ.
ކޮކްޓެއިލްރައީސް
31 December 2017
މީ އަނެއްކާ ކިހިނެއް ހިސާބުޖަހާ މަރުމޯލެއްބާ! 4 އަހަރު ދުވަހުން 27 ރިސޯޓު ހުޅުވިއްޖެ، ކުރިއަށް އޮތް 2 އަހަރު ތެރޭ 23 ރިސޯޓު ހުޅުވޭނެ، މީ މަޖާކަމެއް.
ފްރޮމްދިސް
30 December 2017
ރާއްޖޭގެ ރިސޯރޓް ތަކުގެ ހިއްސާ ދިނުމޭ އެއްވަރު ވާނެއޭ ރިސޯރޓް ތަކުގައި ހުރި މެދު ފަންތި އާއި އަދި މަތީ ފަންތީގެ ވަޒީފާ ތައް ދިވެހިންނަށް ލިބޭނެ އުސޫލުން ސަރުކާރުން ސްޓްރެޓެޖިކް ކޮށްް އެކަން އެކުލަވާލާ ޑެޑް ސީރިއަސް ކޮށް ސްކޫލް ތަކުން ނިމޭ ޕޮޓެންޝަލް ކުދިން އެކަމަށް ތަމްރީން ކޮށް އެމެން ގެ ތެރޭން ކޮންމެ ކުއްޖަކު ވެސް ގޮސް ރިސޯރޓެއްގައި މެދު ނުކެނޑި 5 އަހަރު ދުވަހު އެއް ރިސޯރޓެއްގައި ވަޒީފާ އަދާ ކޮށް ފިނަމަ ސިންގަޕޯރ ފަދަ ގައުމެއްގެ ޔުނިވަރސިޓީން ފަންޑަމެންޓަލްސް އާއި އެކު ކިޔަވަން ލޯން ދޭ ގޮތަށް ހަމަ ޖައްސައިފިނަމަ ވެސް އެކަން އެއީ މިރާއްޖޭގެ ދެން އަންނަން އޮތް ޒުވާން ޖީލަށް ސަރުކާރަށް ކޮށް ދެވޭނެ އެންމެ ހެޔޮ އެއް ކަން. ފްރޮމް ދިސް މޯމެންޓް އޮން ކީޕް ޕްލޭނިންގް އިޓް ވެލް އިނަފް ފޯރ ދަ ނެކްސްޓް ޖެނެރޭޝަން. ފްރޮމް ދިސް މޯމެންޓް އޮން ފްރޮމް ދިސް މޯމެންޓް އޮން..
ފްރޮމްދިސް
30 December 2017
ކުރިމަތި ވަމުން އަންނަ ދެ އަހަރު ދުވަސް ތެރޭގައި 23 ރިސޯރޓް މާރކެޓަށް އެންގޭޖް ވުން އެއީ މިރާއްޖޭގެ ތާރީޚް ގައި ވެސް ނުވާ ކަމެކޭ މިކަމަށް ޓަކައި ސަރުކާރުން ޖެހޭނެއޭ ރާއްޖޭގެ ޒުވާން ޖީލު ރަނގަޅަށް ތަރްބިއްޔަތު ކުރަން. މިހާރު ރިސޯރޓް ތަކުގައި ވަޒީފާ އަދާ ކުރާ ދިވެހި ކުދިންނަކީ އެއީ މާ ބޮޑަށް އެދާއިރާއިން ކިޔަވައިގެން ކުރިއަށް ދާ ހިތުން ވަޒީފާ އަދާ ކުރާ ކުދިން ކަމަށް އެމެން ވަޒީފާ އަދާ ކުރާ ގޮތުން ބުނެވެން ނެތޭ އެއީ މުސާރަ ލިބި އަދި އެހެން މީހުންނަށް ލިބޭ ސާރވިސް ޗާރޖް އޭނާ އަށް ވެސް ލިބޭތީވެ އެކަމާއި އެންޖޯއި ކުރަން ރިސޯރޓް ތަކުގައި ވަޒީފާ އަދާ ކުރާ ކުދިންނޭ. އެ ޖީލް ގެ މައްޗަށް އެބަޖެހޭ އެލީޓް ޕޮޓެންޝަލް އަދި ހީވާގި ކެރޭ ގިނަ ވަގުތު މަސައްކަތުގައި އުޅެން ކެރޭނެ ކުދިން ގެ ބޮޑު ޖީލެއް ސަރުކާރުން ސިސްޓަމެޓިކް ކޮށް ނެރެން. ފްރޮމް ދިސް މޯމެންޓް އޮން ގޮޓާ ތިންކް އޮފް އިޓް ފްރޮމް ދިސް މޯމެންޓް އޮން ފްރޮމް ދިސް މޯމެންޓް އޮން ފްރޮމް ދިސް މޯމެންޓް އޮން.
