އެންމެ ފަހުގެ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން، ގޭތެރެއަށް ބޭނުންވާ ސާމާނު އުފައްދާ އެލްޖީ ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އަދި ސާވިސް ޕްރޮވައިޑާ އަކަށް ރީފްސައިޑް ހަމަޖައްސައި، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ހޮޓެލް ޖެންގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ރީފްސައިޑުގެ މެނޭޖިން ޑިރެކްޓަރު ހަސަން ޒާހިރާއި އެލްޖީ ސިންގަޕޫރުގެ މެނޭޖިން ޑިރެކްޓަރު ޔުން ޝޫ ޕާކް އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަައި، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް އެންމެ ފަހުގެ ޓެކްނޮލޮޖީ އަށް ލޯބިކުރާ ބައެއް ކަމަށާއި އެލްޖީން މިފަދަ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ތަކެތި ރީފްސައިޑް މެދުވެރިކޮށް ލިބިގެން ދިއުމުން އިތުރު ފަސޭހަ ކަމެއް ހުރިހާ ދިވެހިންނަށް ވެސް ލިބޭނެ ކަމަށެވެ.

އެއްބަސްވުމުގެ ދަށުން، އެލްޖީގެ އެންމެ ފަހުގެ އުފެއްދުންތަކާއި މި އުފެއްދުންތަކަށް ބޭނުންވާ އާފްޓަ ސޭލްސް ސާވިސްގެ ހިދުމަތް ރީފްސައިޑް މެދުވެރިކޮށް ލިބޭނެ އެވެ.

އެލްޖީ ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އަދި ސާވިސް ޕްރޮވައިޑާ އަކަށް ރީފްސައިޑް ހަމަޖައްސައި އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

މި ރަސްމިއްޔާތުގައި ރީފްސައިޑުގް އެގްޒެކެޓިވް ޑިރެކްޓަރު އަނަސް ހަސަން ވިދާޅުވީ އެ ކުންފުނި އުފެއްދިތާ 40 އަހަރު ފާހަގަ ކުރަމުންދާ އިރު، އެލްޖީ ފަދަ އުފެއްދުންތެރި ކުންފުންޏަކާ އެކު އެއްބަސްވުމެއް އެކުލަވާލުން އެއީ އެ ކުންފުންޏަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ. އަދި މުދަލެއް ފޯރުކޮށްދޭ އިރު އެ މުދާ ސާވިސް ކުރުމުގެ ހިދުމަތް ދޭން މިފަދަ ހުރިހާ ވިޔަފާރިތަކުން ވެސް ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެލްޖީ ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އަދި ސާވިސް ޕްރޮވައިޑާ އަކަށް ރީފްސައިޑް ހަމަޖައްސައި އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެލްޖީ ސިންގަޕޫރުގެ މެނޭޖިން ޑިރެކްޓަރު ޔުން ޝޫ ޕާކް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

"ރީފްސައިޑުން ވިއްކާ ހުރިހާ މުދަލަކަށް ވެސް އާފްޓާ ސޭލް ސާވިސް ފޯރުކޮށްދޭނެ. އަޅުގަނޑުމެން ނުނަގާނަން އެ ހިދުމަތް ފޯރުކޮށް ނުދެވޭ އުފެއްދުމެއް. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ސާވިސް ކޮންޓްރެކްޓުތައް އާ ކުރާނަން،" އަނަސް ވިދާޅުވި އެވެ.

މި ރަސްމިިއްޔާތުގައި އެލްޖީ ސިންގަޕޫރުގެ މެނޭޖިން ޑިރެކްޓަރު ޕާކް ވިދާޅުވީ އެ ބްރޭންޑުގެ އުފެއްދުންތައް ރާއްޖޭގެ ރައްޔިތުންނަށް، ދިވެހިންގެ އެންމެ އިތުބާރު ލިބިފައިވާ ކުންފުންޏެއް މެދުވެރިކޮށް ފޯރުކޮށްދެވުމަކީ ލިބޭ ފަހުރެެއް ކަމަށެވެ.

އެލްޖީ ކުންފުންޏަކީ 1958 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން އުފައްދާ ޓީވީ، ދޮންނަ މެޝިން، އޭސީ، ރެފްރިޖަރޭޓަރު، ފޯނު އަދި ހިފާގެންގުޅޭ ސާމާނަކީ މިހާރު ވެސް ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު އުފެއްދުންތަކެކެވެ.