އެއާ ޓްރާންސްޕޯޓުގެ ހިދުމަތް ބޭރުގެ 100 ޕަސެންޓު ހިއްސާވާ ކުންފުނިތަކަށް ދެވޭނެ. ނަމަވެސް ފަސް އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަން ޖެހޭނެ
ހަނިމާދޫ އެއާޕޯޓް: މި އެއާޕޯޓު އިންޑިއާގެ ކުންފުންޏަކާ ހަވާލު ކުރަން މަސައްކަތް ކުރާ ކަމުގެ އަޑުތައް ވަނީ ފެތުރިފައި -- ފައިލް ފޮޓޯ/މިހާރު
13 ޖޫން 2021 - 21:30
ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) މިއަދު އިސްލާހު ކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިދިޔަ އަހަރު ނެރުނު ޕޮލިސީގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި ފްރައިޓް ސާވިސްއާއެކު އެއާ ޓްރާންސްޕޯޓުގެ ހިދުމަތް ދެވޭނީ ބޭރުގެ 75 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށެވެ. އެ ކުންފުންޏަކުން ފަސް އަހަރުގެ ދުވަހުގެ ތެރޭގައި މަދުވެގެން ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރަން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ.
ނަމަވެސް އިކޮނޮމިކް މިނިސްޓްރީން މިއަދު ގެޒެޓުކުރި އިސްލާހުގައި ބުނެފައިވާ ގޮތުގައި ފްރައިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތް ބޭރުގެ 100 ޕަސެންޓު ހިއްސާވާ ކުންފުނިތަކަށް ދެވޭނެ އެވެ. ނަމަވެސް ކުރިން އޮތް ގޮތަށް އެ ކުންފުންޏަކުން ރާއްޖޭގައި ފަސް އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަން ޖެހޭނެ އެވެ.
މި އިސްލާހުގައި ބުނެފައި ވަނީ، އެ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގުމާއި އެއާޕޯޓު އަދި އެއާ ޓްރެފިކް ކޮޮންޓްރޯލް ކުރުމާއި ގްރައންޑް ސާވިސް ހިދުމަތް ވެސް ފޯރުކޮށްދެވޭނެ ކަމަށެވެ.
މި އިސްލާހަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށާނެ އެވެ.
އެފްޑީއައި ޕޮލިސީއަށް އިކޮނޮމިކް މިނިސްޓްރީން ބަދަލު ގެނެސްފައިވާއިރު، ހަނިމާދޫ އެއާޕޯޓު ހިންގަން އިންޑިއާގެ ކުންފުންޏަކާ ހަވާލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރާ ވާހަކަތައް ދަނީ ދެއްކެވެމުންނެވެ. ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމަށް އިންވެސްޓު ކުރަނީ ވެސް އިންޑިއާގެ އެގްޒިމް ބޭންކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެސް
14 June 2021
ދުއްޕާން ބޮޑުވޭ އެބަ ދޯ ފުކެއް.
ފޫޅު އަލިބޭބެ
14 June 2021
ދެން މިއަދު މުޅި ގައުމުގައި ތިއްބަވާނީ އިކޮނޮމިސްޓުން. އިގުތިޞާދީ މާހިރުން. ޕްރައިވެޓައިޒޭޝަނުގެ މުޙައްލިލުން. ކޮންމެ ބޭކަލެއްގެ ޢިލްމީ ވާހަކަކޮޅު ނިމޭނީ ޤައުމާއި ދީނުގެ ވާހަކަކޮޅަކުން. ޑިމޮކުރަސީގެ އެންމެ ބޮޑު ފެއިލިއަރ އަކަަށް ވާނީ ތަނެއްދޮރެއް ނުދަންނަ މީހުންގެ އަނގަޔާ އެއްގޮތަށް ބާރުގެ ބޭނުމުގައި ސިޔާސީ މީހުން ޖަހާ ބެރު. ތިބޭ ތިބޭ. ވިހި ފަންސަވީސް އަހަރުން ވެލްފެއަރ ސްޓޭޓެއް ހިންގަން އުަޅެ އިގުތިސާދު އިނދަޖެހި ޓުއަރިޒަމުވެސް އަދި ވެއްޓޭނެ.
މުޙުއްމާ
14 June 2021
މިއީ ހަމަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް ޖީ.އެމް.އާރ އަށްދީ ކޮންމެސް ނަމެއްގަ ހަނިމާދު އާއި ގަން އިންޑިއާ ސިފައިންނަށް ދިނުމަށް ރާވާ ހީލައްތެރި ރޭވުމެއް. މިމީހުނަށް ދުވަހަކުވެސް ދިވެހި ރައްޔިތުން މަޢާފެއް ނުކުރާނެ. އަޅުގަނޑު ރަޢސް އަށް ދަންނަވަން މިކަން އަވަހަށް ހުއްޓުވަން. މަނިކުފާނަށް އެއްމެ ފައިދާބޮޑީ ރައްޔިތުންގެ ފަޅިއަށް އެރުއްވުން. ކޮރަޕް ސިޔާސީ މީހުންގެ ފަޅި ދޫކޮށްލައްވާ.
