އަލޯރާގެ 18 ވަނަ އަހަރީ ދުވަހާ ދިމާކޮށް ހާއްސަ ސޭލެއް

އަލޯރާ ޕޭން ހޯމްގެ 18 ވަނަ އަހަރީ ދުވަހާ ދިމާކޮށް ހާއްސަ ސޭލެއް ފަށައިފި އެވެ.


ފުޅާ ދާއިރާއެއްގައި ފަރުނީޗަރުގެ ވިޔަފާރިކުރާ ކުންފުނިން އިއްޔެއިން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ސޭލްގައި، ބެޑްރޫމް އައިޓަމްތަކުން އަށް ޕަސެންޓު ޑިސްކައުންޓް ދިނުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން، ކޮޓަރިއަށް ބޭނުންވާ ފަރުނީޗަރާއި ބެޑްޝީޓާއި ބާލީސް އަދި ގޮދަޑިން ވެސް ޑިސްކައުންޓް ދޭނެ ކަމަށް ވެސް އެ ފިހާރައިން ބުންޏެވެ.

ރާއްޖޭގައި އެންމެ ފެންވަރު ރަނގަޅު ފަރުނީޗަރާއި އަދި ފަރުނީޗަރާ ގުޅޭ ހިދުމަތްދޭ އަލޯރާގެ އަހަރީ ދުވަހަކީ މި މަހުގެ 28 ވަނަ ދުވަހެވެ.

އަލޯރާ އަކީ އޭޝިއާގެ ލީޑިން ފަރުނީޗަރު ބްރޭންޑް، އެސްބީ ފަރުނީޗަރުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރެވެ. އަދި އެ ކުންފުނިން ވިއްކާ ފަރުނީޗަރުތަކަކީ ހަލާކު ނުވެ އެތައް އަހަރެއް ވަންދެން ބޭނުންކުރެވޭ ފަރުނީޗަރުތަކެއްކަން ކަސްޓަމަރުންގެ އެނގިފައިވާ ކަމަށް އެ ފިހާރައިން ބުންޏެވެ.

އަލޯރާއިން ބުނިގޮތުގައި، އެ ފިހާރައިގެ އަހަރީ ދުވަހާ ދިމާކޮށް ކުރިއަށް ގެންދާ ސޭލްގެ އިތުރުން، ހާއްސަ އޮފާއެއްގައި ގޮދަޑި ގަންނަ މީހުންނަށް ހިލޭ މެޓްރެސް ޕްރޮޓެކްޓަރެއް ލިބޭނެ އެވެ.

"އަހަރީ ޕްރޮމޯޝަންގެ އިތުރުން މި ވަގުތު ބޮޑު ސޭލެއް ކުރިއަށް ނުގެންދިޔަ ނަމަވެސް މިއީ ހެޔޮއަގުގައި ބެޑްރޫމް އައިޓަމް ގަންނަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް. އެސްބީ ފަރުނީޗަރަކީ އީޔޫން ގަބޫލުކުރާ އީ1 ސްޓޭންޑަޑަށް އުފައްދާ ފަރުނީޗަރަކަށް ވާތީ މި ފަރުނީޗަރު ބޭނުންކުރުމުން ލޯ ހިރުވުމާއި ނޭވާލާން އުނދަގޫވުން ފަދަ މައްސަލަ ދިމައެއް ނުވޭ،" އެ ފިހާރައިން ބުންޏެވެ.

ފަރުނީޗަރުތަކުން ނުކުންނަ ހައި ފޯމަލްޑިހައިޑް ވަހާ އެކު ނޭވާލުމުން ކެންސަރަށް މަގުފަހިވާތީ މިފަދަ ފަރުނީޗަރުތައް ބޭނުން ނުކުރަން ސިއްހީ މާހިރުން އިރުޝާދު ދެ އެވެ.