ވިޔަފާރި / ޝާހިދު އަލީ، މެނޭޖިން ޑިރެކްޓަރު، އެމްޕީއެލް

4 ބިލިއަން ރުފިޔާގެ އާ ވިޔަފާރި ބަނދަރު: އެތައް ކަމެއްގެ ހައްލު!

އެމްޕީއެލްއިން ބުނާ ގޮތުން، އާ ވިޔަފާރި ބަނދަރުން އިތުރު 300 ވަޒީފާ އުފެދި، މަސައްކަތުގެ ސްޕީޑް ފަސް ގުނަ މައްޗަށް ދާނެ.

ގުޅީފަޅުގައި ހަދާ އެމްޕީއެލް ބަނދަރުގެ 3ޑީ ކުރެހުމެއް. މިސަރަހައްދުގެ ބޮޑު ބައެއް މިހާރު ވަނީ ހިއްކާ ނިމިފައި. މިއަހަރު ނިމުމުގެ ކުރިން ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށާނެ--ފޮޓޯ:އެމްޕީއެލް

މާލޭ ކޮމާޝަލް ބަނދަރުގެ ޖާގަ ފުރި، ކޮންޓެއިނަރުތައް ބަހައްޓާނެ ތަންކޮޅެއް ވެސް ނެތިގެން، މުދާ ކްލިއާ ނުކުރެވުމުގެ ޝަކުވާތައް ކުރާތާ ލައްކަ ގިނަ ދުވަސް ވެއްޖެ އެވެ. އެކަމަށް އޮތް ހަމައެކަނި ހައްލަކީ އާ ވިޔަފާރި ބަނދަރެއް ހެދުން ކަމަށް ެއެންމެން އަބަދު ވެސް ގަބޫލުކުރެ އެވެ.

އެ ހުވަފެންތަކަށް މިހާރު މި އޮތީ ނިމުން އައިސްފަ އެވެ. އާ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލު ކުރުމަށް ޓަކައި ވާން ޖެހޭ ތައްޔާރީ މިހާރު އަންނަނީ ވަމުންނެވެ. އާ ވިޔަފާރިވެރި ބަނދަރުގެ މަސައްކަތުގެ ޕްލޭނިން މަސައްކަތްތަކާއި ކުރެހުންތައް ނިމި މިހާރު އޮތީ ކޮންޓްރެކްޓެއް ހޯދުމެވެ. މިކަމުގެ ތަފްސީލުތައް، "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ ޝާހިދު އަލީ އިއްޔެ ވިދާޅުވެ ދެއްވި އެވެ.

އާ ބަނދަރުގެ ލޮކޭޝަން ފައިނަލްވުމާ އެކު އެމްޕީއެލް އިން އިސްވެ ޑެންމާކުގެ ކުންފުންޏަކާ ގުޅިގެން ކުރިއަށް ގެންދިޔައީ ބަނދަރުގެ ޑިޒައިން އެކުލަވައި ލުމުގެ މަސައްކަތެވެ. އެކަން ނިމި ބަނދަރުގެ މާސްޓާ ޕްލޭން އެއްކޮށް ވަނީ އެކުލަވައިލައިފަ އެވެ.

"ޕޯޓުގައި ސްޕެސިފިކް ކޮށް މަސައްކަތް ކުރާ ވަރަށް ގިނަ މުއައްސަސާތައް އެބަ ހިމެނޭ. އޭގެ ތެރޭގައި އެމްޕީއެލް އާއި ކަސްޓަމްސް އާއި ޕޮލިސް އަދި ޑިފެންސް ފޯސް ހިމެނޭ. ޕޯޓް ހެލްތްގެ އިތުރަށް މަޖޫރީން ނާއި ކޮންސައިނީން ވެސް ހިމެނޭ. މި ހުރިހާ މީހުންގެ ރިކުއާމެންޓްތަށް ހިމެނޭ ގޮތަށް ޕްލޭން ހަދާފައިވަނީ،" ޝާހިދު ވިދާޅުވި އެވެ.

