ޓްރާންޝިޕްމަންޓު ބަނދަރު ހެދުމަށް ޔޫރަޕުގެ ކުންފުންޏަކާއެކު ކޮންސަލްޓެންސީ އެއްބަސްވުން ބަދަލު ކުރަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
19 ޑިސެމްބަރ 2019 - 15:55
ރާއްޖޭގެ އުތުރާއި ދެކުނުގައި ޓްރާންޝިޕްމަންޓް ބަނދަރު ހެދުމަށް ލަފާ ހޯދަން 13.2 މިލިއަން ރުފިޔާ އަށް ބޭރު ބަޔަކާ ހަވާލުކޮށްފި އެވެ.
ސަރުކާރުން މި ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް ކޮންސަލްޓަންޓެއް ހޯދަން އިއުލާން ކުރުމުން ބިޑު ކާމިޔާބު ކުރީ ނެދަލެންޑުގެ އެމްޓީބީއެސް އާއި ޑެންމާކުގެ ނީރާސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކުންނެވެ. އެ ކުންފުންޏާ އެކު ކޮންސަލްޓެންސީ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީން ވަނީ މިއަދު ސޮއި ކޮށްފަ އެވެ.
މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން އިހަވަންދިއްޕޮޅާއި ލާމު އަތޮޅުން ހުވަދޫ ކަނޑާ ކައިރިން ބަނދަރު ހެދުމަށް އެންމެ އެކަށީގެންވާ ސަރަހައްދެއް ހޯދުމަށް ފީޒިބިލިޓީ ބަލާނެ އެވެ. އަދި ފީޒިބިލިޓީ އަށް ބެލުމަށްފަހު ޕްރޮޖެކްޓު ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ދިރާސާތައް ވެސް އެ ކުންފުނިން ކުރަން ޖެހޭނެ އެވެ.
މީގެ އިތުރުން ބޯޓުފަހަރު މަރާމާތު ކުރުމަށާއި ބޯޓުފަހަރަށް ސަޕްލައި ކުރުމަށް އަމާޒުކޮށްގެން ހިތަދޫގައި ހަދާ ބައިނަލްއަގުވާމީ ބަނދަރުގެ ފީޒިބިލިޓީ ވެސް ނެދަލެންޑާއި ޑެންމާކުގެ މި ކުންފުނިން ހަދާނެ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިއާދު ހަމީދު ވިދާޅުވި ގޮތުގައި އަހަރެއްގެ މައްޗަށް ރާއްޖޭގެ އުތުރުން ދުނިޔޭގެ އެކި ހިސާބަށް 25 މިލިއަނަށް ވުރެ ގިނަ ކޮންޓެއިނަރު ޝިޕިން ލައިންތަކުން އުފުލާއިރު ދެކުނުން ފަސް މިލިއަނަށް ވުރެ ގިނަ ކޮންޓެއިނަރު އުފުލަ އެވެ. ޓްރާންޝިޕްމަންޓު ބަނދަރު ގާއިމް ކުރެވުމުން އިގްތިސާދަށް ލިބެން ޖެހޭ ފައިދާ ފުރިހަމައަށް ލިބިގެންދާނެ ކަމަށް އިއާދު ވިދާޅުވި އެވެ.
"ގުދުރަތީ ގޮތުން ރާއްޖެ މިއޮތީ ވަރަށް މުހިންމު ލޮކޭޝަނެއްގައި. އެހެންވީމަ އަޅުގަނޑުމެންގެ އަމާޒަކީ މި ލޮކޭޝަންގެ އެންމެ ފުރިހަމަ ބޭނުން ހިފައި މިކަމުގެ ފުރިހަމަ ފައިދާ ރާއްޖޭގެ އިގްތިސާދަށް ފޯރުކޮށްދިނުން." އިއާދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެލެކުސް
20 December 2019
ތިޔައީ ރޔ ކުރަން އުޅުނު ކަމެއް 2018ގެ މެނިފެސްޓޯގަވެސް އެބައިން އެހެން ނޫނަސް މޯދީޖީ ރުޅުއަރާނެ ތިކަމާ ތިފައިސާކޮޅުން ހެންވޭރު ޕާކުގަ 25 ކާނިގަސް އިންދާފަ އުނދޯއްޔެއް ހަރުކުރީމަ ހެންވޭރު ރައްޔިތުން އަތްޖަހާނެ
ނަޖުދާ
20 December 2019
ތަންކޮޅެއް ބޮޑަށް ސިކުނޑީގެ މައްސަލައެއް ހުރިކަމަށް އެބަހީވޭ މި ކޮމެންޓުކިޔާފައި! މަށަށް ހީވަނީ އަވަހަށް އާސަންދަ ލިބޭތޯ ބަލަންވީކަންނޭގެ، ބޮލަށް ބޭސްކުރަން! ބޮޑުވަރުދޯ މިއީ، ހަބަރަކަށް ކޮމެންޓުކުރާ އިރު، މޮޔަ ވާހަކަތަކެއް، ކީކޭދޯ ބުނާނީ! ވަޒީފާއެއްނެތި ތިހެން ބިކަވެ، ބާކީވެގެން ތިއްބާ، ސަރުކާރުން މިފަދަ ޕްރޮޖެކްޓުތަކުން ވަޒީފާ އުފެދޭނެކަންވެސް ހަމަ ނޭންގޭހާ ބޮލުގެ ތެތްކަން ނެތީތަ؟
ހައްގުބަސް
20 December 2019
މިކަމުގެ ހުރިހާ ހަރަދެ މިކުރަނީ އިންޑިޔާ. ދިވެހިން މޮޔަހެދިފަ.
