ޕޭން ރިއަލް އެސްޓޭޓްގެ ހަތަރުވަނަ ރެޒިޑެންޝިއަލް ޕްރޮޖެކްޓް، "ކްލީވިއާ ރެސިޑެންސް" ގެ ނަމުގައި ތައާރާފު ކުރުމަށް ޕޭން ރިއަލް އެސްޓޭޓުން ނިންމައިފި އެވެ.

މާލޭގައި އިމާރާތްކުރާ އެ ތަނުގެ ބޭނުމަކީ ދިވެހިންނަށް އަގުހެޔޮ އަދި ޒަމާނީ ބޯހިޔާވެހިކަން ފޯރުކޮށްދިނުން ކަމަށް ޕޭން ރިއަލް އެސްޓޭޓުން ބުންޏެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ވިއްކާ ފްލެޓްތަކުގެ ތެރެއިން އެއް ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގަކީ 2.2 މިލިއަން ރުފިޔާ އެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓެއް ވިއްކަން ޕޭން ރިއަލް އެސްޓޭޓުން ނިންމާފައި ވަނީ 3.2 މިލިއަން ރުފިޔާ އަށެވެ. މި ދެ އޮފާގައި ވެސް 8 ޕަސެންޓުގެ ޖީއެސްޓީ ހިމެނެ އެވެ.

ޕޭން ރިއަލް އެސްޓޭޓުން ފާހަގަކުރި ގޮތުގައި، ކްލީވިއާ ރެޒިޑެންސްގެ އެޕާޓްމެންޓްތަކުގައި ވާނީ އެންމެ ޒަމާނީ އާލާތްތައް ހަރުކޮށް އަދި ފަހުގެ ޓެކްނޮލޮޖީއަށް ވަރަށް ބޮޑަށް އިސްކަނދީފަ އެވެ. އޭގެ ތެރޭގައި ބަދިގޭގެ ކެބިނެޓާއި ސިންކާއި އުނދުނާއި ކުކިން ހުޑާއި ލެޑް ލައިޓިން ޓެކްނޮލޮޖީ ފާހަގަކުރި އެވެ.

ކްލީވިއާ ރެސިޑެންސްގައި ޖިމަކާއި އެ އެޕާޓްމަންޓުތަކުގައި ދިރިއުޅޭ އެންމެންނަށް ބޭނުންކުރެވޭނެ ޓެރަސްއެއް ވެސް ހުންނާނެ އެވެ.

ޕޭން ރިއަލް އެސްޓޭޓް އުފެއްދީ 2009 ގަ އެވެ. އެ ދުވަސްވަރުގެ ބޭނުމަކީ މުދާތައް ލިސްޓް ކުރުމާއި އާންމު އޮންލައިން ޕްލެޓްފޯމްއެއްގެ ގޮތުގައި ހިންގުމެވެ.

މިދިޔަ 17 އަހަރުގެ ތެރޭގައި، އެ ކުންފުނިން ވަނީ ޒަމާނީ ވަސީލަތްތަކާއި އަގުހެޔޮ ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކޮށްފަ އެވެ.

ނަމަވެސް، އެ ކުންފުނީގެ އާ ޕްރޮޖެކްޓް "ކްލީވިއާ ރެސިޑެންސް" އިމާރާތް ކުރަނީ އަންޑާޕޫލް ވިލާ އާއި ފޫސް ރެސިޑެންސް އާއި ވަރަށް ފަހުން ވިއްކާފައިވާ ކުޑަދުމާރި ވިލާއާ އެއް ފެންވަރަށެވެ.

ޕޭން ރިއަލް އެސްޓޭޓްގެ ޕްރައިމަރީ ބޭންކިން ޕާޓްނަރު، ބީއެމްއެލް މެދުވެރިކޮށް، އެޕާޓްމަންޓުތައް ގަތުމުގެ ފަސޭހަ އިންތިޒާމުތައް ފަހިކޮށްދޭން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ. އެގޮތުން، ގަންނަން ބޭނުންވާ އެޕާޓްމަންޓް ބެލުމާ ހިސާބުން ފެށިގެން ލޯނަށް އެޕްލިކޭޝަންތަކާއެކު ގައިޑްލައިން ހަދައިދިނުމާ ހަމައަށް ވެސް ޕޭން ރިއަލް އެސްޓޭޓުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

އެ ބަޔަކު ބޭނުންވާ ފަރުނީޗަރުގެ ޕެކޭޖުތަކާއި އިންޓީރިއާ ޑިޒައިންގެ ހިދުމަތް ވެސް އެޕާޓްމަންޓު ގަންނަ މީހުން ބޭނުންވާ ފެންވަރެއްގައި ބެހެއްޓޭނެ ކަމަށް ޕޭން ރިއަލް އެސްޓޭޓުން ބުންޏެވެ.

އެ ކުންފުނީގެ އަމާޒަކީ، ބުރަ މަސައްކަތުގައި އުޅޭ ދިވެހިންނާއި އެ މީހުންގެ އާއިލާތަކަށް އެންމެ ޒަމާނީ ގެދޮރު ފަސޭހައިން ލިބޭނެ ގޮތް ފަހިކޮށްދިނުމެވެ. ޕޭން ރިއަލް އެސްޓޭޓުން ދެކެނީ "ކްލީވިއާ ރެސއިޑެންސް" އިން އެޕާޓްމަންޓުތައް ގަންނަ މީހުންނަކީ އެ ކުންފުނީގެ ގާތް ބައެއްގެ ގޮތުގަ އެވެ.