ސީގިއާ އިން ބޮޑު ޗުއްޓީ އަށް ބޮޑު ޑިސްކައުންޓެއް

ސްކޫލު ބަންދާ ދިމާކޮށް ސީގިއާ އިން 50 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަންއެއް ފަށައިފި އެވެ.


"ސްކޫލް ހޮލިޑޭ ސީޒަން 2019" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަން، އަންނަ ޑިސެމްބަރު 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މި ޕްރޮމޯޝަންގައި ސީގިއާ އިން ވިއްކާ ގިނަ އުފެއްދުންތަކަކުން 50 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓް ލިބޭނެ އެވެ.

އޭގެ ތެރޭގައި އެކުއާ ސްފިއާ އާއި އެމް.ޕީ އާއި ހަވައިއާނާސް އާއި ފީލްފްރީ ފަދަ ގިނަ ބްރޭންޑްތަކުގެ އުފެއްދުން ހިމެނެ އެވެ.

ސީގިއާ ފިހާރަ- ބޮޑު ޗުއްޓީއާ ދިމާކޮށް ބޮޑު ޑިސްކައުންޓަކާ އެކު އެފިހާރައިން ތަކެތި ލިބޭނެ-- ފޮޓޯ: ސީގިއާ

މި ޕްރޮމޯޝަންގެ މައިގަނޑު މަގްސަދަކީ ސްކޫލު ބަންދު ދުވަސްވަރަކީ ގިނަ މީހުން އެކި ހިސާބުތަކަށް ދަތުރުކުރުމާއި މޫދަށް ގޮސް މަޖާކޮށް އުޅޭ ދުވަސްވަރަކަށް ވުމުން، މި ކަންކަމަށް ބޭނުން ވާ ރަނގަޅު އުފެއްދުންތަކެއް ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ފޯރުކޮށްދިނުން ކަމަށް އެ ފިހާރައިން ބުންޏެވެ.

ސީގިއާ އިން އާންމުކޮށް މިކަހަލަ ހުރިހާ ބަންދަކާ ދިމާކޮށް ބޮޑެތި ޑިސްކައުންޓްތަކާ އެކު ޕްރޮމޯޝަން ހިންގަ އެވެ. ސީގިއާ އަކީ މޫދަށް އެރޭ ސާމާނާއި ބީޗް ވެއާގެ އެންމެ ކޮލިޓީ ސާމާނު ވިއްކުމުގައި މަޝްހޫރު ފިހާރައެކެވެ.