އެސްބީ ސްޓޮކް ކްރިލިއަރެންސް ސޭލް އަލޯރާގައި

އެސްބީ ފަރުނީޗަރުގެ ސްޓޮކް ކްލިއަރެންސް ސޭލެއް އަލޯރާއިން ފަށައިފި އެވެ.


އަލޯރާ ޕޭން ހޯމް އިން ފެށި މި ހާއްސަ ސޭލް މި މަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. އެސްބީ ބްރޭންޑްގެ ތަކެތި ގަންނަ މީހުންނަށް 10 ޕަސެންޓާއި 25 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓް ލިބޭނެ އެވެ. އެސްބީ ބްރޭންޑްގެ ފަރުނީޗަރުތަކުގެ ތެރޭގައި ބެޑްރޫމް ސެޓާއި ސިޓިން ރޫމަށް ބޭނުންވާ ފަރުނީޗަރުގެ އިތުރުން ޑައިނިން ރޫމަށް ބޭނުންވާ ފަރުނީޗަރުތައް ވެސް ހިމެނެ އެވެ.

އަލޯރާ އިން 2000 ވަނަ އަހަރުން ފެށިގެން އެސްބީ ބްރޭންޑްގެ ފަރުނީޗަރު އަންނަނީ ވިއްކަމުންނެވެ. މިދިޔަ މުއްދަތުގައި ތަލެންޑްގެ މި ބްރޭންޑަށް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

މީގެ އިތުރުން އަލޯރާއިން ވަނީ މި އަހަރު މުޅިން ހާއްސަ ދެ ބްރޭންޑެއްގެ ފަރުނީޗަރު ވެސް މާކެޓަށް ނެރެފަ އެވެ. ތުރުކީގެ އަލްމީލާ އާއި ނެވި ބްރޭންޑްގެ ފަރުނީޗަރުތައް އާންމުކޮށްފައިވާ އިރު އަލްމީލާގެ ދަށުން ކުޑަކުދިންނަށް ހާއްސަ، ތަފާތު ގިނަ ބާވަތްތަކުގެ ފަރުނީޗަރު ލިބެން ހުރެ އެވެ.