ސީއެމްޑީއޭގެ ސީއީއޯގެ މަގާމަށް އައްޔަން ކުރެއްވި މުހައްމަދު ހުސައިން މަނިކު-- ފޮޓޯ: ނިޝާން އަލީ/މިހާރު
ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ސީއީއޯގެ މަގާމު ހުސްކޮށް އޮންނަތާ އަހަރެއް ފަހުން އެ މަގާމަށް ޕެންޝަން އޮފީހުގެ ކުރީގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު އައްޔަން ކުރައްވައިފި އެވެ.
ޕެންޝަން އޮފީސް އުފެދުނީއްސުރެ އެތަނުގެ ސީއީއޯގެ މަގާމުގައި ހުންނެވުމަށް ފަހު މަނިކު ވަކިވެވަޑައިގަތީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައިވާ މަނިކު ސީއެމްޑީއޭގެ ސީއީއޯކަމަށް "ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނު"ގެ ދަށުން އައްޔަން ކުރެއްވީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މަނިކަކީ އެމެރިކާއަށް ކަނޑައަޅުއްވައިފައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ވެސް އަދާކުރެއްވި ބޭފުޅެކެވެ.
މީގެ އިތުރުން ކުރީގެ ޑިޕާޓްމެންޓް އޮފް ފިނޭންސް މިހާރުގެ ފިނޭންސް މިނިސްޓްރީގެ އިސް މަގާމުތަކެއް ވެސް އޭނާ ވަނީ ފުރުއްވަވާފަ އެވެ.
ސީއެމްޑީއޭގެ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވި ނާދިޔާ ހަސަން އިސްތިއުފާ ދެއްވީ 2019 ވަނަ އަހަރު އެވެ.
ރައީސް ވަނީ އެ އޮތޯރިޓީގެ ޗެއާޕާސްންގެ މަގާމަށް ވެސް ދާދި ފަހުން ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ. އެ މަގާމަށް އައްޔަން ކުރެއްވީ ކުރީގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާހިރާ އެވެ.
- އައިޝަތު ޒާހިރާ: ޗެއާޕާސަން
- ޗީފް އެގްޒެކެޓިވް އޮފިސަރު: މުހައްމަދު ހުސައިން މަނިކު
- އާއިޝަތު ނާދިޔާ: ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
- އަހުމަދު ސިރާޖް: ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު، ސެކްރެޓަރީ ޖެނެރަލް/ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަދި ފިނޭންސް މިނިސްޓްރީ
- މަރްޔަމް ވިސާމް: ރެޖިސްޓްރާ އޮފް ކޮމްޕެނީޒް
- ފާތިމަތު ޝަފްނީޒް: ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ މެމްބަރެއް
- ރިފާއަތު ޖަލީލް: ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރާ މެމްބަރެއް
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އައްޔުބޭ
14 January 2021
މިއީ ކަންބޮޑުވާން ޖެހޭ ބޮޑު މައްސަލައެއް، ރާއްޖޭގައި ގަވަރނަންސް ރަގަޅުކުރެވޭނެ އެއްވެސް މެކެނިޒަމް އެއް ކިހިނެތް ފެންނާނީ މިފަދަ މީހުން ސީއެމްޑީއޭ ހިންގުމަށާ އަދި ބޯޑަށް އައިސްގެން، ވަރަށް ދެރަ ރާއްޖޭގެ ޑައިރެކްޝަން މިދާގޮތާމެދު، އަޅުގަނޑުމެން އިބޫ ހޮވީ މި ކަހަލަ މީހުން ތަންތަނަށް ލުން ހުއްޓާލާ ތަޢުލީމީ ޤާބިލް ގަވަރނަންސް އެނގޭ މީހުން ލައްވާ ކަންތައްތައްކުރުވުމަށް.
ކަރުތާށި
14 January 2021
އެތައް ކުންފުންޏެއްގެ ބޯޑް މެމްބަރެއްގެ ގޮތުގައި އެކަކު. ހަމަ އެހެން މީހަކު ނެތީތަ؟
އޮނަރަބްލް އަފީފު ދީދީ
14 January 2021
ބީއެމްއެލް، ޕެންޝަން އޮފީސް އަދި އެމްއޭސީއެލް ފަދަ ދައުލަތުގެކުންފުނިތަކުގެ ބޮޑުމުސާރަލިބޭ މަޤާމްތަކަށް ބިދޭސިން ގެންނަވާހަކަ ރައްޔިތުން ސޯޝަލްމީޑިއާގަ ދެއްކީމަ އެފަދަ ކުންފުނިތަކުންނާއި ސަރުކާރުންބުނަނީ "ތައުލީމީ ފެންވަރަށްބަލާފައި އެފަދަދިވެއްސަކު މަޤާމަށްއެދި ހުށަހަޅާފައިނުވާތީ" އެކަން އެގޮތަށް ކުރާންޖެހުނީ ކަމަށް. # އެކަމަކު ސަރުކާރު ބޭނުންވެއްޖެނަމަ އެފަދަ މަޤާމްތަކަށް އޯލެވަލް ނުވަތަ ޤުރޭޑް 8 ފެންވަރުގެ މީހުންވެސް ދަނީ އައްޔަން ކުރަމުން.
