"ހިނިތުންވުމާއެކު" ކެމްޕޭން ފެށުމުގެ ގޮތުން އެރުވި ފުއްޕާހަން-- ފޮޓޯ: އެމްޓީސީސީ
ދުނިިޔޭގެ ކަސްޓަމާ ސާވިސް ހަފްތާއާ ގުޅުވައިގެން އެމްޓީސީސީން "ހިނިތުންވުމާއެކު"ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.
މި ކެމްޕޭން ފައްޓަވައިދެއްވީ މިއަދު ބޭއްވި ހަފްލާއެއްގައި އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހެވެ. އެމްޓީސީސީއަކީ އަބަދުވެސް ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި މުހިންމު ސަމާލުކަމެއް ދޭ ކުންފުންޏެއް ކަމަށާއި ކެމްޕޭނުގެ ސަބަބުން މިކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޝާހު ވިދާޅުވި އެވެ.
އެމްޓީސީސީގެ ސީއީއޯ "ހިނިތުންވުމާއެކު" ކެމްޕޭން ފައްޓަވައިދެއްވަނީ-- ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީން ބުނީ މި ކެމްޕޭނަކީ ކުންފުނީގެ ސްޓާފުންގެ މެދުގައި ކަސްޓަމާ ސާވިސްގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި ކުންފުނިން ޚިދުމަތް ލިބިގަންނަ ކަސްޓަމަރުންގެ ތަޖުރިބާ މިހާރަށް ވުރެ ރަނގަޅު ކުރުމަށް ކުރިއަށްގެންދާ ކެމްޕޭނެއް ކަމަށެވެ. މި ކެމްޕެއިގެ ސަބަބުން ކުންފުންޏާއި ކަސްޓަމަރުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ ކަސްޓަމަރުން ކުންފުންޏަށް ކުރާ އިތުބާރު އިތުރުވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކެމްޕޭންގެ ތެރެއިން އެމްޓީސީސީގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތަފާތު ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ައަހުމަދު، ވިލިމާލެ
07 October 2019
ހިނިތުންވުމާއިއެކު ޥިލިމާލޭ / މާލޭ (ދާންނާގިމަތަ) ފާޚާނާތައް ރަނގަޅުކޮއްބަލަ. ތަނުގެ ސާފު ތާހިރުކަން 0%. ސުކޫލް ކުދިންވެސް ބޭނުންކުރަންޖެހޭ މި ތަންތަން ނުބެލެހެއްޓޭ. ފެރީ ތަކުގައި ފާޚާނާނުހުރޭ، ކުރަފިތައް ހިނތުންވެ ތިބޭ މަންޒަރުފެންނަނީ. އެއްފެރީއެއްގައި އެބަހުރި މުއްދަތުހަމަވެފައި ހުރި ޕެސްޓުކޮންޓްރޯލް ސަޓިފިކެޓު. ހިނިތުންވުމާއިއެކު ވަރައް ސަލާމް.
ބަބުރުލް ސަލީމް
07 October 2019
އައިޖީއެމްއެޗުގާ އުޅޭ ކުދިންނަށް ތިކެންޕޭނު ޖައްސުވާބަލަ.