ވިޔަފާރި / ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓް

ދުނިޔޭގެ ފުރަތަމަ މޫދު އަޑީގެ ވިލާ، ރާއްޖޭގައި ހުޅުވައިފި

ދުނިޔޭގެ އެންމެ ފުރަތަމަ ކަނޑުއަޑީ ވިލާ، ދަ މުރަކައިގެ މާސްޓަ ބެޑްރޫމް -- ފޮޓޯ: ކޮންރެޑް މޯލްޑިވްސް ރަންގިލި

ދުނިޔޭގެ ފުރަތަމަ މޫދު އަޑީގެ ވިލާ، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑްގައި ހުޅުވައިފި އެވެ.

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަރުމާކޮށް، ކޮންރެޑް ރިސޯޓުގެ މޫދު އަޑީގައި ހެދި ވިލާ އަށް ކިޔަނީ 'ދަ މުރަކަ' އެވެ. އެ ވިލާ ފަރުމާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ ކްރައުން ކުންފުނީގެ އެއް ޑިރެކްޓަރު އަދި އާކިޓެކްޓް، އަހުމަދް ސަލީމެވެ.

ދަ މުރަކައިގެ ކޮޓަރިއެއް: އާދައިގެ ބަޔަކަށް ޗުއްޓީ ހޭދައެއް ނުކުރެވޭނެ -- ފޮޓޯ: ކޮންރެޑް މޯލްޑިވްސް ރަންގިލި

ދެ ބުރިއަށް ޑިޒައިންކޮށްފައިވާ "ދަ މުރަކަ" ހަދަން 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ) ހޭދަކުރި އެވެ. އެތަނުގައި ރެއެއް ހޭދަކޮށްލުމުގެ އަގަކީ 50،000 ޑޮލަރެވެ.

ވިލާގެ މަތީ ބައި ހުންނަނީ މޫދު މަތީގަ އެވެ. މޫދު ފަސް މީޓަރު އަޑީގައި ހުންނަނީ ނިދާ ކޮޓަރި އެވެ. އެ ބައި ހެދީ ސިންގަޕޫރުގަ އެވެ.

ދުނިޔޭގެ އެންމެ ފުރަތަމަ މޫދު އަޑީ ވިލާ، ދަ މުރަކައިގެ ޑެކް އަދި އިންފިނިޓީ ޕޫލް -- ފޮޓޯ: ކޮންރެޑް މޯލްޑިވްސް ރަންގިލި

މިމަހު އެއް ވަނަ ދުވަހު ފަތުރުވެރިންނަށް ހުޅުވާލީ 'ދަ މުރަކަ'އަށް މިހާރު ވެސް ފަތުރުވެރިންގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ. އަދި ދުނިޔޭގެ ބައެއް މީޑިއާތަކުން އެތަނާ ބެހޭ ގޮތުން އަންނަނީ ޚަބަރު ފަތުރަމުންނެވެ.

'ދަ މުރަކަ' އަކީ މޫދު އަޑީގައި ހަދާ ގޮތަށް ސަލީމް ޑިޒައިންކުރެއްވި ދެ ވަނަ ތަނެވެ. ކޮންރެޑް ރިސޯޓުގެ މޫދު އަޑީގައި ހަދާފައިވާ "އިތާ" އަކީ ވެސް އޭނާގެ ޑިޒައިނެވެ. މިއީ ދުނިޔޭގެ ފުރަތަމަ މޫދު އަޑީގެ ރެސްޓޯރެންޓެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ދުނިޔޭގެ ނަމޫނާއަކަށް ވާ ކަހަލަ ހިތްގައިމު އެތައް ތަނެއް މިހާރު ހިމެނެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވަރަށް ތަފާތު ޑިޒަައިންތަކުގެ ރިސޯޓްތައް ވެސް އަންނަނީ ހަދަމުންނެވެ.

15 ކޮމެންޓް, 109 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 6%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔައުގޫބު

05 November 2018

ޤައުމުގަ އަބަދުވެސް އެއްބަޔަކު ބޭނުންވަނީ ފިތުނަ އުފައްދަން ހުއްޓާލަބަލަ ތިކަންތައް

The name is already taken The name is available. Register?

ޖަނާބު

04 November 2018

ކޮންމެވެސް ކުއްޖަކު މިތަންކޮޅު އޮޅުންފިލުވަދީބަލަ. "ވިލާގެ މަތީ ބައި ހުންނަނީ މޫދު މަތީގަ އެވެ. މޫދު ފަސް މީޓަރު އަޑީގައި ހުންނަނީ ނިދާ ކޮޓަރި އެވެ. އެ ބައި ހެދީ ސިންގަޕޫރުގަ އެވެ." ވިލާގެ މަތީބައި ރާއްޖޭގައި ހުރެފައި ތިރީބައި ސިންގަޕޫރުގައި ހުންނަވާހަކަތަ؟ ނޫނީ ސިންގަޕޫރުން ކޮޓަރި ހަދައިގެން ގެނެސް ފެއްތީއޭތަ؟

The name is already taken The name is available. Register?

އެޔާމީނު

05 November 2018

ތިޚަބަރުތަކުން ވާނުވާ ނޭނގުނިއްޔާ ރަނގަޅީ. ރާއްޖޭގައި ރެއަކަށް 50،000 ޔޫއެސް ޑޮލަރަށް މީހުން ނިދާއިރު އަހަރުން މިގައުމުގެ އަސްލު ރަށްވެހީން މިނިދަނީ 12 ފޫޓު 10 ކޮޓަރިއެއްގައި 5 މީހުން 6 މީހުންގެ ޢާއިލާއެއް.

