މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށް އޭސް ހާޑްވެއާ އާއި ކަލަރ ބޭންކުގެ ފަރާތުން ދެ ދަތުރެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އޭސް ހާޑްވެއާއިން ނުވަތަ ކަލަރ ބޭންކުން 350ރ. އިން މަތީގެ ވިޔަފާރިކޮށްގެންނެވެ. އެ ޕްރޮމޯޝަނުގައި ބޮޑު ދެ އިނާމެއް ވަނީ ހުށަހަޅައިފަ އެވެ. އެއީ މޯލްޑިވިއަންއިން ދޭ ދެ މީހެއްގެ އިންޑިއާގެ ދަތުރުގެ ދެކޮޅު ޓިކެޓާއި ގިބްލަ ހައްޖު އެންޑް އުމްރާ ގްރޫޕުން ދޭ ދެ މީހެއްގެ އުމްރާ ދަތުރެވެ.
އޭސް ހާޑްވެއާ އާއި ކަލަރ ބޭންކު ގުޅިގެން ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގެ އިތުރުން ކަލަރ ބެންކުގައި ރޯދައަށް ހާއްސަކޮށް، އެކި ޕްރޮޑަކްޓުތަކުން ހަތް ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ. އަދި އެ އޮފާގެ ދަށުން ގަންނަ ކޮންމެ ކުލަ ދަޅަކަށް ހިލޭ ހާއްސަ ހަދިޔާއެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ރޯދަ މަހާ ގުޅިގެން ބަދިގޭގައި ހިފާ ގެންގުޅޭ ސާމާނު ގިނަ ބަޔަކު އާ ކުރާއިރު، އޭސް ހާޑްވެއާއިން ވަނީ ރަސެލް ހޮބްސްގެ އާ ކިޗަން ލައިންއަޕް ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި ބްލެންޑަރާއި ހޭންޑް މިކްސަރުގެ އިތުރުން ކަރަންޓު ސައިކުރާ ފަދަ އެކި ޕްރޮޑަކްޓުތައް ހިމެނެ އެވެ.
އޭސް ހާޑްވެއާއިން ވަނީ ރޯދަ މަހަށް ހާއްސަކޮށް ކޮންމެ ހަފްތާއަކު ރަސަލް ހޮބްސްގެ އެޕްލަޔަންސްއެއް ދޭ ގިވްއަވޭއެއް އޭސްގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ކުރިއަށް ގެންދަން ވެސް ނިންމައިފަ އެވެ. އެއީ ކަސްޓަމަރުންނަށް ރަސަލް ހޮބްސްގެ އެކި އެޕްލަޔަންސްތައް ތަޖުރިބާކުރަން ދޭ ފުރުސަތެއް ކަމަށް އޭސް ހާޑްވެއާއިން ބުންޏެވެ.
ރޯދައަށް ހާއްސަކޮށް އޭސް ހާޑްވެއާއިން ވަނީ ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންކުރާ ތަކެއްޗާއި ހޯމް އިމްޕްރޫވްމަންޓް ޕްރޮޑަކްޓުތަކާއި ގޭތެރެ އާއި ބަދިގޭގެ އެކި އެޕްލަޔަންސްތަކުގެ ސްޓޮކް އާކޮށްފަ އެވެ. އަދި ފާހާހާ އާއި ސާފުކުރުމަށް ބޭނުންކުރާ މަގުބޫލު ބްރޭންޑުތަކުގެ ޕްރޮޑަކްޓުތަކުގެ ސްޓޮކް ވެސް ވަނީ ގެނެސްފަ އެވެ. އޭސް ހާޑްވެއާއިން ި ވިއްކާ މަގުބޫލު ބްރޭންޑުތަކުގެ ތެރޭގައި ގިބްސަން އާއި ސްޓެލީ އާއި މާތާ ސްޓުވާޓް އާއި ފިލިޕްސްގެ އިތުރުން އިންޓާ ޑިޒައިނާއި ކޯ ހޯމް އާއި އެއާ ވިކް ފަދަ މަގުބޫލު ބްރޭންޑުތަކުގެ ހިމެނެ އެވެ.
އޭސް ހާޑްވެއާއަކީ ހޯމް އިމްޕްރޫވްމަންޓަށް ބޭނުންކުރާ ގިނަ އަދަދެއްގެ ޕްރޮޑަކްޓްތަކާއި ސާފުކުރުމަށް ބޭނުންކުރާ އެކި ސާމާނުގެ އިތުރުން ބަދިގެ އާއި ގޭތެރެއަށް ބޭނުންވާ އެކި ވައްތަރުގެ ޕްރޮޑަކްޓުތައް ވިއްކާ ތަނެކެވެ. އޭސް ހާޑްވެއާގެ ފިހާރަ މަޖީދީމަގުގަ އާއި ފިލިގަސްމަގުގައި ހުރެ އެވެ. އަދި ކަލަރ ބެންކުގެ ފިހާރަތައް މަޖީދީމަގާއި އޯކިޑްމަގުގެ އިތުރުން ހުޅުމާލޭ ނިރޮޅުމަގުގައި ހުރެ އެވެ.
ނޯޓް: މިއީ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.