24 ގަޑި އިރު ހިންގުމަށް 14 ތަނަކަށް ހުއްދަ ދީފި

ފިހާރަތަކާއި ރެސްޓޯރަންޓްތައް 24 ގަޑިއިރު ހިންގުމުގެ ހުއްދަ އިނޮކޮމިކް މިނިސްޓްރީން ދޭން ފެށިތާ ދެ މަސް ވެފައިވާ އިރު މިހާތަނަށް 14 ތަނަކަށް ހުއްދަ ދީފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.


އިކޮނޮމިކް މިނިސްޓްރީން ބުނީ ހުއްދަ ދީފައިވަނީ 10 ރެސްޓޯރެންޓް/ކެފޭ އާއި ހަތަރު ފިހާރައަކަށް ކަމަށެވެ.

ހުއްދަ ދިން ފިހާރަތައް

- އެކްސްޕްރެސް މާޓު

- ނިއު ޗެއިން

- ޝޮޕް އެންޑް ސޭވް

- އޭއެންޖީ ޓްރޭޑާސް

ހުއްދަ ދިން ރެސްޓޯރެންޓްތައް

- ސީ ހައުސް

- ސެފްރޯން ކެފޭ

- ނައިސް އެންޑް ސްޕައިސް

- ވީވާ ކެފޭ

- ރީޓްރީޓު ޑިލައިޓް

- މާރުކޭޓު ހޮޓާ

- ޑޮލްފިން ވިއު ކެފޭ

- ނޯވެލް ބްރިސްޓޯ

- އެމްޓީ ކެންޓީން

- ސައުތު ވިންގް ކެފޭ

އިކޮނޮމިކް މިނިސްޓްރީން މިދިޔަ ޖެނުއަރީ މަހު ހުޅުވާލި ފުރުސަތުގެ ދަށުން 24 ގަޑި އިރު ވިޔަފާރިކުރުމުގެ ހުއްދަ ދޭން ފެށީ މާޗު މަހު އެވެ.

މި ހުއްދަ ދެނީ އަހަރަކު 2،000ރ. ގެ ފީއަކަށެވެ. އަދި ކޮންމެ ދެ އަހަރަކުން ހުއްދަ އާކުރަން ޖެހެ އެވެ. ހުއްދަ ދިނުމުގައި ބަލާ ޝަރުތުތަކާ ހިލާފުވާ ފުރަތަމަ ފަހަރު ހަ މަހަށް ހުއްދަ ހިފަހައްޓާނެ އެވެ. އަދި ތަކުރާރުކޮށް އެ ގަވާއިދާ ހިލާފުވާ ނަމަ، ހުއްދަ ބާތިލްކުރާނެ އެވެ.