The name is already taken The name is available. Register?

އާދަން

05 November 2018

ތިބޭފުޅާ އަށްވެސް އެބުނާ ވާހަކަ ހަމަ ރަގަޅަށް އެނގޭނެ. މާ ކަންބޮޑު ކުރައްވާނެ ކަމެއްނެތް. ހަމަ ހަގީގަތުގައިވެސް ނޭގުނިއްޔާ ދެން އަމިއްލަޔަށް ތިމާގެ ވިސްނުމުގަ ހުރި ކޮށިކަމާއި ގަމާރުކަން ގަބޫލު ކުރައްވައިގެން ހުންނެވުން ރަގަޅުވާނެ. ސިކުނޑީގެ ގޮތުން އެހާ ނުކުޅެދިއްޖެ މީހަކު ފޯރަމްތަކުގައި މާ ގިނަ ވާހަކަ ދެއްކުން ރަގަޅެއް ނުވާނެ.

The name is already taken The name is available. Register?

ދާދޭ އިސް އެން އިޑިއަޓް

04 November 2018

މިހާރުގެ ޒުވާނުން ބޭނުންވަނީ މަސައްކަތެއް ނުކޮއް ފައިސާ ހޯދަން. އޭގެ ހެއްކެއް ޔާމީންގެ ކެމްޕެއިންގައި ވަޒީފާތަކަށް ވެއްދި ގިނަ ޒުވާނުން އޮފީހަށް ކާޑު ޖަހާފަ އަބަދު ބޭރުގަ ނޫނީ ސިޔާސީ ކަންތަކުގަ އުޅުން.

The name is already taken The name is available. Register?

ރޯޒް

04 November 2018

ވަރަށް އުފާވޭ ރާއްޖޭގަ ތިވަރު ފެންވަރު ރަނގަޅު ތަނެއް ހެދީމަ. އެކަމު އަހަރެންނަށް ތިތަން ހަމަލޮލުން ބލާލުނުގެ ފުރުސަތުވެސް ނުލިބޭނެ. ނުވާނެކަންތަކަށް އުންމީދެއް ނުކުރަން.

The name is already taken The name is available. Register?

ދޮށީކޮއި ޢަލީގެ މުޙައްމަދު

05 November 2018

މަރުހަބާ އިބޫ އަންނި

The name is already taken The name is available. Register?

ކަލް

03 November 2018

މޮޔަ ވާހަކަ ނުދަައްކާ. ތި ވަރު ތަނެއް ހަދާކައް 50މިލިއަން ހަރަދެއް ނުވާނެ.

The name is already taken The name is available. Register?

ައަފީފު

04 November 2018

ރަނގަޅަށް ބަލާފަ ކޮމެންޓް ކޮށްބަލަ

The name is already taken The name is available. Register?

އާދަނޫ

04 November 2018

50 ނޫން އިނީ. ރަނގަޅަށް ކިޔާބަލަ. 15 އިނީ

The name is already taken The name is available. Register?

ހަބޭސް222

05 November 2018

އަދުރޭގެ ފޮތުން ކިޔެވި މީހަކަށް ވާނީ!

The name is already taken The name is available. Register?

ނޫނު

03 November 2018

މައްސަލައެއްނެތެންނު ސަރުކާރަކަށް ރިސޯޓެއް ހިންގޭކަމަކަށް ނުވިވިއްޔާ!

The name is already taken The name is available. Register?

އަލިފް

03 November 2018

ރިސޯޓް ތަކުގެ 80 ޕަސެންޓް އަކީ ބިދޭސީ މުވައްޒަފުންނެވެ. ގާނޫނު މުގުރާލާފައެވެ. ޒުވާނުންގެ ބޮޑު އާބާދީ ވަޒީފާނެތިއެވެ.

The name is already taken The name is available. Register?

ހަކީމް

03 November 2018

ކިޔަވައިގެން ، ތަމްރީން ލިބިގެން ނިކުންމަ ޒުވާނުންނަށް ވަޒީފާ ލިބެއެވެ. އިޙްލާސް ތެރިކަމާއި އެކު ވަޒީފާގައި އުޅޭނަމަ ކުރިއެރުންވެސް ލިބެއެވެ. ރާއްޖޭގެ ގެސްޓް ހައުސްތަށް ވަރުބަލި ކަމެއް ނެތި އޮޕެރޭޓް ކުރާ ޒުވާން ވިޔަފާރި ވެރިންވެސް މަދެއް ނޫނެވެ.

The name is already taken The name is available. Register?

ދާދޭ

03 November 2018

ވަޒީފާއަކީ ޕާޓްޓައިމް ކޮށް ރިސޯޓްތަކުގައި އަދާކުރެވޭނެ ވަޒީފާއަކަށް ހަދަނިކޮށް ރާއްޖޭގެ ޒުވާނުން އެވަޒީފާއަށް ވަންނާނެ. އަދި ހަފްތާއަކު އާދީއްތަ ބުާސްފަތި ހުކުރު ހޮނިހިރު އޮފް ވެސް ދޭންވާނެ. މިނޫންގޮތަކަށް ވިއްޔާ ނުދާނަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454