ވިޔަފާރި / އުރީދޫ

އުރީދޫގެ އަހަރީ ދުވަހާ ގުޅުވައިގެން ކަސްޓަމަރުންނަށް އިތުރު ޑޭޓާ

އުރީދޫ އޮފީސް

އުރީދޫގެ 15 ވަނަ އަހަރީ ދުވަހާ ގުޅިގެން ކަސްޓަމަރުންގެ އަގު ވަޒަންކޮށް، ހަދިޔާއެއްގެ ގޮތުން ހާއްސަ ޑޭޓާ އޮފާތަކެއް ތައާރަފްކޮށްފި އެވެ.

އުރީދޫން މިއަދު ބުނީ މި އޮފާތަކުގެ ދަށުން ޕްރިޕެއިޑް ކަސްޓަމަރުންނަށް 50 ޕަސެންޓާ ހަމައަށް ބޯނަސް ޑޭޓާ، މަންތްލީ ޑޭޓާ އެކްޓިވޭޓް ކުރާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 20 ޕަސެންޓުގެ އިތުރު ޑޭޓާ ލިބޭނެ ކަމަށެވެ. މި މަހުގެ ތެރޭގައި އެކްޓިވޭޓްކުރާ މައިފައި ޑިވައިސްތަކަށް ކުރާ ރީޗާޖްތަކަށް 15 ޕަސެންޓު ބޯނަސް ޑޭޓާ އަދި ސާކް ގައުމުތަކަށް ކުރާ އައިޑީޑީ ފޯން ކޯލްތަކުން 15 ޕަސެންޓު ޑިސްކައުންޓް ލިބޭނެ އެވެ.

ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަކަމާއެކު އުރީދޫ އެޕް މެދުވެރިކޮށް އަހަރީ ދުވަހުގެ އޮފާ އެކްޓިވޭޓް ކޮށްލެވޭއިރު، ކަސްޓްމަރުންނަށް މުޅި މި މަހަށް މިއޮފާތައް ލިބޭނެ އެވެ. މި ހާއްސަ ޑޭޓާ އޮފާތަކުގުގެ ތަފްސީލުތައް އުރީދޫ ވެބްސައިޓުން ވެސް ލިބޭނެ އެވެ.

15th Anniversary | Ooredoo

15th Anniversary | Ooredoo

Ooredoo

އުރީދޫ މޯލްޑިވްސްގެ ވެބްސައިޓް

އުރީދޫގެ މެނޭޖިން ޑިރެކްޓަރު ނަޖީބް ޚާން ވިދާޅުވީ، ދިވެހިންގެ ހިދުމަތުގައި އެ ކުންފުނިން މި ހޭދަކުރި 15 އަހަރުގެ ރާސްތާ ވަރަށް ކާމިޔާބު ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ދުނިޔޭގެ އައު އީޖާދީ އުފެއްދުންތައް ދިވެހިންނާ ގުޅުވައިލަދީ މުޖުތަމައުތައް ކުރިއެރުވުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ އަށް އުރީދޫގެ ޚިދުމަތް ތައާރަފުކުރީ އޮގަސްޓް 1، 2005 ގަ އެވެ. އޭރު ހިދުމަތް ދޭން ފެށީ ވަތަނިއްޔާގެ ނަމުގަ އެވެ.

6 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 0%
icon angry icon angry 92%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1828

01 August 2020

އުރީދޫ އެޕް މެދުވެރިކޮށް އުރީދީ ހޯމް ބްރޮޑް ބޭންޑްގައި ޕެކެޖެއް ނުނެގޭ. އެހެން ނޫނަސް މިހާރު އުރީދޫ އިން މުޅިންވެސް ކޮންމެ މުނާސަބަތަކާ ގުޅުވައިގެން ތައަރަފްކުރަނީ 'ޕެކެޖެއް'. އެދުވަސް / މަސް ނިމުނީމައި އެ ޕެކޭޖްވެސް ނިމިގެންދޭ.

The name is already taken The name is available. Register?

ސިމްޕަލް

01 August 2020

މިއަދު ދިރާގު އަލަށް ތައާރަފްކުރި ޕެކޭޖްތަކުން އުރީދޫގެ އަހަރީ ދުވަސް އަށް ހިޔަނި އެޅިއްޖެ.

The name is already taken The name is available. Register?

ޚާން3

01 August 2020

ހުރިހާ ކުދިން ހަނދާން ބަހައްޓައްޗޭ. ވަރަށް ކުޑަ އަކުރުން ލިޔެލާފަ އޮވެދާނެ 'އެޑިޝަނަލް ޑޭޓާ ވެލިޑް ފޯ ވަން ޑޭ'

The name is already taken The name is available. Register?

އޮޅުވާލިބޯކިބާ

01 August 2020

މީ ހަދިޔާއެއް ނޫން. އޫރީދޫން ކުރިން ހަދިޔާ ދީއުޅުނު. އެކަމަކު މިހާރަކަށް އައިސް މުޅިން ފެންނަނީ އީދެއްއަޔަސް, އަހަރީ ދުވަހެއް އަޔަސް ހަދިޔާގެ ނަމުގައި އެއްޗއް ވިއްކޭތޯ. ހަދިޔާކީ އޭގެ ޒާތުގައި ހިތުންރުހުމުން އެނެކާއަށްދޭއެއްޗެއް. އެއްޗެއް ގަތީމާއިތުރަށް އެތިކޮޅެއް ލިބޭގޮތައް ވިއްކުމަކީ ޕްރޮމޫޝަނެއް.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

01 August 2020

ކޮބާ މަމެންގެ ދިރާގް؟؟ އަހަރުމެންނަށް ވެސް ހަދިޔާއެއް ދޭންވާނެ.

The name is already taken The name is available. Register?

ޔާނު

01 August 2020

ރަދީފް އުޅެނީ ހަދިޔާއިންތަ؟ ދިރާގުގެ ޕެކެޖެސް ރިވޭމްޕް ކުރިކަން ނެންގެ ދޯ، އޮގަސްޓް 1 އިންފެށިގެން؟ https://www.dhiraagu.com.mv/Dhiraagu_Fibre_Broadband.aspx

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454