އެންޒީ މަސްދަޅެއް ގަނެގެން 100،000ރ. ލިބޭ ޕްރޮމޯޝަނެއް

އެންސިސް ފިޝަރީޒުން އުފައްދާ އެންޒީ މަސްދަޅެއް ގަނެގެން 100،000ރ. ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.


ދުވުންތެރިއާ ހަސަން ސާއިދު ފަށައިދިން މި ޕްރޮމޯޝަން ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އެންޒީގެ މަސްދަޅުގެ ލޭބަލް ތިރީގައިވާ ސީރިއަލް ނަންބަރު 5040 އަށް އެސްއެމްއެސް ކޮށްގެންނެވެ. އެންމެ މަސްދަޅެއް ގަނެގެން ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަންގައި ކޮންމެ މަހަކު ތިން ނަސީބުވެރިޔަކު ހޮވާނެ އެވެ. މި ނަސީބުވެރިންގެ ތެރެއިން އެއްވަނައަށް ދާ މީހަކަށް 10،000ރ. ، ދެ ވަނަ އަށް ދާމީހަކަށް 5،000ރ. އަދި ތިންވަނަ އަށް ދާ މީހަކަށް 1،000ރ. ލިބޭނެ އެވެ. މީގެ އިތުރުން ދެ މަސްދަޅެއްގެ "އައިކޮން" ދިމާވެއްޖެ ނަމަ އިތުރު ދެ މަސްދަޅު ހިލޭ ލިބޭނެ އެވެ.

ސާއިދު އެންޒީގެ އުފެއްދުންތައް ބަލާލަނީ-- ފޮޓޯ: އެންސިސް ފިޝަރީޒް

ކޮންމެ މަހަކު ހޮވާ ނަސީބުވެރިންގެ އިތުރުން މުޅި ޕްރޮމޯޝަނުން ވެސް ތިން ނަސީބުވެރިން ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. އޮގަސްޓް މަހުގެ ތެރޭ ނަގާ މި ގުރުއަތުން އެއް ވަނަ އަށް ދާ މީހަކަށް 100،000ރ. ގެ އިނާމެއް ލިބޭނެ އެވެ. އަދި ދެވަނައަށް 50،000ރ. އަދި ތިންވަނަ އަށް 30،000ރ. ލިބޭނެ އެވެ.

އެންސިސް އިން ބުނީ މި ޕްރޮމޯޝަނަކީ އެ ކުންފުނީގެ ފެކްޓްރީން އުފައްދާ މަސްދަޅުތަކުގެ ރަހަ ބަލާލުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ އެންމެނަށް ހުޅުވާލުން ކަމަށެވެ. ވީހާވެސް ގިނަ މީިހުން މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އެންޒީން އެދެ އެވެ.