ބޭފެންސީ ރެޒިޑެންސްގެ ކޮންމެ އެޕާޓްމަންޓަކީ ވެސް އަމިއްލަވަންތަ އެކި ސިފަތައް ހިމެނޭ ތަނެކެވެ. އެތަން ފަރުމާ ކުރުމުގައި އިސްކަން ދީފައިވަނީ ކޮންމެ ފްލޯއެއްގައި ވެސް އެޕާޓްމަންޓުތައް ހެދުމަށް އެންމެ އެކަށީގެންވާ ސަރަހައްދުގައި އެޕާޓްމަންޓުތައް ހަދައި، ކޮންމެ އެޕާޓްމަންޓަކީ ވެސް ހިއުމަން ސެންޓާޑް ތަނަކަށް ހެދުމަށް ހިމަނަން ޖެހޭ ސިފަތައް ހިމެނުމަށެވެ. އެއީ ކޮންމެ އެޕާޓްމަންޓަކީ ވެސް، ގުދުރަތީ ވަސީލަތްތަކުގެ އެހީގައި، ހިތްފަސޭހަ ތަނަކަށް ހެދުމަށެވެ. 

ބޭފެންސީގެ އެޕާޓްމަންޓުތައް ޑިޒައިން ކުރުމުގައި ބަލާފައި ވަނީ ކޮންމެ ދުވަހެއްގެ ދިރިއުޅުން ވެސް ފަސޭހަކޮށްދޭނެ ކަންތައްތައް ހިމެނުމަށެވެ. އެއީ އެޕާޓްމަންޓުތަކަކީ ދެމެހެއްޓެނިވި ހިތްހަމަޖެހުން ފޯރުކޮށްދޭނެ ތަންތަނަށް ހެދުމަށެވެ. އެގޮތުން ދުވަހުގެ މަސައްކަތްތައް ފަސޭހައިން ކުރެވޭނެ ގޮތަށް، އެޕާޓްމަންޓުގެ ޖާގަ ފަރުމާކޮށްފައި ވަނީ ލިވިން ރޫމުން ޑައިނިން އޭރިއާ އަށް އަދި ބަދިގެ އަށް ފަސޭހައިން ދެވޭނެ ގޮތަށެވެ.

އެ ތަނުގައި ހުންނަ ކޮޓަރިތަކަކީ އެންމެ އެކަށީގެންވާ މިންވަރަށް ޕްރައިވެސީގެ އިތުރު ހިތްފަސޭހަ ތަނަކަށް ހެދުމުގެ ގޮތުން އެތަނުގެ ކޮޓަރިތައް ހުންނަނީ އެހެން ސަރަހައްދުތަކާ ވަކިންނެވެ. އަދި ކޮޓަރިތަކުގައި ފާހަނާތައް ބަހައްޓާފައިވަނީ ވެސް ތަނުގެ ޖާގަ އެންމެ ފުރިހަމައަށް ބޭނުން ކުރެވޭނެ ގޮތަށް ބެލުމަށްފަހު އެވެ. 

އެތަނުގެ ބަދިގެ އާއި ޑައިނިން ރޫމުގެ އިތުރުން ލިވިން އޭރިއާ ފަރުމާކޮށްފައި ވަނީ ތިން ސަރަހައްދު ވެސް ރަނގަޅަށް ބެލެންސްވާނެ ގޮތަށެވެ. އެއީ އާއިލާތަކަށް އެކުގައި ވަގުތު ހޭދަކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޖާގަތަކެކެވެ.

އެތަނުގެ އެޕާޓްމަންޓުތަކުގެ އެތޭރޭގެ އިތުރުން ބޭރުގެ ޖާގައަކީ ވެސް ތަނުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަވާނެ ގޮތްތައް ދެނެގަނެ، ފަރުމާކޮށްފައިވާ ލޭއައުޓެކެވެ. އެގޮތުން އަރާމުކޮށް ރެސްޓު ކުރުމަށް ހާއްސަ ސަރަހައްދުތަކާއި ހިދުމަތްތައް ހޯދާނެ ފެސިލިޓީތައް ގާއިމުކޮށްފައިވަނީ ހިދުމަތްތަކަށް ހޯދުމުގައި ދަތިނުވާނެ ގޮތަށް އަދި އެކި ހިދުމަތްތައް ހޯދުމުގައި ފުށުނާރާނެ ގޮތަށެވެ. 

ބޭފެންސީގެ އެޕާޓްމަންޓުތަކުގެ ކޮންމެ ޑީޓައިލްއަކީ ވެސް ވިސްނުންތެރިކަމާ އެކު ފަރުމާކޮށްފައިވާ ކަންކަމެކެވެ. އެތަނުގެ ކޮންމެ ޖާގައެއް ފަރުމާ ކުރުމުގައި ވެސް ތަނުގެ ހިތްފަސޭހަ ކަމާއި ދިރިއުޅުމުގެ ބޭނުންތަކަށް ފަސޭހަވާނެ ގޮތްތަކަށް ވަނީ އިސްކަން ދީފަ އެވެ. އަދި ކޮންމެ އެޕާޓްމަންޓަކީ ވެސް ތަނަވަސްކަން އިހުސާސްކުރެވޭނެ ގޮތަށް، ތަނަށް ގުދުރަތީ އަލިކަން ވެސް ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ އެޕާޓްމަންޓުތަކެކެވެ. އޭގެ އިތުރުން މިތަނުގެ އެޕާޓްމަންޓުތަކަކީ އެތަނުގެ ރެޒިޑެންޓުންނަށް ބޭނުންވާ ގޮތަކަށް ބަދަލުތައް ގެނެވޭނެ ފްލެކްސިބިލިޓީ ވެސް ހިމެނޭ ތަނެކެވެ.

އެގޮތުން އެތަނުގެ ކޮޓަރިތައް ފަރުމާކޮށްފައި ވަނީ ބޭނުން ވެއްޖެނަމަ ގެސްޓު ރޫމަކަށް ނުވަތަ ވޯކިން ސްޕޭސްއަކަށް ނުވަތަ އިތުރު ލިވިން އޭރިއާއެއް ހަދަން ބޭނުންވާ ނަމަ އެކަން ވެސް ކުރެވޭނެ ގޮތަށެވެ. 

އެއީ ހިއުމަން ސެންޓާޑް ލޭއައުޓެއްގައި ތަން ފަރުމާކޮށްފައިވުމުގެ ނަތީޖާއެވެ. އެތަން ފަރުމާކުރުމުގައި ތަނުގެ ކޮންމެ އަކަފޫޓެއް ބޭނުން ކުރުމުގެ ބަދަލުގައި ތަން ފަރުމާކޮށްފައިވަނީ ދިރިއުޅުން ހިތްފަސޭހަ ކުރެވޭނެ ގޮތަށް އަދި ބޭނުންވާނެ އެކި ހިދުމަތްތައް ވެސް ފަސޭހައިން ލިބޭނެ ގޮތަށް އިސްކަން ދީގެންނެވެ. އެތަނުގެ ކޮންމެ އެޕާާޓްމަންޓަކީ ވެސް އެ ވިސްނުމުގައި ފަރުމާކޮށްފައިވާ ތަނެކެވެ. 

ނޯޓު: މިއީ ބޭފެންސީގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.