ގުޅީފަޅުގައި ވިޔަފާރި ބަނދަރު އެޅުމަށް ހިއްކާފައި އޮތް ސަރަހައްދު. ބަނދަރު ތަރައްގީ ކުރަނީ ކުރިއަށް އޮތް 50 އަހަރަށް ވެސް ބޭނުން ކުރެވޭނެ ގޮތަށް-- ފޮޓޯ: އެމްޕީއެލް

އާ ވިޔަފާރި ބަނދަރުގައި ހަރަކާތްތެރިވާ އެކި މުއައްސަސާތަކުގެ މުވައްޒަފުންގެ އިދާރީ މަސައްކަތްތަކަށް ހާއްސަ އޮފީސްތައް ވެސް ހެދޭނެ އެވެ. ބަނދަރުގައި މުދާތައް ޗެކްކޮށް ބެލޭނެ އިންތިޒާމުތައް ވެސް އިތުރަށް ފުރިހަމަ ކުރާނެ އެވެ. އެގޮތުން ފުލް ކޮންޓެއިނާތައް އެކްސްރޭ ކުރެވޭނެ ނިޒާމެއް ވެސް ގާއިމް ކުރާނެ އެވެ.

ވިޔަފާރި ބަނދަރުގެ ޕްލޭނިން މަސައްކަތްތައް އެމްޕީއެލް އިން ކުރި ނަމަވެސް ފައިނޭންސިން އާއި ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް ކުރަނީ ޕްލޭނިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެންނެވެ. ޕޯޓު ތަރައްގީ ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ލޯނަކުންނެވެ. އެ ޕްރޮޖެކްޓަށް 300 މިލިއަަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ލަފާ ކުރެ އެވެ. މި ޕްރޮޖެކްޓާ އެކު ވިލިމާލެ އާއި މާލެ ގުޅާލުމަށް ހަދާ ބްރިޖުގެ މަސައްކަތް ވެސް އެއްކޮށްގެން ކުރިއަށްދާނެ އެވެ.

ގުޅީފަޅުގައި ހަދާ އެމްޕީއެލް ބަނދަރުގެ 3ޑީ ކުރެހުމެއް. ކޮންޓެއިނާ އުފުލުމަށް ހަ ކްރޭން އާ ބަނދަރުގައި ހުންނާނެ--ފޮޓޯ:އެމްޕީއެލް

މި އަހަރު ފަހުކޮޅު އަމަލީ މަސައްކަތް، 2023 އަށް ބަނދަރު ބޭނުން ކުރަން ފަށާނެ

ވިޔަފާރި ބަނދަރު ތަރައްގީ ކުރުމަށް ހަތަރު ކޮންޓްރެކްޓަރުން މިހާރު ވަނީ ޕްރީ ކޮލިފައިކޮށްފަ އެވެ.

"މި ޕްރޮޖެކްޓްގެ އެމްޕީއެލްގެ ދައުރަކީ ޕޯޓު އޮޕަރޭޝަންގައި ހުރިހާ ޓެކްނިކަލް އެސިސްޓެންސް، ޓެކްނިކަލް އިމްޕުޓު ދިނުން،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ކުރިއަށް އޮތް ދެ މަސް ދުވަހު ޓެންޑާ ޕްރޮސެސް ނިންމުމަށް ފަހު ކޮންޓްރެކްޓާ ފައިނަލް ކުރެވޭނެ ކަމަށެވެ. އަދި މި އަހަރު ފަހުކޮޅު އަމަލީ މަސައްކަތް ފެށުމަކީ ސަރުކާރުގެ އަމާޒެވެ. ޕޯޓުގެ ކީވޯލް އާއި ކޮންޓެއިނާ ޔާޑުގެ މަސައްކަތް ނިންމައި، 2023 ވަނަ އަހަރުގެ މެދު ތެރޭގައި ބޭނުން ކުރެވޭނެ ކަމަށް ޝާހިދު ވިދާޅުވިި އެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ "މިހާރު" އަށް ދެއްވި އިންޓަވިއުގެ ތެރެއިން. އާ ވިޔަފާރި ބަނދަރަށް ހަތަރު ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ--ފޮޓޯ: ނިޝާން އަލީ/ މިހާރު

އާ ބަނދަރާ އެކު ވިޔަފާރި ބަނދަރު އޮޕަރޭޓްކުރަމުން އަންނަ ގޮތްތަކަށް ބޮޑު ބަދަލެއް ފެންނާނެ އެވެ. މި ވަގުތު ވިޔަފާރި ބަނދަރަކީ ވަރަށް ކާރު ބާރު ބޮޑު، ދަތި ގޮތަކަށް މަސައްކަތް ކުރަން ޖެހިފައިވާ ހަނި މަގުތަކެއް ހިމެނޭ ސަރަހައްދެކެވެ. ޝާހިދު ވިދާޅުވީ، ކޮވިޑް-19 ކުރިން ކޮންޓެއިނާތައް އިތުރުވަމުން އައި ރޭޓުގައި މައްޗަށް ދިޔަ ނަމަ، މިދިޔަ ދެ އަހަރު ވެސް ބަނދަރުގައި މުދާ ކްލިއާ ކުރުމުގެ މަސައްކަތް ކުރަން އުނދަގޫވާނެ ކަމަށެވެ.

