މަސްވެރިން ފެލިވަރަށް މަސްކިރުވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
06 ޖެނުއަރީ 2020 - 11:34
އައްޑޫގައި، ގޭދޮށު މަސް ފެކްޓަރީ އެޅުމުގެ މަސައްކަތަށް ކޮންސަލްޓެންޓެއް ހޯދަން އައްޑޫ ސިޓީ ކައުންސިލުން އަނެއްކާ ވެސް އިއުލާން ކޮށްފި އެވެ.
އެ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެކަމަށް އަނެއްކާ ވެސް ފުރުސަތު ހުޅުވައިލީ، މިދިޔަ ޑިސެމްބަރު މަހު ކުރި އިއުލާނަށް އެއްވެސް ބަޔަކު ބީލަން ހުށަހަޅާފައި ނުވާތީ ކަށެވެ. އެހެންވެ، ކުރީގެ އިއުލާން ބާތިލްކޮށް އަލުން އެ މަސައްކަތަށް ފުރުސަތު ހުޅުވައިލީ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އައްޑޫގެ ތިން ރަށެއްގައި ގޭދޮށު މަސް ފެކްޓަރީ ގާއިމް ކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.
އެ މަސައްކަތުގެ ކޮންސަލްޓެންސީގެ ހިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސިޓީ ކައުންސިލުން ބީލަން ކަރުދާސް ދޫކުރާނެ ކަމަށް އިއުލާނުގައި ވެ އެވެ. އެއީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ. މި މުއްދަތުގެ ތެރޭގައި، ބީލަމާ ގުޅޭ އެއްވެސް ސުވާލެއް އޮތް ނަމަ އެ އިދާރާއަށް މެއިލް ކުރުމުން ޖަވާބު ލިބޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ގޭދޮށު މަސް ފެކްޓަރީ ގާއިމް ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައްޔިތުންގެ މަޖިލީހުން ވަނީ ލޯކަލް ކައުންސިލްތަކާއި އަމިއްލަ ފަރާތްތައް ގުޅިގެން ގޭދޮށު މަސް ފެކްޓަރީ ގާއިމް ކުރުމަށް މަގުފަހި ކުރަން ޖެހޭ ގޮތަށް މަސްވެރިކަމުގެ ބިލެއް ވެސް ފާސްކޮށްފަ އެވެ.
ގޭދޮށު މަސް ފެކްޓަރީގެ ބޭނުމަކީ މަސްވެރިން ބާނާ މަސްތައް ގަތުމުގެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމެވެ. މި ފެކްޓަރީތައް ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައި މި ވަނީ އައްޑޫގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްތޮންބެ
06 January 2020
ބަލަގަ މިހާރުވެސް ގޭދޮށުގަ މަސްފެކުޓަރީ ހުރެޔޭ ދެންކީއްކުރަން އިތުރައް އަޅާފެކްޓަރީއެއްތީ.
އޮނަރަބްލް އަހްމަދު
06 January 2020
މީއީވެސް ދައްކާލާ ދަޅައެކެވެ.
ސަރިއަތް
06 January 2020
އަވަހަށް ހޯދައިފަ އޭނަޔަށް މުސާރަދޭންފަށާ. އޭރަށް ހުންނާނީ ރާކަނިމަސް ކެވިފަ. ތިމީހާ އެންމެ އަވަހަށް ލިބޭނީ އިންޑިޔާއިން. އެކަމަކު ރާއްޖޭގަ ތިބޭނީ މަސްވެރިކަމުގެ އެންމެ ޤާބިލު މީހުން. ކޮން ކޮންސަލްޓެންޓެއް ހޯދަންތަ މިއުޅެނީ. ފިސަރީޒުގަ އެތިބަ މީހުން ވާނީކިއް. ދެން ތިއުޅެނީ މީހަކަށް މުސާރަދޭކަށްނު. މަސްފެކްޓަރީ ހަދަން ބޮޑު ފުޅިމަދު ފޮއްޓެއް ހަދާފަ އެއަށް މަސްއަޅަންވީނު. މަށަށް އެފައިސާ ޖަމާކޮށްލަދީ
މަސްދަނޑި
06 January 2020
ތިގޮތަށް ޔާމީނު ޢާއިލީ ޑަކްތަރު ހުންނާނެ ވާހަކަ ބުނި 5 އަހަރުނިމިގެން ވެރިކަމުން ބޭލިއިރުވެސް އެބުނާ ޢާއިލީޑަކަޓަރެއް ނުފެނުނު މަސްފެކްޓަރީ މިހާރުވެސް ބައެއް ހިސާބުތަކުގައި ޖެހިގެން ކައިރިކައިރީގަވެސް އަޅާފައި އެބަހުރި އަނެއްބައި ތަންތަނަށް ހީވެސް ނުވޭ
އޮނަރަބްލް އަފީފު ދީދީ
06 January 2020
މިހިރަކަންކަމަކީ "މަޖަލަކަށް" ހަދައި ރައްޔިތުން މާޔޫސްކުރުވުމަކީ ވަރަށްދެރަވަރުކަމެއް. # ގޭދޮށު މަސް ފެކްޓަރީއާއި އަތިރިމަތީ އާގުބޯޓް ބަނދަރާއި އުދުހޭބޯޓް ތަޅުންގަނޑު ފަދަ މީހުން ހެއްވާލާފަދަ ނަންނަން ކިއުމެކޭ "ޖާބިރުގެ ކޭބަލް ކާރު ސްޓޯރީއެކޭ" ހުރީ ކޮންތަފާތެއް؟! # އައްޑޫގައި ކަމެއްކޮށްދޭނަމަ ފުރަތަމަ ގޭންއެއަރޕޯޓް ޓާމިނަލް ބިލްޑިންގް އަޅާ 80 ހާސް ގެލަން ޖެޓްފިއުލް ރައްކާކުރެވޭނެ ސްޓިރޭޖްގާއިމްކޮށް ގަން އޮޕަރޭޝަނަށް ހުޅުވާލަދެއްވާ.