ާބޮޑުމީހާ
14 June 2021
މިރަށުގަ ވަރަށް ރަގަޅަށް ހިގަހިގާ ހުރި ފިހާރައެއް ހިންގަން ވެރިމީހާ އޭނަގެ ޕާޓޭ ދަރިފުޅާއި ހަވާލުކުރިއެވެ. އަހަރު ދުވަސް ނުވަނީސް ފިހާރައިގެ ހުރި މުދާ ނުއަގުގައި ވިއްކާ، ފިހާރަ ހުލިވެއްޖެ. މިގައުމަށްވެސް ވެފަ މިއޮތީ މިހެން
ފޫޅު އަލިބޭބެ
14 June 2021
ވާވާ ތިއީ ހަމަ އޮކުސްފޯރޑު ލެވެލްގެ ބަސްކޮޅެއް. އިތުރަށް ނެތްތޯ
އުނބުށޭމު
14 June 2021
އަނެއްކާ ކުރީގަ ހެދިގެން ފައިދާވަމުން އަންނަ މައި ކުންފުންޏެއް ސަލާމަތް ނުވާފަދަ ވަރުގަދަ އެގްރީމެންޓެއްގެ ދަށުން ކުއްޔަށް ދެވެނީ ބާވައެވެ. އެވެރިން އަމިއްލައަށް ޚަރަދުކޮށްގެން ރާއްޖޭގެ ކުންފުނިތަކަށް ފުރުޞަތުދީގެން ތަރައްގީކުރާ އެއަރޕޯޓްތަކެއްގައި ބޮޑު ޕަސެންޓެއް ދިވެހިން ވަޒީފާގައި ގެންގުޅެން ލާޒިމްވާގޮތަށް އޮތުމާއެކު ޓެކްސްގެ ފައިދާ ދައުލަތަށް ލިބޭގޮތަށް އޮވެއްޖެނަމަ ހިތްހަމަޖައްސައިލެވިދާނެއެވެ.
ނަންނު
14 June 2021
މިމީހުންނާ ކުރީ ސަރުކާރާ ހުރިތަފާތަކީ ކޮބަ، ތިވެހިންގެ ގޮހުރުގަނޑުވެސް ނަގާ ބޭރުމީހުންނަށް ވިންކަންވީ އަމިއްލަ ޖީބަށް ލާރިކޮޅެއް ވަންނައްޏާ
މަނޯޖް
14 June 2021
މިހާތަނަށް ދިޔަ އެއްވެސް ވެރިކަމެއް މިހާ ދަށަކަށް ނުދޭ މީ ނިއުރެކޯޑެއް
ބަންނު
14 June 2021
މިސަރުކާރު އެދަނީ މުޅިން އާ ހަރުފަތަކަށް.
ޕާޕަލް
14 June 2021
ޙުނ ހުނ.... މިސަރުކާރުގައި ދުވާ ކުނިވަސް!
ސަރަނގު
14 June 2021
ޝާހިދު މޮޔަފުޅުވީތޯ.ކިހާވަރެއްތޯ ތިކަމުން ލިބުނީ. ރައްޔިތުން ތިކަމަށް އޯކޭ ނުވާނެ.
ޑެނީ
14 June 2021
އިންޑިއާ މީހުންގެ ފާޑު ހުންނަގޮތަކީ އެ މީހުން ބައިރުފިޔާއެއްވެސް ހަރަދު ނުކުރާނެ. ޢެއާޕޯޓް ދިނީ މާ ވަރުގަދަ އެގުރި މެންޓެއްގައި ސޮއި ކުރުވާނެ ދުވަހަކުވެސް އެ މީހުންގެ އަތްދަށުން ސަލާ މަތް ނުވެވޭފަދަ. އަދި އިތުރަށް ފަޅުރަށާ އެތައް ބިންވެސް ދޭންޖެހޭނެ. އަދި އެއާޕޯޓް ހިންގަން އެ މީހުންނަށް ދިވެހި ދައުލަތުން ޒިން މާވާގޮތަށް ލޯނުވެސް ނަގާދޭންޖެހޭނެ. އަދި އެއާޕޯޓް އެ މީހުން ހިންގާތީވެ އެކަ މުގެ އަގުވެސް ދޭންޖެހޭނެ. ވަޒީފާތަކާ ވިޔަފާރިވެސް އެ މީހުންނަށް
ޖާނާމާލުންއަނގަޔާއަތާނިކަމެތި
14 June 2021
ސިޔާސީ މީހުން ދެކެ ކަނު ލޯބިވާ ބަޔަކު ދިރިއުޅޭ ގައުމެއްގައި މިހާރު ވާވަރުވެސް ވާކަން ރަނގަޅޭނުން ، ކުރިޔައް އޮތްތާ މިހާރު ވާވަރުވެސް ވާނެ ބާވޭ ހިތައް އަރަނީ