ކަސްރަތު ކުރާ ހެދުން ލާ އިރު ގޯސްކޮށް ފިރިހެނުން ކުރާ 3 ކަމެއް؛ މިކަހަލަ ހެދުންތައް ނުލާ!

މި އުޅެނީ އަވަސް އަރުވާލައިގެން ޖިމަށް ދާށެވެ. އެކަމަކު މިހާރު އިރުއޮއްސި ހައެއް ޖަހައިފި އެވެ. ބެންޗު ޕްރެސް ބޭނުންކުރަން ވެސް ޖެހުނީ ކިޔޫގައި ހުންނާށެވެ. އެ ބޭނުން ކުރަން އިން މީހާ ދިއުމުން ވަރަށް އުފާވި އެވެ! އެންމެ ފަހުން އެ ބޭނުން ކޮށްލަން އަހަރެންނަށް އެ ލިބުނީ އެވެ. އެކަމަކު އޭތި ކައިރިއަށް ދިޔަ އިރު އޭގެ ވަށައިގެން ހުރީ ކުރިން ބޭނުން ކުރި މީހާގެ ދަލެވެ. ވީ ފޫއްސެއް ބުނެދޭކަށް ވެސް ނޭނގުނެވެ.


ޖިމް އަކީ ކަސްރަތު ކުރަން ގިނަ މީހުންދާ ތަނެއް ކަމަށް ވާތީ ޖިމްގައި ހުންނަ އެއްޗެހި ބޭނުންކުރާ އިރު ޖިމްގެ އަދަބުތަކަށް އަޅާލާން ޖެހެ އެވެ. އެހެން މީހުންގެ ދަލުން ފުރިފައިވާ އެއްޗެއް ބޭނުން ކުރާކަށެއް އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެވެ.

ކަސްރަތު ކުރަން އެކަމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ކަސްރަތު ހެދުން ބޭނުންކޮށްފި ނަމަ، ކަސްރަތުކުރުމުގައި ވަރަށް ބޮޑު ތަފާތެއް ފެންނާނެ އެވެ.

ކަސްރަތުކުރާ އިރު މޮއިސްޗާ-ޕާފޯމަންސް ހެދުންލުން

ޖިމްގައި ކަސްރަތުކުރާ އިރު ހިއްލާ ދާ ދަމާލާނެ ނުވަތަ ވަގުތުން ހިއްކާލާނެ ހެދުން ލުމުން އަރާމާއި ފިނިކަމުގައި ކަސްރަތުކުރެވޭނެ އެވެ.

ކަސްރަތު ކުރާއިރު ލާ ހެދުންތަކަކީ ދަލާއި ތިމާ ދުރުކުރަން މަސައްކަތްކުރަން ޖެހޭ ތަކެއްޗެވެ. ޕާފޯމަންސް ޓީ ޝާޓެއް ލުމުން ދާތައް ގަޔާ ދުރުކޮށް، ޓީޝާޓުގެ ބޭރުފުށަށް ގެންދާނެ އެވެ. ޕާފޯޕަންސް ޓީޝާޓު ހަދާފައި ހުންނާނީ ޕޮލީއެސްޓާ އާއި ލިކްރާގެ ތަފާތު ބްލެންޑުތައް ބޭނުންކޮށްގެނެވެ. އުއިފޮތީގެ ޓީޝާޓަކަށް ވުރެ މި ތަކެތި އަގުބޮޑުވި ނަމަވެސް، އެ ބާވަތުގެ ޓީޝާޓަކީ ކަސްރަތުކުރަން އެންމެ ރަނގަޅު އެއްޗިއްސެވެ. ކަސްރަތު ކުރާ މީހާއަށް އަރާމުވުމުގެ އިތުރުން ހަލާކު ނުވެ ގިނަ ދުވަހު ބޭނުންކުރެވޭނެ އެވެ. އަދި މިއީ ތެތްވުމަށް ފަހު އަވަހަށް ހިކޭ ބާވަތުގެ ޓީޝާޓެވެ.

ގަޔަށް ހެޔޮވަރު ހެދުންލުމުގެ މުހިއްމުކަން

ގަޔަށް މާ ދޫކޮށް ހުންނަ ކަސްރަތު ހެދުމަކީ، ކަސްރަތުކުރަން އެންމެ އެކަށީގެންވާ ހެދުމެއް ނޫނެވެ. ދޫކޮށް ހުންނަ ހެދުން ލުމުން ބޭނުންވާހާ ގޮތަކަށް ހެލިފެލިވެ އުޅެން އަދި ކަސްރަތުކުރަން އުނދަގޫވާނެ އެވެ. އަދި ދޫ ހެދުން ލުމުން، ބަލާ މީހުންނަށް އެ މީހަކު ފެންނާނީ ހުންނަވަރަށް ވުރެ މާ ކުޑަކޮށެވެ.