"އަންނަ ވޮލިއުމާ ބަލާ އިރު މިހާރު އޮތް ބަނދަރުގެ ޖާގަ ވަރަށް ދަތި. އެހެންވީމަ އަލަށް ހަދާ ބަނދަރަކީ ކުރިއަށް އޮތް 50 އަހަރަށް ވެސް ޖާގަ ލިބޭ ވަރަށް މިހާރު މާސްޓާ ޕްލޭން ހެދިފައި އެ އޮތީ،" އޭނާ ވިދާޅުވި އެވެ.

އާ ބަނދަރުގެ މަސައްކަތް ފަސް ގުނައަށް ހަލުއިވާނެ

މި ވަގުތު މާލޭ ކޮޝާމަލް ބަނދަރަށް ކައިރި ކުރެވެނީ އެންމެ ބޯޓަކަށެވެ. ބަނދަރަށް އާންމުކޮށް ހަތަރު ވަރަކަށް ބޯޓު އެއް ފަހަރާ އައިސް އޮންނަ އިރު ފަހަރު ބޯޓެއް ބަނދަރާ ކައިރިކޮށް މުދާ ހުސްކުރަން ޖެހުމުން ބޯޓުތަކުން މުދާތައް ހުސްކުރަން އެތައް ދުވަހެއް ނަގަ އެވެ. އާ ބަނދަރަށް އެންމެ ބޮޑެތި ކޮންޓެއިނާ ބޯޓުގެ ތިން ބޯޓަށް އެއް ފަހަރާ ކައިރި ކުރެވޭނެ އެވެ. މިއީ މުދާ ކްލިއާ ކުރުމުގެ އޮޕަރޭޝަން އަވަސް ކޮށްދޭނެ ކަމެކެވެ.

"ބޯޓުން އަންނަ މުދާ ހުސްކުރަން ފަސް ދުވަސް ހަތަރު ދުވަސް މިހާރު ނަގާ. އާ ބަނދަރާ އެކު ވަގުތު 24 ގަޑި އިރަށް ކުޑަވެގެންދާނެ،" ޝާހިދު ވިދާޅުވި އެވެ.

މިހާރު ބަނދަރު އޮންނަ ގޮތުން ކޮންޓެއިނާ ކެނޑުމާއި މުދާ ބޭލުމަށް ލޮރީ ވައްދަން ޖެހެނީ ވެސް މަގަތު ފާލަން ސަރަހައްދަށެވެ. މަގަތު ފާލަން ސަރަހައްދަކީ މުދާ ބޯޓުތައް ވެސް ބަނދަރާ ކައިރި ކުރާ ސަރަހައްދެވެ. އެހެންވެ ބަނދަރުގެ މުޅި އޮޕަރޭޝަން ހިންގަނީ ވަރަށް ދަތި އުނދަގޫ ގޮތަކަށެވެ. އާ ބަނދަރުން ކޮންޓެއިނާ ކެނޑުމަށް ވަކި ހާއްސަ ސަރަހައްދެން ހަމަޖައްސާފައި އޮންނާނެ އެވެ. އެހެންކަމުން ބަނދަރުގެ މަސައްކަތްތައް ވަރަށް ބޮޑަށް ތަރުތީބުވެގެންދާނެ އެވެ.

އާ ވިޔަފާރި ބަނދަރުގެ 3ޑީ ކުރެހުމެއް. މުދާ ކްލިއާ ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް އަވަސް ކޮށްލާނެ--ފޮޓޯ: އެމްޕީއެލް

"އަލަށް ހަދާ ބަނދަރުގައި ކޮންޓެއިނާ ފްރައިޓް ސްޓޭޝަނެއް އޮންނާނެ. އެހެންވެ ކޮންޓެއިނާ ބޭލުމަށް ފަހު ކަސްޓަމްސް ޕްރޮސެސް ނިމުމުން ކޮންޓެއިނާ ގެންދެވޭނެ އެތަނަށް. ގެންގޮސް މުދާ ވަގުތުން ހުސްކޮށްލެވޭނެ،" އޭނާ ވިދާޅުވި އެވެ.

