ދަރިވަރުން ބޭނުންވާ ޕްރިންޓަ ފަދަ ތަކެއްޗަށް ކޮޕިއަ ޕްލައިން އިން ހާއްސަ ޕްރޮމޯޝަނެއް ކުރިޔަށް ދަނީ!

ދަރިވަރުން ބޭނުންވާ ޕްރިންޓަރު ފަދަ ތަކެތި އަތްފޯރާ ހިސާބަކުން ހޯދަން ބޭނުންވާ ނަމަ ކޮޕިއާ ޕްލަސް އަކީ ހިޔާރު ކުރަންވާނެ ފުރަތަމަ ތަނެވެ. އަދި މިހާރު ދިރާސީ އަހަރު ނިމެން ގާތް ވެފައި އޮތުމުން، އެ ކުންފުނިން ވަނީ ދަރިވަރުންނަށް ހާއްސަ 'ބެކް ޓޫ ސްކޫލް' ޕްރޮމޯޝަނެއް ފަށާ، ގިނަ ޕްރޮޑަކްޓްތަކެއްގެ އަގު ބޮޑުތަން ކުޑަކޮށްފަ އެވެ.


އޯލް އިން ވަން ޕްރިންޓަ ސިސްޓަމަކީ ސްކޫލްތަކާއި ކޮލެޖްތަކުގެ ދަރިވަރުންނަށް ފަސޭހަ އެއްޗެކެވެ. އެގޮތުން ފުޅާ ދާއިރާއެއްގައި ކޮޕީ މެޝިނާއި ޕްރިންޓަރު ފަދަ ސާމާނު ވިއްކާ ކޮޕިއަ ޕްލަސް އިން ފެށި ޕްރޮމޯޝަންގައި ދަރިވަރުންނަށް ބޭނުންވާ ޕްރިންޓަރު ފަދަ ތަކެތީގެ އަގު ހެޔޮ ކޮށްފައި ވާއިރު، އެއީ ދުނިޔެ އަށް މަޝްހޫރު ބްރަދާ ކުންފުނީގެ އޯތަރައިޒްޑް ޑީސްޓްރިބިއުޓާ ވެސް މެއެވެ.

ޑިސެމްބަރު 25 އާއި ނިޔަލަށް މި ޕްރޮމޯޝަން ކުރިޔަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ޕްރޮމޯޝަންގެ ދަށުން ދަރިވަރުންނަށް ހާއްސަ އޯލް އިން ވަން ޕްރިންޓަ ސިސްޓަމްގެ އަގު ކުރިން 2،650 ރުފިޔާ އަށް ކަމަށް ވިޔަސް މި ހާއްސަ ޕްރޮމޯޝަންގައި 1،995 ރުފިޔާ އަށް އެ ފިހާރައިން ލިބޭނެ އެވެ. ކޮޕިއަ ޕްލަސް އިން ބުނީ އެފަދަ ޕްރިންޓަރުގެ ކާޓްރިޖް ފަސޭހައިން ރީފިލް ކުރެވޭނެ ކަމަށެވެ. އޭގެ ޕްރިންޓަރެއްގެ އެއް ކާޓްރިޖުން އަހަރެއްގެ ތެރޭގައި އާދައިގެ 6،000 ޕްރިންޓް އަދި ކުލަކޮށް ނަމަ 5،000 ޕްރިންޓް ނެގޭނެ ކަމަށް ވެސް ކޮޕިއަ ޕްލަސް އިން ބުންޏެވެ.

މި ޕްރޮމޯޝަންގެ އެއް މަގުސަދަކީ ގިނަ ދުވަހަށް ބޭނުންކުރެވޭ ކާޓްރިޖް ހިމެނޭ ޕްރިންޓަރެއް ހެޔޮ އަގުގައި ރަށްރަށުގެ ދަރިވަރުންނަށް ލިބޭނެ ފުރުސަތު ވެސް ތަނަވަސްކޮށްދިނުމެވެ.

އޭގެ އިތުރުން ގޭގައި ގެންގުޅެން ހާއްސަކޮށްގެން ހަދާފައިވާ ބްރަދާ ކުންފުނީގެ ލޭބަލް މޭކާ މަރުކާގެ ޕްރިންޓަރުގެ އަގުތައް ވެސް ވަނީ ހެޔޮކޮށްފަ އެވެ. ބަދިގޭގައި ގެންގުޅޭ ސާމާނާއި ސްކޫލް ފޮތްތަކުގައި ވޯޓާ ޕްރޫޕްކޮށް އެކި ވައްތަރުގެ ލޭބަލްތައް މި ޕްރިންޓަރުން ޕްރިންޓްކުރެވެ އެވެ. ޕްރޮމޯޝަންގެ ދަށުން އޭގެ ޕްރިންޓަރެއްގެ އަގަކީ 1،390 ރުފިޔާ އެވެ.