މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ހެދި ދުނިޔޭގެ ސަޕްލައި ޗެއިންއަށް ކުރަމުންދާ އަސަރުތަކާ ހެދި ތަކެތި ގެނައުމުގައި ގޮންޖެހުންތައް ކުރިމަތިވެ, ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް އޭގެ ދަތިތައް ވަނީ ކުރިމަތިވާން ފަށައިފަ އެވެ.
އިމާރާތްކުރުމަށް ބޭނުންވާ ތަކެތީގެ ތެރެއިން ހާއްސަކޮށް ސިމެންތި ލިބުން ދަތިވެ, ކޮންސްޓްރަކްޝަން ދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދަން ވަނީ ދަތިވެފަ އެވެ. އަދި ސިމެންތި ލިބުމުގައި ހުރި ގޮންޖެހުންތަކާއެކު ސިމެންތީގެ އަގުތައް ވެސް ވަނީ ބޮޑުވެފަ އެވެ. އަދި އޭގެ ސަބަބުން ޕްރޮޖެކްޓްތައް މަޑުޖެހި, ކޮންޓްރެކްޓަރުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ވަނީ ގިނަ ވެފަ އެވެ.
ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ކޮލެޓީ އުފެއްދުންތައް ވިއްކާ ސޮނީ ހާޑްވެއާއިން, ސިމެންތީގެ ދަތިކަމަށް ވަނީ ހައްލެއް ހޯދައިދީފަ އެވެ. އެގޮތުން އެ ކުންފުނިން ވަނީ ރާއްޖޭގެ މާކެޓަށް "ސޮނީ ސިމެންތި" ތައާރަފްކޮށްފަ އެވެ.
ކޮލެޓީ މޮޅު, އެ ސިމެންތި އަކީ އިތުބާރު ހިފޭނެ ސިމެންތި އެކެވެ. އެއީ 42.5 ނިއުޓަން ސްޓްރެންތު ކުލާހުގެ ވަރުގަދަ ސިމެންތި އެކެވެ. އަދި އެ ސިމެންތި އަކީ ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފް ކުރި "ލޯ ކާބަން" ސިމެންތި އެވެ.
އެ ސިމެންތި އަކީ ޑަބަލް ލޭޔާޑް ބޭގުތަކުގައި ޕެކް ކޮށްފައިވާ ސިމެންތިއަކަށް ވުމުން ރަށްރަށަށް އެ ސިމެންތި ގެންދިއުމަށް ހޭދަވާ ދަތުރުތަކަށްފަހު ވެސް, ސިމެންތި ގަނޑުނުވެ ކޮލިޓީ ހިފެހެއްޓުމަށް އެހީވެދެ އެވެ.
"ސޮނީ ސިމެންތި" ޕެކް ކޮށްފައި ހުންނަނީ 50 ކިލޯގެ ބަސްތާތަކުގައި އެވެ. އަދި އެ ސިމެންތި ބަލްކުކޮށް އޯޑަރު ކުރާ ފަރާތްތަކަށް ލޮޖިސްޓިކްސްގެ ފަސޭހައަށް ޖަމްބޯ ބޭގުގައި ޕެކްކޮށްދެ އެވެ.
"ސޮނީ ސިމެންތީ"ގެ 50 ކިލޯގެ ބަސްތާއެއްގެ ރިޓެއިލް އަގަކީ 160ރ. އެވެ. އަދި މި ހޯލްސޭލްކޮށް އަދި ބަލްކުކޮށް ގަންނަ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓެއް ލިބެ އެވެ.
ސޮނީ ހާޑްވެއާއިން ބުނީ އެ ކުންފުނިން އެ ސިމެންތީގެ ބޮޑު ސްޓޮކެއް ގެނެސްފައި ހުންނާނެ ކަމަށާއި އަބަދުވެސް އެ ސިމެންތި ލިބެން ހުންނާނެ ކަމަށެވެ.
"ސޮނީ ސިމެންތި" ސޮނީ ހާޑްވެއާގެ ހޮޓްލައިން ނަމްބަރު 3336699 އަށް ގުޅައިގެން ނުވަތަ ސޮނީގެ ކޮންމެ އޮންލައިން ޗެނަލްތައަކަށް މެސެޖުކޮށްގެން ފަސޭހަކަމާއެކު ލިބޭނެ އެވެ.
އެޑިޓަރުގެ ނޯޓް: އެއީ ސޮނީ ހާޑްވެއާގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.