ކޮންޓެއިނާތަކުގައި މުދާ ގެންނަ އިރު ތިން ހަތަރު ފަރާތަކަށް ނިސްބަތްވާ މުދަ ހުރެ އެވެ. ކޮންޓެއިނާ ކެނޑުމަށް ވަކި ސަރަހައްދެން ނެތުމުން އެކަކު މުދާ ގެންދިއުމުން ޖެހެނީ ކޮންޓެއިނާ ބަންދުކުރާށެވެ. ދެވަނަ ފަރާތުން މުދާ ބަލާ އައުމުން އަނެއްކާ ވެސް ޖެހޭނީ ކޮންޓެއިނާ ކަނޑާށެވެ. އާ ބަނދަރާ އެކު މިކަން އެއްކޮށް ހުއްޓޭނެ އެވެ.

އާ ބަނދަރާ އެކު މުދާ ކްލިއާ ކުރުމުގެ މަސައްކަތުގައި ބޭނުން ކުރާ ވެހިކަލްތައް ވެސް އާ ކުރެވޭނެ އެވެ. އެގޮތުން ކޮންޓެއިނާ އުފުލަން މިހާރު ބޭނުން ކުރާ ދެ ކްރޭންގެ ބަނދަލުގައި އިތުރު ހަ ކޮންޓެއިނާ އުފުލަ ކްރޭން ބަނދަރުގައި ބެހެއްޓޭނެ އެވެ. މިކަމުން ވެސް މުދާ ކްލިއާ ކުރުމުގެ ސްޕީޑު އަވަސްކޮށްދޭނެ އެވެ.

ލޯކަލް ބަނދަރުތަކަށް ބޮޑު ބަދަލެއް

ވިޔަފާރި ބަނދަރާ އެކު މާލޭގެ ވަށައިގެންވާ ސަރަހައްދުތަކަށް ވެސް ބޮޑު ބަދަލެއް އަންނާނެ އެވެ. މާލޭގެ ޓީޖެޓީ ސަރަހައްދާއި ނޯތު ޕޯޓު ސަރަހައްދުގެ ބަނދަރު ކުރާ މުދާ ބޯޓުތައް ވެސް އާ ޕޯޓަށް ބަދަލުވާނެ އެވެ. މިހެން ހެދުމުން ރަށްތަކާއި ރިސޯޓުތަކަށް ވެސް މުދާ ގެންދާނީ ސީދާ ބަނދަރު ސަރަހައްދުން މުދާ އަރުވައިގެންނެވެ.

މި ވަގުތު މުދާ އުފުލާ ބޯޓުތައް ޖެހެނީ ނޯތު ހާބަރުން ނުވަތަ ޓީ ޖެޓީ ސަރަހައްދުން މުދާ ބަރު ކުރާށެވެ. މި ދެ ބަނދަރުގެ ޖާގަ ކުޑަކަމުން މުދާ އުފުލާ ބޯޓުތަކަށް ޖާގަ ނުލިބިގެން ފަސް ދުވަސްވަރު ކިޔޫގައި މަޑުކުރަން ޖެހޭ ހާލަތްތައް ވެސް ކުރިމަތިވެ އެވެ. އާ ބަނދަރާ އެކު މިކަން ވެސް ހައްލުވާނެ އެވެ.

މާލޭ ވިޔަފާރިވެރިންގެ ބަނދަރު ސަރަހައްދު. ކޮންޓެއިނާ އުފުލުމުގައި މިވަގުތު ބޭނުން ކުރަނީ ދެ ކްރޭން. އާ ބަނދަރާ އެކު އިތުރު ހަ ކްރޭން ބޭނުން ކުރަން ފަށާނެ--ފޮޓޯ: ނިޝާން އަލީ/ މިހާރު

ގުޅީފަޅުގައި ހަދާ ވިޔަފާރި ބަނދަރުން 700 މީޓަރުގެ ބަނދަރު ސަރަހައްދެއް ހާއްސަކޮށްފައި ވަނީ ދިވެހި މުދާ ބޯޓުތަކަށެވެ. މި ސަރަހައްދުގައި ނޯތު ހާބަރަށް ވަންނަ ހުރިހާ ބޯޓަކާއި ޓީ ޖެޓީއަށް ވަންނަ ހުރިހާ ބޯޓަކަށް އެއް ފަހަރާ ކައިރިކުރެވޭނެ އެވެ. މުދާ އެރުވުމަށް ހާއްސަ ކްރޭން ފަދަ ތަކެތި ވެސް އެސަރަހައްދުގައި ހުންނާނެ އެވެ. އެހެން މުދާ ބާލާއި އެރުވުމަށް ވަރަށް ބޮޑަށް ފަސޭހަވާނެ އެވެ.