ޒައި
30 December 2017
އޭ މެނިފެސްޓޯގަ އޮތް އެއްޗެއް ވެސް އޮޅުނީދޯ؟ 27 ރިސޯޓް ހުޅުވާކަށް ނޫން އޭގަ އޮތީ.... ރިސޯޓް ހިއްސާގެ ވާހަކަ އޮތީ.. އެކަން ހަނދާން ނައްތާލާފަ އޮޅުވާލަން މޮޅެތި ސުރުހީ ނުހަދާ.. ހދ ގަ ރިސޯޓް ހުޅުވަން ވެސް ބުނެ ސުރުހީ ހަދާތާ 2 އަހަރު މިވީ..
އާޒާދީ
30 December 2017
ވައުދުވީ ރިސޯޓް ހިއްސާ ޒުވާނުންނަށް ދޭން.. މުއްސަނދި މަހުޖަނުންނަށް ރައްތައް ބަހާ ހުސްކޮށް ރައްޔިތުން ހުޅުމާލެއަށް ޖަމާކޮށް 8ފޫޓް 9 ފޫޓްގެ ގޮޅިތަކަށް ލާ ކުލީގެ އަޅުންމަށް ހަދާކަށް ނޫން
މަހަށް
30 December 2017
ކުރިޔަށް އޮތް ދެ އަހަރު އިތުރު 23 ރިސޯޓު ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވި ކަން އެއީ މަމެން އުފާ ކުރާ ކަމެކޭ އެކަމަކު އެ 23 ރިސޯރޓް އިން ވެސް އެންމެ %10 ވަޒީފާ އޭ ދިވެހިންނަށް ލިބޭނީ އެގޮތުން ލިބޭއިރު ވެސް އެންމެ ލޯ ލެވެލް ވަޒީފާ ތަކަށް ބޭނުންވާ ދިވެހިންނޭ ރިސޯރޓް ތަކުގެ އެޗްއާރުގައި ތިބޭ ދޮނޭ މެން ނަގަނީ. ރާއްޖޭގެ ރިސޯރޓް ތަކުގެ ސްޓާފުންގެ ބޮލަކަށް ދުވާލަކު 12 ޑޮލަރު ޖެހޭ މިންވަރަށް ކެއުމުގެ ފެންވަރު މަތި ކޮށް ފުޑްވޭސްޓް ވެސް ބޮޑު ވެގެން މިއުޅެނީ ސީދާ ބޭރު ދޮނޭ މެން ބޮޑޭ މެންނަށް ތިބޭތީއޭ. ދިވެހި މުވައްޒަފުން ރިސޯރޓް ތަކުގައި ތިބޭ އިރު އެމެން ބޭނުމެއް ނުވެއޭ ކޮންމެ ދުވަހަކު ދެ ބަނޑަށް އަޅާލައިގެން ތިބެން އެމެންނަށް ހެވޭ އާދައިގެ ގޭގައި ކާ ކެއުން ދިނަސް. ރިސޯރޓް ތަކުގެ އޮޕަރޭޓިންގް ކޮސްޓް ވެސް ބޮޑުވެގެން ރިސޯރޓްސް ތައް އިތުރަށް ހަދާނެ ފައިސާ އޯނަރުން އަތުގައި ނުހުންނަނީ އޮޕަރޭޓިންގް ކޮސްޓް ބޮޑު ކަމުންނޭ މަޓީ މަހަށް ތޭ ދަނީ މިފަދަ ކަންކަން ނުބަލާ ތަމެން މަހަށް ދޭބަލަ މަޓީ.