ސަފާޔާ ފިހާރަ--ފޮޓޯ:އަހުމަދު އަވްޝަން އިލިޔާސް/މިހާރު
31 ޑިސެމްބަރ 2020 - 15:36
އަހަރު ނިމުމާ ދިމާކޮށް ސަފަޔާ އިން "އިޔާ އިންޑް ސޭލް" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.
ލައިފް ސަޕޯޓްގެ ފިހާރައެއް ކަމަށްވާ ސަފަޔާއިން ވިޔަފާރިކުރާ ހުރިހާ އެންމެންނަށް މިޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.
މި މަހުގެ 28 ފެށިގެން ކުރިއަށްދާ މި ޕްރޮމޯޝަން އަންނަ މަހުގެ 15 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މި ޕްރޮމޯޝަންގައި ވިޔަފާރިކުރާ ކޮންމެ މީހަކަށް 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ.
ސަފަޔާ ފިހާރަ އަކީ ފެންވަރު ރަނގަޅު ގިނަ ބްރޭންޑްތަކެއްގެ ކޮސްމެޓިކްސް، މަދަކެއާ ބްރޭންޑް، ރީތިވުމަށް ބޭނުންވާ ސާމާނައި ޕާސަނަލް ކެއާގެ ގިނަ ތަކެތި ލިބެން ހުންނަ ފިހާރައެކެވެ. ސޯސަންމަގުގައި ހުންނަ ސަފަޔާ ފިހާރައިން ކުޑަކުދިދިންނަށް ހާއްސަ، ދުނިޔޭގެ ނަން މަޝްހޫރު ޕިޖަން ބްރޭންގެ ތަކެތި ވެސް ލިބެން ހުންނާނެ އެވެ.
ޑިސްކައުންޓްގެ އިތުރުން ސަފަޔާއިން ވިޔަފާރި ކުރުމުން އިތުރު ހަދިޔާތައް ވެސް މި ޕްރޮމޯޝަންގެ ދަށުން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޭކޮކާ
31 December 2020
އަދި އަވަސް
ހަކީމް
31 December 2020
އަދި މާއަވަސް ...