ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ނޫސްވެރިންނާ މިއަދު ވާހަކަދައްކަވަނީ. ފޮޓޯ:ސްޓެލްކޯ
03 ޖުލައި 2020 - 08:30
ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި އޮތް އިރު ކަރަންޓު ބިލް ދެއްކި މީހުންގެ އަދަދު މަދުކަމަށާއި މިދިޔަ ހަތަރު މަހުގެ ބިލު އެކި މަސްތަކަށް ބަހާލައިގެންދެއްކޭނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ލޮކްޑައުންގެ ތެރޭގައި ބިލު ދެއްކީ ގާތްގަނޑަކަށް 30 ޕަސެންޓު ކަސްޓަމަރުން ކަމަށެވެ. މިއީ ކޮވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރުކުރުމާ ގުޅިގެން އައި ބަދަލެއް ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މުޣުނީ ވިދާޅުވީ މިދިޔަ ހަތަރު މަހު ބިލް ދައްކަން ދަތިވެފައިވާ މީހުންނަށް، ބަހާލައިގެން އިންސްޓޯލްމަންޓަށް ބިލުތައް ދެއްކުމުގެ ފުރުސަތު އާދީއްތަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ކަސްޓަމަރުން ވެސް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި އެކަމަށް އެދި ހުށަހަޅަން ޖެހޭ ފޯމު ފުރިހަމަ ކުރުމަށް ފަހު އެ ކުންފުންޏާ ހަވާލު ކުރަން އޭނާ އެދިވަޑައިގަތެވެ.
"މާޗު، އޭޕްރިލް، މެއި، ޖޫން މި ހަތަރު މަހުގެ ބިލުގެ ތެރެއިން ބިލެއް ނުދެއްކިވާ ނަމަ ނޫނީ، ބިލު ދައްކަން ދަތިވާ ފަރާތްތަކަށް އަޅުގަނޑުމެންގެ ކުންފުންޏަށް ފޯމެއް ފުރާފައި ލީމާ އެކަން ހަމަޖެހޭނެ،" މުޣުނީ ވިދާޅުވިއެވެ.
އިންސްޓޯލްމަންޓަށް ބިލް ދައްކަން އެދޭ ކަސްޓަމަރުންނަށް ބިލު ދެއްކުމުގެ މުއްދަތު ކަނޑައަޅާނީ އެމީހެއްގެ ހާލަތު ބެލުމަށް ފަހު ކަމަށް ވެސް މުޣުނީ ވިދާޅުވި އެވެ.
ގޭބިސީތަކުގެ އިތުރުން ވިޔަފާރިތަކުގެ ކަރަންޓު ބިލް ވެސް މިގޮތަށް ބަހާލައިގެން ދެއްކޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޓް ބްރޯ
03 July 2020
އަމިއްލައަށް އަވިން ކަރަންޓް އުފެއްދުމުގެ ގާބިލްކަން ހުރި ފަރާތްތަކަށް ވިޔަފާރި އުސޫލުން އެކަންކުރަން ހުއްދަދެނިކޮށް ރައްޔިތުންނަށް ވަރަށް ލުއިވެފަ ކަރަންޓަށް ކުރަންޖެހޭ ހޭދަވެސް ވަރަށްބޮޑުތަނުން ކުޑަވާނެ. އެކަމަކު ސަރުކާރުން އާންމުންނަށް އެފުރުސަތު ދޭނެހެނެއް ހިޔެއްނުވޭ! އެއީ އަސާސީ ޚިދުމަތަކުން ސަރުކާރަށްލިބޭ ފައިދާ އިންތިހާއަށް ބޮޑުވީމަ.
ައަފުރާސިޔާބު
03 July 2020
ބައްލަވާ 4 މަހުގެ އަޅުގަނޑުގެ ކަރަންޓްބިލު ދައްކައިފިން އެއްފަހަރާ. އެއީ ތިބޭފުޅުން ކިތަންމެ ބޮޑު އަގެއް ބިލުގައި ހިމެނިޔަސް އެއަދަދު ދެއްކުން ނޫން އެހެންގޮތެއް ނޯންނާނެތީ. އެންމެ ފަހުގެ ބިލު އޭގެ ކުރީ ދެމަހުގެ ބިލަށްވުރެ 100 ޕަސެންޓް ބޮޑު. ބޭނުންކުރާ އެއްޗެއް އަދި ވަގުތެއްވެސް އިތުރުނުވެ މިހެންވީ.
އިރާކް
03 July 2020
ތިއޮށް ބަލާ ހާލަތެއް..ހާލަތުބަލަންޏާ ގޭގެއަށް އާދޭ..އެހެންނޫނީ ރައީސްއޮފީހުގައި އޮންނަ ހާލަތުބަލާ މީހުނާ ހަވާލުކުރޭ...ހާލަތު ބަލާ ނިމޭނީ 2އަހަރުފަހުން..
އެމްސް
03 July 2020
ސްޓެލްކޯ ވެރިންގެ މުސާރަތައް ޤައުމުގެ ޙާލަތާއި އެއްވަރަށް ކުޑަކޮށް ކަރަންރޭޓްވެސް އަތްފޯރާފަށަށް ގެންނަންވީ!
ބަލަ
03 July 2020
އަރާ ބިލް ބޮޑުވެގެންނޭ މި އުޅެނީ. ސާބަހޭ، މިކިޔާ އެެއްޗެއް ނޭނގެ ދޯ އަދިވެސް.