12 ޖޫން 2020 - 14:31
ސޮނީގެ ޕްލޭސްޓޭޝަން 5 ދެކިލާ ހިތުން ކެތްމަދުވެފައި ތިބި މީހުންގެ އުންމީދުތަކާ އެއްވަރުގެ ފުރިހަމަ ކޮންސޯލެއް ދައްކާލައި އެންމެން އާޝޯހުކޮށްލައިފި އެވެ.
ކުޅޭ މީހުން ޝައުގުވެރިވާނެ އެތައް ކަމެއް ހިމެނޭ މި ގޭމްގެ ދައްކައިލި ނަމަވެސް އަދިވެސް ވިއްކަން ބާޒާރަށް ނެރޭނެ އިރަކާއި އަގެއް ވެސް އިއުލާނެއް ނުކުރެ އެވެ. ސޮނީން ކުރިން ވެސް ބުނެފައީ ޕީއެސް 5 އަށް އަތަށް އަރާވަރު ވާނީ މި އަހަރުގެ ފަހުކޮޅު ކަމަށެވެ.
އެހެންވެ އަދިވެސް ޕީއެސް 5 ކޮންސޯލަށް ފަރިބަލައިގެން ތިބުން ނޫން ގޮތެއް ނެތެވެ. މި ކޮންސޯލްގެ ދެ ވާޝަނެއް ވަނީ ދައްކާލައިފަ އެވެ. އެއީ ބުލޫރޭ ޑްރައިވްއަކާ އެކު ނެރޭ ސްޓޭންޑާޑް ވާޝަނަކާއި ޑިޖިޓަލްކޮށް، ގޭމެ ތެރެ އަށް ނުވަތަ ސްޓްރީމްކުރެވޭ ގޮތަށް ޕްލޭސްޓޭޝަން 5 ކުޅެވޭ ވާޝަނެކެވެ.
...and here it is. Thanks for watching! #PS5 pic.twitter.com/pOzHc31X3G
— PlayStation (@PlayStation) June 11, 2020
ހުދާއި ކަޅާއި ނޫ ކުލައިން ޗާލުކަން ގެނެސްދޭ ކޮންސޯލްގައި މުޅިން އާ ޑުއަލް ސެންސް ކޮންޓްރޯލާއި މި ޑުއަލް ސެންސްގެ ޗާޖިން ސްޓޭޝަނާއި އެޗްޑީ ކެމެރާ އާއި ޕަލްސް 3ޑީގެ ވަޔަލެސް ހެޑްސެޓް އަދި މީޑިއާ ރިމޯޓެއް ވެސް ހިމެނެ އެވެ.
Just revealed – the future of gaming on #PS5: https://t.co/RcqrXBC4Fs pic.twitter.com/IeCOAL54Ih
— PlayStation (@PlayStation) June 11, 2020
ސޮނީން ބުނި ގޮތުގައި ޕީއެސް 5 ވެގެންދާނީ މިހާތަނަށް ނެރޭ އެންމެ ޗާލު ކޮންސޯލަށެވެ. ބަލައިލަން ރީތިވުމުގެ އިތުރަށް މީގައި އެކުލެވޭ ފީޗާތަކުގެ ފުރިހަމަކާއި ޖާދޫ ތަޖުރިބާކޮށްލެވޭނީ ކުޅެން ލިބޭ އިރަކުންނެވެ.
ޕީއެސް 5 ކޮންސޯލް ދައްކައިލުމާ އެކު ވަނީ މީގައި ހިމެނޭ ބައެއް ގޭމްތައް ވެސް ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕައިޑަ-މޭން އާއި ރެޒިޑެންޓް އީވިލްގެ ސީކްއެލްތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy