ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންނަށް ޚާއްސަ ކޮށްގެން ލިޓަސް އިން ސައިކަލް ޕްރޮމޯޝަނެއް ފަށައިފި އެވެ.
'ރިސޯޓް މުވައްޒަފުންގެ ހިއްސާ' ގެ ނަމުގައި ފެށި ޕްރޮމޯޝަންގައި ބައިވެރިވާ މީހުން، ރިސޯޓުތަކުގައި ތިއްބަސް ސައިކަލް ލިބޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ލިޓަސްއިން ބުނެ އެވެ.
އިއްޔެއިން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި، ރިސޯޓުތަކުގެގެ މުވައްޒަފުންނަށް ލިޓަސް ފިހާރައަށް ދެވޭގޮތް ނުވި ނަމަވެސް އެޕްލިކޭޝަން ހުށަހެޅުމާ އެކު، އެ މީހެއްގެ ގެ އަށް ލިޓަސް އިން ސައިކަލް ފޯރުކޮށްދޭނެ އެވެ. އެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ޝަރުތަކީ ރިސޯޓުގައި މަސައްކަތް ކުރާ މީހުންގެ މަންދޫބެއް ހަމަޖެއްސުން ކަމަށް ލިޓަސްއިން ބުންޏެވެ.
ލިޓަސްގެ ސޭލްސް އެންޑް މާކެޓިން ސީނިއާ މެނޭޖަރު އާސިފް ރަޝީދު ވިދާޅުވީ، މި ޕްރޮމޯޝަންގެ ބޭނުމަކީ މުވައްޒަފުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުން ކަމަށާއި ނަމަވެސް މިއީ އެ މީހުންގެ މަސައްކަތާ އަޅާ ބަލާއިރު، ވަރަށް ކުޑަ މިންވަރެއް ކަމަށެވެ.
ލިޓަސް އިން ވަނީ މިދިޔަ ހަފްތާގައި ވެސް ކުޅިވަރު ޓިމް ތަކަށް ހާއްސަ ސްކީމެއް ތައާރަފް ކޮށްފަ އެވެ.