ޢިބޫ
14 January 2021
މީ އަޅެ ދައުލަތަށް ބަލަދު އަރާފަ ތިބޭ މީހުންތަ؟
ރަށްއިތުމީހާ
14 January 2021
އިންތި މެން ފޯޑިއަމަށް އަރާކިޔާނެ އުމްރުދުވަހަށް މަގާމްތަކުގަ ތިބޭގޮތަށް ފަޑިޔާރުން އަމިންލައަށް ގަވާއިދު ހަދާގެން އުޅޭވާހަކަ. އިންތިމެން ގެ ސަރުކާރުން އުމްރު ދުވަހު އެއްބަޔަކު ބޮނޑެތި މަގާމްތައް ދީފަ ބޭތިންބުން މަންސަލަ އަކަށް ނުވޭ ދޯ?
މޯޑް
14 January 2021
އަބަދު އެއްބައެއްގެ ޖީބުތައް މިފުރަނި ބޮނޑެތި މަގާމްތައްދީފަ. ބޮނޑް މުސާރަ ދީފަ. މިދެން ކިހާ ދެރަކަމެއް. ކޮންމެ ވެރިކަމެއް އަޔަސް މިކަން ކަން ބަދަލެއް ނުވޭ.
އާރީ
14 January 2021
އަބަދު އެއްބަޔަކަށް ބޮނޑެތި މަގާމްތައް މިދެނީ. އެމްޑީފީން ކެންފޭނުތެރޭ ދަށްކާ ވާހަކައާއި ހާސް ތަފާތު ވެރިކަން ލިބުނީމަ އަމަލުކުރާގޮތް. ކިޔަވައިގެން ތިބި ޒުވާނުން މިގައުމްގަ ނެތީހޭ. ނޫނީ ތިމީހުން އުމްރުދުވަހު ބޮނޑެތި މަގާމް ތަކުގަ ބައިތިންބަށް އެއީ ލާޒިމް ކަމަކީތަ
KuchenMeister
14 January 2021
މިއޮތީވާ ގައުމެއް. މިކަހަލަ މީހުންނާ ހެދީ މުޅި ގައުމު ހަލާކު ވަނީ ، އެކަމަކުވެސް މިމީހުންނަ ކޮއްމެ ބަޔަކު ވެރިކަމަށް އައެސް މިޖެހެނީ ބޮޑެތި މަގާމުތައް ދޭން. މީނަ ވެދާނެކަން ނޭގޭ އާ ފޯމިއުލާ އުފައްދާ ގެލެކްސީ ސައިންޓިސްޓެއް ހެން ވެސް.
ޓިންން
14 January 2021
ދިވެހި ގައުމަށް ގިނަ ގުނަ ހިދުމަތްތައް ކޮށްދެއްވާފައިވާ ހަރު ބޭފުޅުން އެއްލާ ނުލާ އެބޭފުޅުންގެ ތަޖްރިބާ އެކިއެކި އިދާރާތަކަށް ލިބޭ ގޮތަށް ގައުމުގެ ކަންކަން އިންތިޒާމު ކުރުމަކީ ކޮށްމެހެން ކުރަންޖެހޭ ކަމެއް. އެމް.ބީ.އޭ ތަކާ ޑަކްޓަރ ކަމުގެ ފާސްތައް ނަގާފައިވާ ޒުވާނުން ވެސް ފުރަތަމަ ހިދުމަތުގެ މައިދާނަށް ނުކުންނަންޖެހޭނީ އެންމެ މަތީ ފަޑިޔަކަށް ނޫން. ތަޖްރިބާ އާއި އުމުރު އެއީ މުހިއްމު އެއްޗެއް ކަން ގަބޫލުކުރަންޖެހޭ.
އަހަނދޭ
14 January 2021
ތިނޫން ބަޔަކު މިޤައުމުގައި ނެތީތޯ؟
ކެޕަރޯލް
14 January 2021
ހެހެހެހެހެހ.... އެއްބަޔަކު މުޅިގައުމުގެ މަގާމުތަަަަަަަަަަަަަަަކުގަ މިއެބުރެނީ... މީތަންކޮޅެއްބޮޑުވަރު