މޯލްޑިވްސް ވޭވްގެ "ރަން ބޮލި" ސީރީސްގެ ގަޑި. މީގެ އަންހެނުންނަށް އަދި ފިރިހެނުންނަށް ހާއްސަ ގަޑިވެސް ހުރޭ
14 ޖެނުއަރީ 2021 - 15:29
މޯލްޑިވްސް ވޭވުން "ރަން ބޮލި" ސީރީށްގެ ނަމުގައި އާ ގަޑިއެއް ލޯންޗުކޮށްފި އެވެ.
ރާއްޖޭގެ ލަގްޒަރީ ގަޑި ބްރޭންޑް، މޯލްޑިވްސް ވޭވްގެ މި ސީރީސްގައި އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ގަޑި ވެސް ހިމެނެ އެވެ.
ހުދު ކުލައިގެ ޖެނުއިން ލެދާގެ ކަމަރުގައި ހަދާފައިވާ މިގަޑީގެ މޫނުމަތި ހަދާފައިވަނީ ރަން ކުލައިންނެވެ. މިގަޑީގެ އެންމެ ހާއްސަކަމަކީ ގަޑީގެ އަކުރުތައް އަރަބި ހިސާބުން ލިޔެފައި ހުރުމެވެ. މިއީ އާ މޯލްޑިވްސް ވޭވްގެ އަހަރީ ދުވަހާ ގުޅުވައިގެން ތައާރަފްކޮށްފައިވާ ލިމިޓެޑް އެޑިޝަނެކެވެ. މީގެ ހަދާފައިވަނީ އެންމެ 200 ގަޑި އެވެ.
މި ގަޑީގެ ކަމަރު ހަދާފައިވަނީ ފަސޭހައިން ބަދަލުކޮށްލެވޭ ގޮތަށެވެ. އެގޮތުން މޯލްޑިވްސް ވޭވުން ލިބެން ހުންނަ އެހެން ކަމަރުތައް ވެސް މި ގަޑީގައި ބޭނުން ކޮށްލެވޭނެ އެވެ.
މޯލްޑިވްސް ވޭވްގެ "ރަން ބޮލި" ސީރީސްގެ ގަޑި
ސަތޭކަ ޕަސެންޓް ދިވެހިން ޑިޒައިންކޮށްފައިވާ މި ގަޑި، ފެނުގެ 50 މީޓަރު އަޑީގައި ވެސް ބޭނުންކޮށްލެވޭނެ އެވެ. އެހެންކަމުން މިއީ މޫދަށް އެރޭ އިރު ވެސް އަޅައިގެން އުޅެވޭނެ ކަހަލަ ގަޑިއެކެވެ. މި ގަޑިއަށް ފަސް އަހަރުގެ ވޮރެންޓީ ލިބޭނެ ކަމަށް މޯލްޑިވްސް ވޭވުން ބުނެ އެވެ.
މީގެ އިތުރުން "ނައިޓް" އާއި "ރޭވާ" ސީރީސްގެ ގަޑިތަކަށް ވެސް ދެ އަހަރުގެ ވޮރެންޓީ ލިބެ އެވެ. އެ ބްރޭންޑްގެ "ލިޔެލާ" ކަލެކްޝަންގެ ގަޑިތަކަށް ތިން އަހަރުގެ ވޮރެންޓީ ލިބެ އެވެ. އަދި ގަންނަ ހުރިހާ ގަޑިތައް ވެސް ކަނޑައެޅިފައިވާ މުއްދަތައް ސާވިސް ކޮށްދެ އެވެ.
ގަޑިއެއް ސާވިސް ކުރަން ބޭނުން ނަމަ މޯލްޑިވްސް ވޭވްގެ ފޭސްބުކް ނުވަތަ އިންސްޓާގްރާމް މެދުވެރިކޮށް މެސެޖުކޮށްލުމުން އެކަން ހަމަޖައްސާދޭނެ ކަމަށް އެކުންފުނިން ބުނެ އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަޯަައޮޑިބެ
14 January 2021
ދިވެހިރާއްޖޭ ގެ ތާރީހުގައިވެސް އެންމެ އެންމެ ގަދަ ބްރޭންޑް!!!
ހެލޯ ބްރަދާރ
14 January 2021
ތިގަޑި ގަނެގެން އެބަދޭ ބޭރުމީހުންތައްވެސް...ރާއްޖޭގެ އަގުވައްޓާ ނުލާތި.
ޔެސް ބުރަދާރ
15 January 2021
ކޮން އަގެއް...
Ibrahim Hameed
14 January 2021
ފޭކް ގަޑިއެއް... މަކަރުވެރި އަގެއް
ޕަޕާޔާ
14 January 2021
ގަޑި ވިއްކަން އުޅެނީ ކޮން ކުދިންނެއްތޯ ބަލާބަލަ؟ އޭރުން އިނގޭނެ