ފިނޭންސް މިނިސްޓަރު އަމީރު "މިހާރު" އާ ވާހަކަ ދައްކަވަނީ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
21 އޮކްޓޯބަރ 2020 - 11:13
މިނިސްޓްރީތަކާއި ސަރުކާރުގެ އޮފީސްތަކުގެ ބިޑް ކޮމިޓީތަކުގެ މެމްބަރުކަމަށް، ސިޔާސީ ބޭފުޅުންނާއި އިންތިޚާބީ މަގާމުތަކުގައި ތިބޭ މީހުން އައްޔަން ނުކުރެވޭނެ ކަމަށް ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން މިއަދު ނިންމައިފި އެވެ.
މާލިއްޔަތު ގަވާއިދުގައި ބުނެފައިވާގޮތުގައި ބިޑް ކޮމިޓީތައް އުފައްދައި އެ ކޮމިޓީތަކަށް މެމްބަރުން އައްޔަން ކުރާނީ މިނިސްޓަރުންނެވެ. ނަމަވެސް މި ކޮމިޓީ އަށް ސިޔާސީ މުވައްޒަފުން އައްޔަން ނުކުރެވޭނެ ކަމަކަށް ގަވާއިދުގައި ބުނެފައެއް ނޯވެ އެވެ. އެހެންވެ، ގިނަ ބިޑް ކޮމިޓީތަކުގެ ޗެއާކަން ވެސް ކުރައްވަނީ ސިޔާސީ ބޭފުޅުންނެވެ.
މާލިއްޔަތުގެ ގަވާއިދުގެ 10.13 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ދައުލަތުގެ އެކި އޮފީސްތަކުގައި ގާއިމްކުރާ ބިޑް ކޮމިޓީތަކަށް ސިޔާސީ ގޮތުން އައްޔަނުކުރެވޭ ބޭފުޅުންނާއި އިންތިޚާބީ މަގާމުތަކުގައި ތިއްބަވާ ފަރާތްތައް އައްޔަނު ނުކުރެވޭނެ ކަމަށް ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުންވަނީ ނިންމާފަ
— Ministry of Finance (@MoFmv) October 21, 2020
ފިނޭންސް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް--
ބިޑް ކޮމިޓީތަކުގައި ސިޔާސީ ބޭފުޅުން ތިއްބެވުމުގެ ސަބަބުން މިނިސްޓްރީތަަކުގެ ވަޒީރުންގެ ނުފޫޒު ފޯރާ ކަމުގެ ތުހުމަތުތައް ކުރެ އެވެ. އެގޮތުން، ނުފޫޒު ފޯރުވުން ކުޑަކުރުމަށްޓަކައި މާލިއްޔަތު ގަވާއިދަށް ބަދަލު ގެންނާނެ ކަމަށް މީގެ ކުރިން ފިނޭންސް މިނިސްޓަރު އަދި ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ޗެއާޕާސަން އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ މަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އަމީރު ވިދާޅުވީ މި ބަދަލާއެކު ބިޑް ކޮމިޓީތަކަށް ސިޔާސީ ނުފޫޒު ފޯރުވުން ކުޑަކުރެވޭނެ ކަމަށެވެ. އަދި ބިޑް ކޮމިޓީތަކުން ސިޔާސީ ބޭފުޅުންނަށް ފުރުސަތު ނުދޭން ނިންމަވާއިރު، ކަމުގެ ފަންނީ ބޭފުޅުން ނެތުމުގެ މައްސަލަ ބައެއް ރަށްރަށުގައި ކުރިމަތި ވެދާނެތީ އެކަމާ މިހާރު ވެސް ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ވިސްނުން އެބަހުރި ރަށެއްގެ ރަށު ކައުންސިލްގެ ބިޑް ކޮމިޓީ ހަދާއިރު، އެ ރަށެއްގެ ސިވިލް ސާވިސްގެ ހުރިހާ އިދާރާއެއް އެއްކޮށްލައިގެން ވެސް ބިޑް ކޮމިޓީއެއް ހެދިދާނެއޭ. މިސާލަކަށް ސިއްހީ މަރުކަޒާއި ސްކޫލް ފަދަ ތަންތަނުގައި އުޅުއްވާ ބޭފުޅުން ހިމެނިދާނެ،" އަމީރު ކުރިން ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރުގެ އޮފީސްތަކުގެ މާލީ ކަންކަން ބެލެހެއްޓުމަށްޓަކައި، "ޗީފް އެކައުންޓްސް އެގްޒެކެޓިވް" ގެ ނަމުގައި ހާއްސަ މަގާމެއް ވެސް މިހާރު އުފައްދައިފަ އެވެ. މި މަގާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގައި އަމަލުކުރާނީ ސީއެސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާ އުސޫލުތަކާ އެއްގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާކޮށި ހުސޭނު
22 October 2020
ސިޔާސީނޫންމީހަކު ރާއްޖޭ ނުހުންނާނެ ގަމާރު
1234
21 October 2020
ފިނޭންސް މިނިސްޓަރު ފޭލިވެއްޖެ. ތީ ލޯނުނަގަން އިން ބުދެއް.