ގަޔަށް ހެޔޮވަރު ހެދުން ލާށެވެ. މީޑިއަމް ސައިޒްގެ މީހަކު އެކްސްޓްރާ ލާޖް ސައިޒްގެ އެއްޗެހި ނުލާށެވެ. މީހާ ބޮޑުހެނެއް ވަކި ހިޔެއް ނުވާނެ އެވެ.

ފަސޭހައިން ކަސްރަތުކުރެވޭނެ ފަދަ ހެދުން ލުން ވަރަށް މުހިއްމެވެ. މިކަމުގައި ނައިލޯން-އިލާސްޓޭން މިކްސްގެ ތަކެއްޗާއި ސްޕޭންޑެކްސް ހިޔާރުކުރާށެވެ. ގަޔަށް ހެޔޮވަރުކޮށް ހުންނަ ހެދުން ލުމުން ފެންނަ ފެނުމަށް މާ ރީތި ވެސް ވާނެ އެވެ.

ކަސްރަތުކުރާ އިރު ފައިވާނަށް ނާރާ

ކަސްރަތުކުރަން އަރާ ބޫޓަކީ ފަޔަށް އެކަށީގެންވާ ސަޕޯޓު އަދި ރައްކާތެރިކަން ފޯރުކޮށްދޭ ތަކެއްޗަށް ވާން ޖެހޭނެ އެވެ. ހިނގާ ހާދިސާއެއްގައި ވެސް ފަޔަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބުމުގެ ފުރުސަތު އޭރުން މަދުވާނެ އެވެ. ޖިމެއްގައި ފައިވާނަށް އަރަންވާނެ ހަމަ އެކަނި ވަގުތަކީ ޖިމުން ނުކުންނަ ވަގުތެވެ. ނުވަތަ ހެދުން ބަދަލުކުރުމަށް ފަހު ލޮކާ ރޫމްގަ އެވެ.

ބޮޑު، ބިޔަ ކަސްރަތު މެޝީންތައް ބޭނުންކުރާ އިރު ފައިވާނުގައި އުޅުމަކީ ކުރަންވާ ވަރުގެ ކަމެއް ނޫނެވެ. އެކްސިޑެންޓެއް ކޮންމެ ވަގުތަކު ވެސް ހިނގާފާނެ އެވެ. ބޫޓަށް އަރައިގެން ހުއްޓާ އެއްޗެއް ފަޔަށް ވެއްޓިއްޖެ ނަމަ، ތަދުވާ މިންވަރު ވަކި ކުޑައެއް ނުވާނެ އެވެ. އެކަމަކު ބޫޓަށް އަރައިގެން ހުރި ނަމަ ފަސޭހައަކުން ކައްސާލައިގެނެއް ނުވެއްޓޭނެ އެވެ. އެ މީހަކު ކުރާ ބާވަތުގެ ކަސްރަތައް ބަލާފައި އެންމެ އެކަށީގެންވާ ބޫޓަކަށް އެރުމަކީ މުހިއްމު ކަމަކެވެ. ހާއްސަކޮށް ފަޔަށް ހެޔޮވަރު ބޫޓެއް ގަތުން މުހިއްމެވެ.

ބޫޓު ބޭލުމަށް ފަހު އިސްޓާކީނަށް އަރައިގެން ކަސްރަތު ކުރުމަކީ ވެސް މައާފްކުރެވޭނެ ވަރުގެ ކަމެއް ނޫނެވެ. ހަމައެކަނި އިސްޓާކީނުގައި ކަސްރަތު ކުރާނަމަ، ތަންތަން މަށައިގެން ހިނގައިދާނެ އެވެ. އަދި އެ ޖިމަކަށް ގޮސް ހުރި އެހެން މީހުންނަށް ވެސް އުނދަގޫ ވާނެ އެވެ. ޖިމްގައި މަސައްކަތްކުރާ މީހުންނާ މެދު ވެސް ހިތްހެޔޮކޮށް ކަންތައް ކުރާށެވެ. ބޭރުގައި އުޅޭ ބޫޓަށް އަރައިގެން ޖިމަށް ދިއުމުން މުޅި ތަން ހިރަފުސްވެ، ހަޑިވާނެ އެވެ. އެތަން ސާފުކުރަން އުނދަގޫ ވާނެ އެވެ.

ސޮނީ ސްޕޯޓްސް -- ފޮޓޯ: ހުސެން ވަހީދު/މިހާރު

ކަސްރަތުކުރަން އެންމެ ރަނގަޅު ހެދުން ހޯދާ ނަމަ ސޮނީ ސްޕޯޓްއަށް ޒިޔާރަތްކޮށްލާށެވެ. ޖިމަށް ބޭނުންވާ ހުރިހާ އެއްޗެއް އެތަނުން ފަސޭހަ އިން ލިބޭނެ އެވެ.