އެމްފައިސާއިން ޕިއްޒާ ކޮމްޕެނީ، ބާގަ ކިންގް އަދި ކޮފީ ކްލަބުން 15 ޕަސެންޓް ޑިސްކައުންޓް

އުރީދޫ މޯލްޑިވްސްގެ އެމްފައިސާ ބޭނުންކޮށްގެން، މައިނަ ފުޑް އައުޓްލެޓްތަކުން ފައިސާ ދެއްކޭނެގޮތް ތައާރަފްކޮށް، ޑިސްކައުންޓް ލިބޭ ގޮތްހަދައިފި އެވެ.


މައިނާ ފުޑް އައުޓްލެޓްތަކުން އެމްފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ނަމަ 15 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

މައިނަ ފުޑްގެ އައުޓްލެޓްތައް ކަމަށްވާ ދަ ޕިއްޒާ ކޮމްޕެނީ، ދަ ކޮފީ ކްލަބް އަދި ބާގަ ކިންގްގެ ބިލުތަކަށް އެމްފައިސާ ވޮލެޓް މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ. އަދި ކުރިޔަށް އޮތްތަނުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މައިނާ ފުޑް އައުޓްލެޓްތަކުން ވެސް މި ޚިދުމަތް ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫ އާއި މައިނާ ފުޑް ގްރޫޕް ގުޅިގެން މި ތައާރަފްކުރި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ހިދުމަތް ލިބިގަތުމުގެ މަގު ފަހިވެ، ކުރިމަގުގައި އިތުރު ފައިދާތައް ލިބުމުގެ މަގު ތަނަވަސް ވެގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ

މައިނާ ފުޑް ގްރޫޕުން މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބައިނަލްއަގްވާމީ ފަސް ފުޑްޗެއިން އޮޕަރޭޓް ކުރަމުންގެންދެއެވެ. މީގެ ތެރޭގައި ދަ ޕިއްޒާ ކޮމްޕެނީ، ދަ ކޮފީ ކްލަބް، ބާގަރ ކިންގް، ތައި އެކްސްޕްރެސް އަދި ޑެއިރީ ކުއީން ހިމެނެއެވެ. \