Boli
20 December 2019
ޑެންމާކު ވަދެއްޖެނަމަ އިސްލާމް ދީނަށް ފުރައްސާރަ ކުރާނެ ކޮންމެ ނަމެއްގަ އަޔަސް. ކުރީގެ މޑޕ ސަރުކާރު އޮތްއިރުވެސް ރާއްޖޭގެ ބައެއް ހިލޭ ހިއްކަދީގެން މިޤައުމުން ބިމެއްގައި އެއްވެސް ޝަރުތަކާ ނުލައި ޑެންމާކު ޔަހޫދީން ވަޒަންވެރިވާން ރޭވިކަމަށް ވަރަށް މުޢުތަބަރުކޮށް ވާހަކަ ފެތުރުނު. އެކަން ވުޖޫދަށް ނައީ އެ ދަނޑިވަޅުގައި ﷲ ރަޙުމަތުން އެ ސަރުކާރު ވެއްޓުނީމަ ކަމަށްވަނީ. ދިވެހި ރައްޔިތުންނޭ. އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެ!
ވަތަން އިސްކުރަންޖެހޭ
20 December 2019
އިންޑިޔައަ ނުދޭތި ބޮޑެތި ސޯވޭތަ ހަދާފަ އިންޑިޔައިން ތިތަން ނެގީމަ ރައްޖެއަކަ ފައިދައެއް ނުވާނެ.
މަންޑޭލާ
20 December 2019
މިކަންތަ އިންޑިޔައައް ދީފީޔަ ރައްޖޭގެ އިގްތިސޯދު އިންޑިޔާ ކޮންޓުރޯލު ކުރާނެ. އިންޑިޔާގެ ސަށުވެފަ އޮންނާނީ. ދެރަ
ޝޮކްތެރަޕީ
20 December 2019
ރާއްޖެ ލައްވާ ބޮޑެތި ދިރާސަތަ ކޮއްފަ އިންޑިޔައިން ތިތަން ނަގާނީ. އެމީހުންގެ އަސްކަރީ ޕްލޭން ވަރުގަދަ ކުރުމައްޓަކާ. ރައިސް ޔާމިނަ މިކަން ނުވީ އިންޑިޔާގެ އުދަގުލާހެދި.
އަލީދު
20 December 2019
ތިއީ ރަނގަޅަށްވިއްޔާ ރާއްޖެއައި ޓޫރިސްޓަކަށް ވާނީ ...
އަހްމަދު
20 December 2019
ބޭރުން ހާފިޒުން ގެނައުމަކީ އިސްރާފެއް. ޢެކަމަކު ކޮންސަލްޓެންޓުން މިއޮށްގިނަ ޤައުމުގަ މިޖެހެނީ ބޭރުން ގެންނަށް... އަންނިނޫންގޮތެއް
ހެހެހެ
20 December 2019
ދެން ލަންކާ އާއި ވާދަ ނުކުރެވޭނެ. ލަންކާގެ ފާއިތުވީ 10 އަހަރު ތެރޭ ގެނައި ޕޯޓް ޑިވެލޮޕްމަންޓު ތަކާއެކު، ރާއްޖެއަށް އޮތް ޓްރާންޝިޕްމަންޓްގެ ފުރުސަތު މިހާރު ވަނީ ގެއްލިފައި. ރާއްޖެއިން މާބޮޑަށް ލަސްވީ.
ދީމާހު
19 December 2019
އިންޑިއާގެ އުނދަގުލާ ހެދި މިކަން ނުވެގެން އުޅެނީ. އިންޑިއާއަށް ވެގެން ވިއްޔާ ސަރަހައްދުގެ ގައުމެއް ހަމަނޭވާލާ އަމިއްލަ ފުދުންތެރިކަން ވިޔަކަ ނުދޭނެ. އަބަދުވެސް އެމީހުންނަށް ސަލާން ޖަހައިގެން އެމީހުންގެ ތައްޕާހުގައި އުޅެން ޖެހޭނީ. ލަންކާއަށް ހެދިގޮތުގެ ފިލާވަޅު ހޯދާ
ހަބީބު
20 December 2019
ތިޔަބުނީ ތެދެއް ކޮންމެ ސަތުކާރެއް އަޔަސް އުތުރުގެ މަސްކަނޑުތައް ދާޖަހާކަހާލުމުގެ ހުއްދަ އަޑިއަޑިން އޮންނަނީދީފަ ޓުވެރިޒަމްވެސް ވަޅުޖައްސާފަ ވަނީ މިވައްކަން ކުރަން ހއ ހދ ނިކަންބަލާ ނިކަމެތި ކޮއްފަ ވާވަރު
ރަންނަ
20 December 2019
އިންޑިއާއިން ނޫން ކޮންމެ ތަނަކުންވެސް އެހެން ހަދާނެކަން ފެންނަން މިއޮތީ އަމިއްލަ ގައުމުގަ. މުޅި ގައުމުގެ ހުރިހާކަމެއް މާލެއިން ކުރަންޖެހޭގޮތަށް އޮތީ ކޮންބަޔަކަށް ރަނގަޅަކަށް ތޯ. އިންޑިއާ އެއީ އެހެން ގައުމެއް. އެމީހުންނަށް ކީއް އަހަރުމެންނަށް ކޮންމެ ގޮތެއްވިޔަސް