މީހުން ދިރިއުޅޭނެ ފެންވަރު ރަނގަޅު ތަނެއް ބިނާ ކުރުމުގެ މަސައްކަތްތަކަކީ އެ ތަނެއްގެ ރެޒިޑެންޓުންނާއި ތަން ހަވާލުކުރުމުގެ މާ ކުރިން ފެށޭ މަސައްކަތްތަކެކެވެ. އެއީ ތަން ޑިޒައިންކުރުމުގެ މަސައްކަތްތަކުން ފެށިގެން އެންމެ ފުރަތަމަ އަމަލީ މަސައްކަތްތަކާއި އެ ތަނުގައި ދިރިއުޅޭ މީހުންނަށް އެންމެ ފުރިހަމަ ތަޖުރިބާތައް ހޯދޭނެ އަމާޒާ އެކު ފެށޭ ކަމެކެވެ.
ބޭފެންސީ ރެޒިޑެންސްގެ މަސައްކަތްތައް ފެށީ އެ ވިސްނުމުގަ އެވެ. އެ ކުންފުނިން ވަކި އުސޫލުތަކެއްގައި ހިފަހައްޓައި އެތަނުގެ މަސައްކަތްތައް ކުރަމުން އަންނަނީ އެތަނުގެ އެޕާޓްމަންޓްތަކަކަކީ ހިތްގައިމު, ލަގްޒަރީ ދިރިއުޅުމެއްގެ ފެށުމެއްގެ އިހުސާސްކޮށްދޭނެ ފަދަ ތަނަކަށް ހަދައިދިނުމަށެވެ.
ބޭފެންސީގެ ސުޕަސްޓްރަކްޗާގެ މަސައްކަތްތައް މިހާރު ނިމިފައި ވާއިރު މިތަނުގެ އެންމެ ފުރަތަމަ މަސައްކަތްތަކުން ފެށިގެން މިހާރު ކުރިއަށްދާ ވަކިވަކި ފްލޯތައް ނިންމުމުގެ މަސައްކަތްތަކާ ހަމައަށް ވެސް ގެންގުޅެމުން އަންނަނީ އެއް ހަމަތަކެކެވެ. އެއީ ވަގުތަށް މަސައްކަތްތައް ނިންމުމެވެ. އިމާރާތުގެ ސްޓްރަކްޗަރަލް މަސައްކަތްތަށް ޝެޑިއުލް ކުރި ދުވަހަށް ނިންމައި އެ ކުންފުނިން ހޯދި ކާމިޔާބީ އަކީ މި އަމާޒަށް ވާސިލްވާން ކުރަމުން އަންނަ މަސައްކަތްތަކުގެ ހެއްކެކެވެ.
އިމާރާތުގެ ސްޓްރަކްޗާގެ މަސައްކަތްތައް ނިންމައި އިމާރާތުގެ ތެރޭގައި އާއްމު ދިރިއުޅުމާއި ގުޅުން ހުރި އެކި މަސައްކަތްތަކަށް އަންނަނީ ފޯކަސް ކުރަމުންނެވެ. އެގޮތުން އެންމެ ފުރިހަމައަށް އިންޓީރިއާ މަސައްކަތްތަކާއި ފިނިޝިންގެ އެކި މަސައްކަތްތަކާއި ސިސްޓަމްތައް އިންޓަގްރޭޓް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. މިހާރު އެ ތަނުގައި ކުރިއަށްދާ މަސައްކަތްތަކަކީ ވެސް އެހެން މަސައްކަތްތަކެކޭ އެއްގޮތަށް ކަނޑައެޅިފައިވާ ވަގުތަށް ނިންމަން އެ ސްޕީޑުގައި ކުރަމުން އަންނަ މަސައްކަތްތަކެކެވެ. އަދި މި ޕްރޮޖެކްޓުގެ ކޮންމެ ފޭސްއެއްގެ މަސައްކަތްތައް އެއް ފޭސް އަނެއް ފޭސްއާ ގުޅިފައިވުމުން ހުރިހާ މަސައްކަތްތަކެއް ވެސް ކުރިއަށް ދަނީ ވަރަށް ރޭވުންތެރިކަމާ އެކު އެވެ.
މި އިމާރާތުގެ ހުރިހާ މަސައްކަތްތަކެއް ނިންމައި އެޕާޓްމަންޓް ގަންނަ ފަރާތްތަކާއި ތަން ހަވާލުކުރާނީ ޓެސްޓިން އާއި ކޮމިޝަނިންގެ މަސައްކަތްތައް ނިންމައި ހަދަން ޖެހޭ ހުރިހާ އިންސްޕެކްޝަންތަކާއި ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް ނިންމުމަށް ފަހު އެވެ. މި ތަން ހަވާލު ކުރާއިރު އެޕާޓްމަންޓުތައް ހުންނާނީ ވަގުތުން ދިރިއުޅެން ފެށޭ މިންވަރަށް ތައްޔާރުވެފަ އެވެ.
މި އިމާރާތުގެ މަސައްކަތްތައް ކުރިއަށްދާ މިންވަރު ހާމަކޮށްދިނުމުގެ ގޮތުން ބޭފެންސީން ވަނީ މަސައްކަތްތަކުގެ ތާވަލު ހިމެނޭ މަގުޗާޓެއް ހިއްސާކޮށްފަ އެވެ. މިއީ މަސައްކަތްތައް ވަގުތަށް ނިންމައި މަސައްކަތެއް ލަސްވެއްޖެ ނަމަ އެ ކުންފުނި ޖަވާބުދާރީ ކުރުވުމަށް ފުރުސަތު ދިނުމުގެ ގޮތުން ހާމަކުރި ޗާޓެކެވެ. އަދި މިއީ ކޮލެޓީ ދަމަހައްޓައި ވަގުތަށް މި މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވާ ގޮތުގެ މައުލޫމާތު ފެންނަން އޮތް ޗާޓެކެވެ.
ބޭފެންސީ ރެޒިޑެންސްގެ މަސައްކަތަކީ މި އަހަރުގެ ޑިސެމްބަރު މަހަށް ނިންމަން ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ. މިއަހަރުގެ ނިޔަލަށް މި ތަން ނިންމަން ހަދާފައިވާ ޕްލޭނަކީ ކުއްލިއަކަށް އަވަސް އަރުވާލައިގެން އަވަހަށް ނިންމުމުގެ ބަދަލުގައި ފެންވަރު ރަނގަޅު މަސައްކަތްތަކެއްކޮށް ކޮލެޓީ ދަމަހައްޓަން އަޅަން ޖެހޭ ފިޔަވަޅުތަކާ އެކު މަސައްކަތްތައް ރަނގަޅަށް ބަލަހައްޓާ ނިންމަން ހަދާފައިވާ ޝެޑިއުލްއެކެވެ.
ބޭފެންސީން އާއްމުކުރި މަގުޗާޓުން، އެތަނުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް ވެސް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދާނެ އެވެ. މި މަގުޗާޓުން ބޭފެންސީ ޓީމުން ވަގުތަށް ކަމޭހިތާމިންވަރު ހާމަވެގެންދެ އެވެ. އަދި މިއީ ރަނގަޅަށް ޕްލޭންކުރެވިގެން ކުރިއަށްދާ މަސައްކަތެއްކަން ފެނެ އެވެ.
ބޭފެންސީ ރެޒިޑެންސްއާ ގުޅޭ އިތުރު މައުލޫމާތު އެކުންފުނީގެ ވެބްސައިޓް އާއި [email protected] އަދި 9499918 އާއި 4001188 އިން ލިބޭނެ އެވެ.
ނޯޓު: މިއީ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.