ޗެމްޕިއަންސް ލީގު މިފަހަރު ވެސް މީޑިއާނެޓުން ދައްކާނެ
14 ސެޕްޓެމްބަރ 2021 - 20:04
މިރޭ ފަށާ މި ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގު މީޑިއާނެޓުގެ ޗެނަލްތަކުން ވަގުތުން ދައްކާނެ އެވެ.
މި މެޗުތައް މީޑިއާނެޓުގެ މަލްޓިސްކްރީން އެޕްލިކޭޝަން ބޭނުންކޮށްގެން ސްމާޓް ޑިވައިސް (ފޯނު، ލެޕްޓޮޕް އަދި ޓެބްލެޓު) ބޭނުން ކޮށްގެން ބަލައިލެވޭނެ އެވެ. އަދި އެންޑްރޮއިޑް ޔޫއެޗްޑީ ޓީވީން ޑީކޯޑަރަކާ ނުލައި އެމްއެސްޓީވީ އެޕް މެދުވެރިކޮށް މި މެޗުތައް ބެލޭނެ އެވެ.
މިރޭ ފަށާ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާއި ސްވިޓްޒަލެންޑްގެ ޔަންގު ބޯއީސް އެވެ. އެ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 9:45 ގަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ އާއި ރަޝިއާ ޒެނިޓް ބައްދަލު ކުރާ މެޗު މިރޭ 12 ޖަހާއިރު އޮންނާނެ އެވެ. އަދި އެފްސީ ބާސެލޯނާ އާއި ބަޔާން މިޔުނިކު ބައްދަލު ކުރާ މެޗު ވެސް ހަމަ އެގަޑީގައި އޮންނާނެ އެވެ.
މާދަމާ ރޭ ވެސް ވަރުގަދަ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ލިވަޕޫލާއި އޭސީ މިލާން ބައްދަލުކުރާ މެޗާއި ރެއާލް މެޑްރިޑާއި އިންޓަ މިލާން ބައްދަލުކުރާ މެޗު ވެސް މާދަމާ ރޭ އޮންނާނެ އެވެ. އެންމެ ފަހުގެ ރަނަރަފް މެންޗެސްޓާ ސިޓީ އާއި ރެޑްބުލް ލައިޕްޒިގްގެ އިތުރުން ޕީއެސްޖީ އާއި ކްލަބު ބްރަގާ ބައްދަލުކުރާ މެޗު ވެސް މާދަމާ ރޭ ކުޅޭނެ އެވެ.
ޗެމްޕިއަންސް ލީގުގެ މެޗުތަކުގެ ގަޑިތައް މީޑިއާނެޓޫގެ ސޯޝަލްމީޑިއާ ޕޭޖުތަކުންނާއި "ލައިވް އިވެންޓްސް" ފީޗާ މެދުވެރިކޮށް މީޑިއާނެޓުގެ "ބީމެއިލް" އިން ބަލާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމިއްޓޭ
15 September 2021
ދިރާގުޓީވީއިންވެސް ފެނޭ.