ގަމުކަރާ
21 October 2020
ސިޔާސީ މީހުން ބުނާގޮތަކަށް ނިންމަންޖެހޭނީ..... އެންމެ ފަހުން މަޅިއަށް ފެތޭނީ ނިކަމެތި ސިވިލަސާވަންޓް. ސިޔާސީ މީހާ ހުންނާނީ ސޭފްސައިޑްގަ
އަންކަލް
21 October 2020
ކުރިންވެސް ނުތިބޭ، އިންސާފުގެ ދަތުރު ފެށިފަހުން ބިޑް ކޮމިޓީގެ ސިޔާސީ މީހުން ތިބެނީ
ކޯޕަރޭޓް ވިޒް
21 October 2020
ތިގޮތަށް ކުންފުނިތަކުގެ ސީއީއޯ، މެނޭޖްމަންޓް އަދި ބޯޑަށް އެކްޓިވިސްޓުންނާ މިވެރިންގެ ހިމާޔަތުގަ ތިބި މީހުން ލުން ހުއްޓާލާނީ ކޮން އިރަކުންބާ؟
އަލް އުސްތާޒު
21 October 2020
ތިޔައީ ވަރަށް ރަނގަޅު ވިސްނުންފުޅެއް. ސިޔާސީ މަގާމުތަކަކީ ބޭނުމެއް ނެތް މަގާމުތަކެއް. އެމީހުންގެ ފުށުން ރައްޔިރުންނަށް ވާ އެއްވެސް ފައިދާއެއް ނޯވޭ. ސަރުކާރުގެ ބަޖެޓަށް ބަރުކުރަން ތިބޭ ބައެއް ތީ. ސިޔާސީ މީހުން މަދު ކޮއްފަ ޓެކްނިކަލް ސިވިލް ސާވެންޓުން ގިނަ ކުރަންވީ. އެމްޑީޕީ އަކީ މަޤާމުތަކަށް މީހުން އައްޔަން ކުރަން ނޭނގޭ އަމާ ބުނީތީ ފަރަށްދާ އުސޫލުން ވެރިކަމަށް އައިސް ވެރިކަން ކޮއްލާފަ ފައިބައިގެންދާ ބައެއް. ވެރިކަމަށް ކުފޫ ހަމަވާ ބައެއް ނޫން
ވިދުވަރުދޯނީގެ އަލިގަދަ ދުރުމިން
21 October 2020
ކުރިޔަކުވެސް ނުތިބޭ މިމީހުންނަށް ވެރިކަން ލިބުމުން ހޭލި މޭލިވެ ގަތީ އިހަކަށް މަށެއް ނުދަންނަމޭ ވިހަ ލަގޮނޑި ހިތި ނުބައި ކަމެއް ދިހަ ފެނުލާ އެ ކާ ކަމެއް
ކަލޯކަލޯ1
21 October 2020
މިވެސް ހަމަ އިތުރަށް ވައްކަން ކުރަން ކުރި ކަމެއް މައުމޫން ދައުރުއް ސުރެން ވައްންކުރަނީ ހަމަ އެއްބައެއް
އޭނާ
21 October 2020
ވަގުން ވަގުންނާ ދުރައް ދޯ ތިލީ؟
ކޮތަރުގެ އަސަރު
21 October 2020
ކުރާނެހާ ކަމެއް ކުރީމައި ދެން ކޮންވާހަކައެއް ދައްކާކަށް!