ޝާހިދު ވިދާޅުވީ، ގުޅީފަޅުގައި ވިޔަފާރިތަކަށް ހާއްސަ ވެއާހައުސްތައް ވެސް ހުންނާނެ ކަމަށެވެ. އެހެންވުމުން މާލޭގައި ހުރި ބޮޑެތި ގުންދަންތައް ވެސް ގުޅީފަޅަށް ބަދަލުވާނެ އެވެ. އެހެންވެ، އާ ވިޔަފާރި ބަނދަރުގައި މިހާރު އޮތް ވިޔަފާރި ބަނދަރުން ނުފެންނަ އެތަށް ކޮމާޝަލް މަސައްކަތްތަކެއް ފެނިގެންދާނެ އެވެ.

އާ ބަނދަރުން ހަމައެކަނި މުދާ ކްލިއާ ކުރުމުގެ މަސައްކަތް އަވަސްވަނީއެއް ނޫނެވެ. ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އަވަސް ވުމަށް ވެސް ފުރުސަތު ފަހިވެ އެވެ. އަދި ބަނދަރު ހުޅުވުމުން މިހާރު އެމްޕީއެލްގެ ބަނދަރުގައި މަސައްކަތް ކުރާ މީހުންގެ އިތުރަށް 300 އިތުރު ވަޒީފާ އުފެދޭނެ އެވެ.

39 ކޮމެންޓް, 50 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 0%
icon angry icon angry 28%
icon wow icon wow 0%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޫހި

11 June 2021

މިއީ އަޅުވެތި ކަމުގެ ފެށުން.

The name is already taken The name is available. Register?

ބަރޯ

11 June 2021

ކަލޯ ސަލާމަތެއް ނެތެންނު ކަލޭމެންނަކަށް

The name is already taken The name is available. Register?

ޑީއެމް މުލޭ

11 June 2021

ގުޅީފަޅު ރަނގަޅީ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް. ބޯހިޔާވަހިކަމުގެ މައްސަލަޔަށް ހައްލުލިބޭނެ! ބަނދަރު ހެދުމަށް ފެންނަނީ އުތުރު ތިލަފަޅުގައި ރަނގަޅުކަމަށް

The name is already taken The name is available. Register?

009

11 June 2021

ޙަމަ އަސަރެއް ކުރާނީ

The name is already taken The name is available. Register?

009

11 June 2021

ނޯ އެނީ އޮޕްސަން

The name is already taken The name is available. Register?

ށހހގސހސޖ

11 June 2021

ތިތާ ރަގަޅު ފަޔާރ އެންޑް ސޭފްޓީ ސިސްޓަމްސް ތަކަކައި އމިލަ ފަޔަރ ފައިޓަސް ތިބެނެ ކަމަށް ހީކުރަން.. ތިތަން ރޯވާ ފަރު. ޜާއްޖޭގެ ހުރިހާ ވިޔަފަރި ގުދަން ތަކާއި މުދާ ތައް އަދާ އަޅިއަށް ނުވާނެ ގޮތެއް އޮންނަވަނެ

The name is already taken The name is available. Register?

އަލް އުސްތާޒު

10 June 2021

800 މިލިއަން ޑޮލަރުގެ ލޯނެއް ނަގާ އިންޑިއާއަށް ރާއްޖެ ދަރަނިވުމުގެ ކުރިން ސަރުކާރުން ވިސްނާލަބަލަ. ސަލްމާން މިސްކިތް އެހެރީ އަޅާ ނިމިފަ. ހުޅުވުން؟ އެއާ ޕޯޓް ތަރައްގީ މަސައްކަތުގެ ބޮޑު ބައި އޮތީ ނިމިފަ. މިހާރު އެކަން ވީ ހިސާބެއް ނޭނގޭ. 7000 ފުލެޓް އަޅާ ނިމިފަހުރި ތަނެއް އަދިވެސް ރައްޔިތުންނަށް ނުދެވޭ. އައްޑޫގައި މީހަކު އެޅި ކޮންވެންޝަން ސެންޓަރ އެއް ހޮސްޕިޓަލަކަށް ހަދާ ތަރައްގީކުރަން ފައްޓާ ހުޅުވި، (ކުޅުދުއްފުށީ ހޮސްޕިޓާ...) ތަރައްގީ ކޮބާ؟

The name is already taken The name is available. Register?

