އުރީދޫ އިން ނޯޓް 20ގެ ފޯނުތައް ޕްރީއޯޑަރަށް ހުޅުވާލައިފި

ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ ނޯޓް 20 ސީރީޒްގެ "ގެލެކްސީ ނޯޓް 20" އާއި "ނޯޓް 20 އަލްޓްރާ 5ޖީ" ފޯނަށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު އުރީދޫ އިން މިއަދު ހުޅުވާލައިފި އެވެ.


މި ފޯނުތަކަށް ޕްރީއޯޑާ ކުރަން ޖެހޭނީ އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް "މޫލީ" މެދުވެރިކޮށްގެންނެވެ. މޫލީ މެދުވެރިކޮށް ކޮންމެ ރަށެއްގައި ހުރެގެން ވެސް އޯޑަރު ކުރެވޭނެ އެވެ. އަދި ފޯނު ލިބުމުން އެ މީހެއްގެ ރަށަށް ހިލޭ ގެންގޮސްދޭނެ އެވެ.

އުރީދޫ މެދުވެރިކޮށް މި ފޯނުތަކަށް ޕްރީ އޯޑަރުކުރާ ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް ވެސް އެ ކުންފުނިން ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ޕްރީބުކް ކުރާ އުރީދޫ ކަސްޓަމަރުންނަށް ކޮންމެ ސެމްސަންގް ގެލެކްސީ ނޯޓް20 ސީރީޒް ގެ ފޯނަކާއެކު ކޮންމެ މަހަކު 12ޖީބީ ބޯނަސް ޑޭޓާ 6 މަސް ދުވަހަށް ހިލޭ ލިބޭނެ އެވެ.

މީގެ އިތުރުން ޕްރީ އޯޑާ ކުރާ ކޮންމެ ސެމްސަންގް ގެލެކްސީ ނޯޓް20 އަލްޓްރާ އަކާ އެކު ގެލެކްސީ ބަޑްސް ލައިވްއެއް ހިލޭ ލިބޭނެ އެވެ. އަދި މި ސީރީޒްގެ ފޯނުތައް ޕްރީ އޯޑާ ކުރާ ކޮންމެ ކަސްޓަމަރަކަށް މިހާރު ގެންގުޅޭ ސިމް، އީސިމަކަށް އަޕްގްރޭޑްކުރުމުގެ ފުރުސަތުވެސް ހިލޭ ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ. ނޯޓް 20 ސީރީޒަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ "އީސިމް" ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ފޯނެކެވެ.

އެ ކުންފުނިން ގެލެކްސީ ނޯޓު 20 ގެ "މިސްޓިކް ބްރޮންޒް" ލިބެން ހުންނައިރު ނޯޓް 20 އަލްޓްރާގެ "މިސްޓިކް ބްލެކް" ލިބެން ހުންނާނެ އެވެ. އެގޮތުން، 250 ޖީބީގެ ގެލެކްސީ ނޯޓު 20 ލިބެން ހުންނާނީ 18،499ރ. އަށެވެ. އަދި 250 ޖީބީގެ ނޯޓް 20 އަލްޓްރާ ލިބެން ހުންނާނީ 23،399ރ. އަށެވެ.