އަރުތަ

10 June 2021

އެކަމަކު މުއިއްޒު ބުނީ ގުޅީފަޅުގަ ބަނދަރު ހަދައިގެން ނުވާނެ ކަމަށް، އެތާ ބަނދަރު ނުހެދޭނެކަމަށް، ދެން މުއިއްޒު މިހެން ބުނެބުނެ އޮއްވާ ކަލޭމެން ކިތަންމެ ބޭނުންވިއަސް ތިކަމެއް ނުކުރެވޭނެ، މުއިއްޒުއަށް އެނގޭނީ ސަރުކާރުގެ ތިހިރަކަހަލަ ކަންތައް ކުރަންވީގޮތެއް، މުއިއްޒު ނުކުރެވޭނެއޭ ބުނީމަ ދެން ޖެހޭނީ ނުކޮށް ހުއްޓާލަން، އޭގަ ދެން އިތުރު އެހެން އެއްވެސް ގޮތެއް އޮވެގެން ނުވާނެ.

The name is already taken The name is available. Register?

ކޮރަލް

10 June 2021

ވިއްސަކަށް އަހަރު ފަހުން ކޮންޓެއިނަރ ގިނަވެ ތިލަފުށިން ޖާގަ ބޭނުންވާނެ ކަމީ މިނިވަން ތަޖުރިބާ ކާރަކާ ސުވާލު ކޮށްލުމުން ޔަގީން ވާނެ ކަމެކެވެ. އަނެއްކާ ތިލަ ފުށި ކުނި ނައްތާލާ މެޝިން ބަހައްޓާ މަގުތައް ހެދުމަށް ބިލިއަނުން ހަރަދުކުރަން ޖެހެ އެވެ. ބޮޑެތި ޕްރޮޖެކްޓް ގިނަވާ ވަރަކަށް ފައިދާ ވާ ސިޔާސީ ބަޔަކުވެސް އުޅޭނެ އެވެ. ގުޅި ފަޅުން ތިޔަ ޕްރޮޖެކްޓް އިން ލިބޭނީ ވަގުތީ ހައްލެކެވެ.

The name is already taken The name is available. Register?

އާދަކާދަ

10 June 2021

އާދަކާދައިގެ މަތިން އެމްޑީޕީ ސަރުކާރުތަކުން ކުރާ ކަންތައް ކޮށް ނިމުނީ. އެއީ ކުރެހުން ކުރަހާފައި ދެއްކުން. ދެން އެކުރެހުމުގެ މޮޅުވާހަކަ އަދި ކުރެހުމެއް ކުރަހާފައި އޮންނާނެ ވާހަކަ ދެއްކުން. ދެން އެ ކުރެހުމުގެ ޕޯސްޓަރުތައް މަތީގައި ވައުދުވާ ވައުދު ފުއްދާ ޖަހާފައި ޗާޕުކޮށް ބެހުން. އެއަށްފަހު މާމޮޅު ކުރެހުމަކާއި ޕްލޭނެއް ކޮށް ނިމުނުތަނާ ވެރިކަމުން ރައްޔިތުން ދުރުކުރީމާ އެކަން ނުވި ވާހަކަދެއްކުން. އަނެއްކާވެސް ނަނާހުވަފެން ދުށީމޭ ލަވަ ފެށުން.

The name is already taken The name is available. Register?

އަހުމަދުއަލޯ

10 June 2021

މާލެ ސަރަޙައްދުގަ ޕޯޓުއެޅުމުގެ ބޭނުމެއް ނެތް. ހ.އގަ އަޅަންވީ. އޭރުން މާލެއަށް ބާލަން މުޅިރާއޖޭގެ 2 ބައިކުޅަ 1 ބައި މުދާ. ސަރުކާރުގެ ޕޮލިސީ އަދިވެސް މިހިރީ މާލެއަށް ބުރަ ބޮޑުވާ ގޮތަށް. މާލެއަށް ރާއްޖޭގެ ހުރިހާ މީހުން ބަރޯސާވާ ގޮތަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454